
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯއާ ބައްދަލުކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރގައި ލަވްރޮވް ވިދާޅުވެއްޖެއެވެ. ލަވްރޮވް ވިދާޅުވީ ރޫބިޔޯއާ ބައްދަލުކުރެއްވި ނަމަވެސް 2022ވަނަ އަހަރުން ފެށިގެން ރަޝިޔާއާއި ޔޫކްރެއިންއާ ދެމެދު ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ރަޝިޔާއިން ކުރާ މައިގަނޑު ޝަރުތުތަކުގައި އެ ޤައުމުން ހިފަހައްޓާނެ ކަމަށެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދަނީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެ ހަނގުރާމައަކީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ވިލާތުގައި ހިނގާ އެންމެ ގެއްލުން ބޮޑު ހަނގުރާމައެވެ. ހަނގުރާމަ ނިމުމަކަށް ގެނައުމުގައި ޓްރަމްޕަށް މިހާތަނަށް ކާމިޔާބުވެވަޑައިގެންފައި ނުވާއިރު، ރަޝިޔާގެ ރައީސް ވްލަޑްމީރު ޕޫޓިންއާ ބައްދަލުކުރުމަށް ހަމަޖެހިފައި ވަނިކޮށް ޓްރަމްޕް ވަނީ ކުއްލި ގޮތަކަށް އެ ބައްދަލުވުން ކެންސަލް ކުރައްވައިފައެވެ.
އެނގިފައިވާ ގޮތުގައި ޓްރަމްޕް އެ ބައްދަލުވައިގެން ކުރިއަށް ވަޑައިނުގަތީ ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމަށް ރަޝިޔާއިން ކުރާ ޝަރުތުތަކުގައި ރަޝިޔާއިން ހިފަހައްޓާނެ ކަމަށް ބަޔާންކޮށް ރަޝިޔާގެ ޚާރިޖީ ވުޒާރާއިން މެސެޖެއްް ފޮނުވުމާ ގުޅިގެންނެވެ. ރޭވިފައިވާ ގޮތަށް އެ ބައްދަލުވުން ކުރިއަށް ނުދިޔުމުން ޕޫޓިން ހުންނެވީ ލަވްރޮވްއާ މެދު ހިތްހަމަނުޖެހިވަޑައިގެން ކަމަށް ހުޅަނގުގެ ބައެއް ނޫސްތަކުގައި ބުނެފައިވެއެވެ. އެ ވާހަކަތަކަށް ރައްދުދީ ރަޝިޔާގެ ރިޔާސީ ގަނޑުވަރު ކްރެމްލިނުން ވަނީ 2004ވަނަ އަހަރުން ފެށިގެން ރަޝިޔާގެ ޚާރިޖީ ވަޒީރުގެ މަޤާމުގައި ހުންނެވި ލަވްރޮވްއާ ޕޫޓިންއާ ދެމެދު މައްސަލައެއް ޖެހިފައި ނުވާކަން ޔަޤީންކޮށްދީފައެވެ. ލަވްރޮވް ވިދާޅުވީ ރޫބިޔޯއާއި އޭނާއާ ދެ ބޭފުޅުންނަށް ވެސް ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން ދެމެހެއްޓުމުގެ މުހިންމުކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އެ ގޮތުން ޔޫކްރެއިންގެ މައްސަލައާ ގުޅޭގޮތުންނާއި އެމެރިކާއާއި ރަޝިޔާއާ ގުޅުންހުރި ކަންކަމުގައި މަޝްވަރާކުރުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ދެ ބޭފުޅުން އަބަދު ވެސް ފޯނު މެދުވެރިކޮށް ވާހަކަދައްކަވާ ކަމަށާއި، ބޭނުން ޖެހިއްޖެ ޙާލަތެއްގައި ބައްދަލުކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށުނުފަހުން ހަތަރު އަހަރު ފުރެން ގާތްވެފައިވާއިރު ޔޫކްރެއިންގެ 19 އިންސައްތަ މިހާރު އޮތީ ރަޝިޔާގެ ބާރުގެ ދަށުގައެވެ. ރަޝިޔާއިން ބުނަނީ އެ ބިންޔަކަކީ މިހާރު ޤާނޫނީ ގޮތުން ރަޝިޔާގެ ބައެއް ކަމަށެވެ. ނަމަވެސް ޔޫކްރެއިންއާއި ހުޅަނގުގެ ޤައުމުތަކުން ބުނަމުންދަނީ އެ ޤައުމުތަކުން އެ ކަން ދުވަހަކު ވެސް ރަސްމީކޮށް ބަލައިނުގަންނާނެ ކަމަށެވެ. ލަވްރޮވް އިތުރަށް ވިދާޅުވީ މިދިޔަ އޮގަސްޓު މަހުގެ 15ވަނަ ދުވަހު ޕޫޓިންއާއި ޓްރަމްޕް ބައްދަލުކުރައްވާފައިވާއިރު، އެ ބައްދަލުވުމުގައި އެއްބަސްވެފައިވާ ކަންކަމަކީ 2024ވަނަ އަހަރުގެ ޖޫން މަހު ޕޫޓިން ކުރައްވާފައިވާ ޝަރުތުތަކާއި ޓްރަމްޕްގެ ޚާއްޞަ މަންދޫބު، ސްޓީވް ވިޓްކޮފްގެ ޚިޔާލުގެ މައްޗަށް ބިނާކޮށް އެއްބަސްވެފައިވާ ކަންތައްތަކެއް ކަމަށެވެ. އެ ބައްދަލުވުމުގައި އެއްބަސްވެފައިވާ ކަންތައްތައް ތަންފީޒު ކުރަމުންދާ ކަމުގެ ޔަޤީންކަން އެމެރިކާގެ ކިބައިން ރަޝިޔާއިން ހޯދަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޮގަސްޓު 15ގެ ބައްދަލުވުމުގައި ރަޝިޔާއިން ބައިވެރިވިއިރު ގެންގުޅުނު ޚިޔާލާއި ސިޔާސަތުތަކަށް ބަދަލު އައިސްފައި ނުވާ ކަަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
