
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ރޮހިންޔާ ދަރިކޮޅަަށް ނިޞްބަތްވާ ގިނަ ޢަދަދެއްގެ މީހުން ގޮވައިގެން މިޔަންމާއިން ދަތުރުކުރި އުޅަނދެއް މެލޭޝިޔާއާއި ތައިލޭންޑުން ޙިއްޞާކުރާ ސަރަޙައްދީ ރޮނގު ކައިރިއަށް އަޑިއަށް ގޮއްސިއެވެ. އެ ހާދިޘާގައި ގިނަ ޢަދަދެއްގެ މީހުން ގެއްލިފައިވާއިރު މިހާތަނަށް ސަލާމަތްކުރެވިފައި ވަނީ 13 މީހުންނެވެ. އަދި 7 މީހުން މަރުވެފައިވާ ކަމަށް މެލޭޝިޔާގެ ކަނޑުދަތުރުފަތުރާ ބެހޭ އިދާރާއިން ބުނެއެވެ. މެލޭޝިޔާގެ ކަނޑުދަތުރުފަތުރާ ބެހޭ އިދާރާގެ އިސްވެރިޔާ، ރޮމްލީ މުސްޠަފާ ވިދާޅުވީ 300 މީހުން ގޮވައިގެން އެ ބޯޓު މިޔަންމާގެ ރަޚާއިން ސްޓޭޓުން ފުރާފައި ވަނީ މީގެ ތިން ދުވަސް ކުރިން ކަމަށެވެ. ހާދިޘާގައި ކަނޑު މައްޗަށް ގެއްލުނު މީހުން ހޯދުމަށް މެލޭޝިޔާގެ ލަންކާވީ ކައިރިން 170 އަކަ ނޯޓިކަލް މޭލުގެ ކަނޑުގެ ސަރަޙައްދެއް ބަލަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިޔަންމާގެ ސްޓޭޓެއް ކަމަށްވާ ރަޚާއިން ސްޓޭޓުގައި ހަމަނުޖެހުންތަކާއި ތަޅާފޮޅުންތައް ހިނގައި، ބަނޑުހައިހޫނުކަމާއި ފަޤީރުކަން ފެތުރެމުންދާތާ އެތައް އަހަރެއް ވަނީ ވެފައެވެ. އެ ސްޓޭޓުގައި އަނިޔާވެރިކަން އެންމެ ބޮޑަށް ތަޙަައްމަލްކުރާ އެއް ބަޔަކީ މީސްމަދު ރޮހިންޔާ މުސްލިމުންނެވެ. 2017ވަނަ އަހަރުގެ އޮގަސްޓު މަހުން ފެށިގެން މިޔަންމާގެ ސަރުކާރުން ދަނީ ރޮހިންޔާ މުސްލިމުން ނައްތައިލުމަށް މަސަައްކަތް ކުރަމުންނެވެ. އަނިޔާގެ ސަބަބުން އަމިއްލަ ވަޒަން ދޫކޮށް ދިޔުމަށް މަޖުބޫރުވެ، 1.3 މިިލިޔަނަށްވުރެ ގިނަ ރޮހިންޔާ ރެފިޔުޖީން ބަންގްލަދޭޝްގެ ކޭމްޕުތަކުގައި ވެސް ދިރިއުޅެއެވެ.
މެލޭޝިޔާ އަކީ މިޔަންމާގެ ސަރުކާރުގެ ލާއިންސާނީ އަނިޔާތަކުން ސަލާމަތްވުމަށް ޤައުމު ދޫކޮށް ދާ މީހުންނަކީ ރެފިޔުޖީންގެ ގޮތުގައި ބަލައިގަންނަ ޤައުމެއް ނޫނެވެ. ރޮހިންޔާގެ މުސްލިމުން އާއްމު ގޮތެއްގައި ހިޖުރަ ކުރަނީ އަވަށްޓެރި ބަންގްލަދޭޝަށް ނަމަވެސް މެލޭޝިޔާއަކީ ވެސް ގިނަ ބަޔަކު އެ ޤައުމަކަށް ހިޖުރަ ކުރަން ބޭނުންވާ ޤައުމެކެވެ. ނަމަވެސް ފާއިތުވި އަހަރުތަކުގައި ރޮހިންޔާގެ ރެފިޔުޖީން ގޮވައިގެން އަންނަ ބޯޓުތައް މެލޭޝިޔާއިން ވަނީ އަނބުރާ ފޮނުވާލައިފައެވެ. އަދި ޑިޓެންޝަން ސެންޓަރުތަކުން އެތައް ހާސް ރެފިޔުޖީން ވަނީ ހައްޔަރު ކޮށްފައެވެ. 2010ވަނަ އަހަރާއި 2024ވަނަ އަހަރާމެދު މެލޭޝިޔާގެ އިދާރާތަކުން ވަނީ ޤާނޫނާ ޚިލާފަށް މެލޭޝިޔާގައި ދިރިއުޅޭ 2,089 ރޮހިންޔާ މުސްލިމުން ޙައްޔަރު ކޮށްފައެވެ.
މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ނޮވެމްބަރު މަހާ ހަމައަށް 5،100އަށް ވުރެ ގިނަ ރޮހިންޔާ ރެފިޔުޖީން މިޔަންމާއާއި ބަންގްލަދޭޝް ދޫކޮށް ދިޔުމަށް ބޯޓުތަލުގައި ދަތުރުކޮށްފައިވާ ކަމަށް އދގެ ރެފިޔުޖީންނާ ބެހޭ އިދާރާއިން ބުނެއެވެ. އޭގެ ތެރެެއިން 600 މީހުން ވަނީ މަރުވެފައި ނުވަތަ ގެއްލިފައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
