
އެސިސްޓެންޓް ރެފްރީ ނުވަތަ ލައިންސްމަން ދިދަ އުފުލަނީ ގޯލެއް ޖަހާތާ 14 ސިކުންތު ފަހުން ކަމަށާއި މިއީ ވަރަށް ބޮޑު މައްސަލައެއް ކަމަސް ލިވަޕޫލްގެ ކެޕްޓަން ވާޖިލް ވެންޑައިކް ބުނެފި އެވެ. އޭނާ މިހެން ބުނީ އިނގިރޭސި ޕްރެމިއާ ލީގުގައި މެންޗެސްޓާ ސިޓީ އަތުން 3-0އިން ބަލިވި މެޗުގައި އޭނާ ޖެހި ގޯލު ރެފްރީ ގަބޫލު ނުކުރުމުންނެވެ. “މިކަމާ މާގިނަ ވާހަކަ ދެއްކުމުގެ ބޭނުމެއްނެތް. އެއީ ރެފްރީން މެޗުގައި ނިންމުން ނިންމަނީ. އެކަމަކު ލައިންސްމަން ދިދަ ނަގަނީ 14 ސިކުންތު ފަހުން. ގޯލެއް ޖަހާފައި މިޖެހެނީ އޭނާ ހަދާގޮތެއް ބަލަން ފުރަތަމަ. މިއީ ބަލައިގަނެވޭނެ ކަމެއް ނޫން. އަހަރެން ދެކޭ ގޮތުގައި އެއީ ރަނގަޅު ގޯލެއް. އެކަމަކު ރެފްރީން ގޮތް ނިންމަނީ،” ވަންޑައިކް ބުންޏެވެ.
މި މެޗުން ބަލިވުމުން 18 ޕޮއިންޓާއެކު ޓޭބަލުގެ އަށް ވަނަ ވެއްޓިފައިވާ އެންމެ ފަހުގެ ޗެމްޕިއަން ޓީމުގެ ކެޕްޓަން އިތުރަށް ވާހަކަ ދައްކަމުން ބުނީ ސިޓީން ޖެހި ގޯލުތަކަށް ބަލާއިރު މީގެ ކުރިން އެހެން ޓީމުތަކާ ދެކޮޅަށް ވެސް އެ މީހުންނަށް ލިބުނު އެޑްވާންޓޭޖްތައް މި މެޗުގައި ވެސް ލިބިފައިވާ ކަމަށެވެ. ވެންޑައިކް ބުނީ ލިވަޕޫލް ވިދިވިދިގެން ހަތް މެޗުން ބަލިވުމަށްފަހު މި ހަފުތާ ފެށީ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑް ބަލިކޮށް ވަރަށް ރަނގަޅަށް ކަމަށާއި ނަމަވެސް ހަފުތާ ނިމިގެން މިދިޔައީ އަނެއްކާ ވެސް ބޮޑު މާޔޫސް ކަމަކުން ކަމަށެވެ. “އަހަރެންނަށް ނޭނގެ އަހަރުމެން ކޮންމެ ކަމެއް ކަމެއް މިހާރު ރަނގަޅު ކުރަންވީ. އަދި އެކަން ފަށަންވީ ހިސާބު ވެސް ނޭނގެ. މި ނަތީޖާ އަކީ އަހަރުމެންނަސް އެހާ ރަނގަޅު ނަތީޖާއެއްނޫން. އެކަން އެންމެނަށް ވެސް އެނގޭ،” ވެންޑައިކް ބުންޏެވެ.
މި މެޗުން މޮޅުވުމުން މެންޗެސްޓާ ސިޓީ ވަނީ އެއްވަނާގައިވާ އާސެނަލްއާ ހަތަރު ޕޮއިންޓް ގާތަށް ޖެހިލައިފަ އެވެ. ސިޓީ އަށް 22 ޕޮއިންޓާއެކު ދެ ވަނަ ލިބިފައިވާއިރު އާސެނަލް އެއްވަނާގައިވަނީ 26 ޕޮއިންޓާއެކުގަ އެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
