
ލިވަޕޫލްގެ ކޯޗު އާނޭ ސްކޮޓް އަނެއްކާ ވެސް ބަހަނާ ދައްކައިފި އެވެ. އިނގިރޭސި ޕްރެމިއާ ލީގުގައި ވާދަވެރި މެންޗެސްޓާ ސިޓީ އަތުން 3-0އިން ބަލިވި މެޗަށް ފަހު އޭނާ ބުނީ މެޗުން ބަލިވީ ސިޓީން ޑިފެންސާއި މެދުތެރެއަށް ކުޅުންތެރިން ގިނަކޮށްލުމުން ކަމަށެވެ. “އެ މީހުން ދެ ލައިން ދޭތެރެއަށް ކުޅުންތެރިން ގިނަކޮށްލީމާ އަހަރުމެންނަށް ވަރަށް ބޮޑަށް އުނދަގޫވި. އަހަރުމެންނަށް ފުރަތަމަ ހާފުގައި އެއްގޮތަކަށް ވެސް ނުކުޅެވުނު. އެކަމަކު ފަހު ހާފު ރަނގަޅު. އެކަމަކު 2-0އިން އެ މީހުން ލީޑް ކުރަން ފެށުމުން އަހަރުމެންނަށް މޮޅުވުންވީ ވަރަށް ދަތި ކަމަކަށް،” ސްލޮޓް ބުންޏެވެ.
ލިވަޕޫލް ވިދިވިދިގެން ހަތް މެޗުން ބަލިވުމުން ވަރަށް ބޮޑަށް ސްލޮޓަށް ފާޑުކިއުން އަމާޒުވި އެވެ. ހާއްސަކޮށް ޕްރެސް ކޮންފަރެންސްތަކުގައި އޭނާ ބަހަނާ ދައްކާ ކަމަށް ކުރީގެ ކުޅުންތެރިން ބުނަމުންދިޔަ އެވެ. މި މެޗުން ބަލިވުމުން ވެސް އޭނާ ދެއްކި ވާހަކަތަކަކީ މީގެ ކުރިން ވެސް ޓީމު ބަލިވުމުން ދެއްކި ފަދަ ވާހަކަތަކެކެވެ. “އެ މީހުން ވަރަށް މޮޅު. އަހަރުމެންނަށް ޑިފެންސް ލައިން ތެރެއިން ބޯޅަ ބޭރުކުރުންވީ ވަރަށް ދަތި ކަމަށް. އަހަރުމެން މިހާރަށްވުރެ ކުޅުން ރަނގަޅު ކުރަންޖެހޭ. އަހަރުމެންނަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ގިނަ މެޗުތަކެއް އެއް ފެންވަރެއްގައި ކުޅުން،” ސްލޮޓް ބުންޏެވެ.
ހުސްވި ސީޒަނުގައި ލިވަޕޫލާ ހަވާލުވެ އެ ޓީމަށް އޭނާ ވަނީ އިނގިރޭސި ޕްރެމިއާ ލީގު ކާމިޔާބު ކޮށްދީފަ އެވެ. ނަމަވެސް މި ސީޒަނުގެ ފުރަތަމަ ފަސް މެޗުގައި ޓޭބަލުގެ އެއްވަނާގައި އޮތުމަށްފަހު ލިވަޕޫލް މިހާރު އޮތީ 18 ޕޮއިންޓާއެކު އަށް ވަނާގަ އެވެ. މިއީ މިދިޔަ ހައެއްކަ އަހަރު ވަރަށް ބޮޑަށް އަޑިއަޅާލާފައިވާ މެންޗެސްޓާ ޔުނައިޓެޑަށްވުރެ އެއް ދަރަޖަ ދަށް މަގާމެކެވެ. މި މެޗުން މޮޅުވުމުން ސިޓީ އަށް 22 ޕޮއިންޓާއެކު ދެ ވަނަ ލިބިފައިވާއިރު އާސެނަލް އެއްވަނާގައިވަނީ 26 ޕޮއިންޓާއެކުގަ އެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
