
ފުޓްބޯޅަ ކެރިއަރުގައި އޭނާގެ 1000 ވަނަ މެޗުގައި ލިވަޕޫލް ބަލިކޮށްދިނުމަކީ އޭނާ އަށް ކުޅުންތެރިން ދިން ހަދިޔާ އެއް ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ 1000 ވަނަ މެޗުގައި ލިވަޕޫލާ ވާދަ ކުރަން ޖެހުމަކީ ވަރަށް ރަނގަޅަށް ދިމާވި ކަމެއް ކަމަށެވެ. “އަހަރެންގެ ކޯޗިން ކެރިއަރުގައި ލިވަޕޫލަކީ ވަރަށް ބޮޑު ވާދަވެރިއެއް. ހާއްސަކޮށް ޔާގެން ކްލޮޕް އެ ޓީމުގެ ކޯޗުކަމުގައި ހުރިއިރު. ލިވަޕޫލާ ކުޅެން ޖެހުމަކީ އަހަރެންގެ ނިދި ފިލައިދާ ކަމެއް. މިހެންވެ އެ މީހުންނާ ދެކޮޅަށް 1000 ވަނަ މެޗުގައި ކުޅެން ޖެހުމަކީ ވަރަށް ބޮޑު ރަނގަޅެއް. އަދި އިނގިރޭސި ޗެމްޕިއަނުން ބަލިކޮށްލުމަކީ އަހަރެންނަށް ކުޅުންތެރިން ދިން ހަދިޔާއެއް،” ގާޑިއޯލާ ބުންޏެވެ.
ސްޕޭނުގެ ބާސެލޯނާ އާއި ޖަރުމަނުގެ ބަޔާން މިއުނިކް އަދި ސިޓީ އަށް ކޯޗުކޮށްދީގެން ގާޑިއޯލާ ވަނީ މިހާތަނަށް 39 ތަށި ކާމިޔާބުކޮށްފަ އެވެ. މެޗަށް ފަހު އާއިލާއާއެކު ވަރަށް އުފާފާޅު ކުރުމަށްފަހު އޭނާ ބުނީ ކުޅުންތެރިންގެ މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރާ ކަމަށެވެ. މި މެޗުން މޮޅުވުމުން ސިޓީ އަށް 22 ޕޮއިންޓާއެކު ވަނީ ޓޭބަލުގެ ދެ ވަނަ ލިބިފަ އެވެ. މިއީ އެއްވަނާގައިވާ އާސެނަލް އަށް ވުރެ ހަތަރު ޕޮއިންޓް ދަށް އަދަދެކެވެ. ނަމަވެސް އިނގިރޭސި ލީގުގެ ޗެމްޕިއަންކަން ސިޓީ އަށް ހަ ފަހަރު ހޯދާދީފައިވާ ކޯޗު ބުނީ ލީގު ޗެމްޕިއަންކަން ލިބޭނީ ކެތްތެރިވެގެން ގިނަ ދުވަހު އެއް ފެންވަރެއްގައި އޮންނަ ޓީމަކަށް ކަމަށެވެ.
“އަދި ލީގުގައި ވަރަށް ގިނަ މެޗު ކުޅެން އެބައޮތް. ސިޓީގެ މި ވަގުތުގެ ފޯމަށް ބަލާއިރު އަހަރެން މިހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި. އިނގިރޭސި ލީގަކީ ވަރަށް ވާދަވެރި ލީގެއް. ޗެމްޕިއަންކަން ލިބޭނީ އެއް ފެންވަރެއްގައި ތިބޭ ޓީމަކަށް،” ގާޑިއޯލާ ބުންޏެވެ. ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ ލިވަޕޫލެވެ. މި މެޗުން ބަލިވުމާއެކު ލިވަޕޫލް ވަނީ އަށް ވަނަ އަށް ވެއްޓިފަ އެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
