
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ބަޙްރެއިންގައި ބާއްވާ ޑޭވިސް ކަޕްގައި ވާދަކުރާ ރާއްޖޭގެ ސީނިއާ ޓެނިސް ޓީމުގެ އުންމީދަކީ ޓީމު ވޯކް ރަނގަޅުކޮށް ކުރިޔަށް އޮތް ލެވެލަށް ކޮލިފައިވުން ކަމަށް ޓީމުގެ ކެޕްޓަން ޢަބްދުﷲ ފާއިހް ފަޒީލް ބުނެފިއެވެ. ޑޭވިސް ކަޕަށް ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން ފާއިހް ބުނީ ފަސޭހަ ނުވިޔަސް އުންމީދަކީ ހުރިހާ މެޗެއްގައި ރަނގަޅު ފައިޓެއް ދީގެން ކޮލިފައިވެވޭތޯ ބެލުން ކަމަށެވެ. އަދި ބޮޑަށް މަސައްކަތް ކުރާނީ ޓީމެއްގެ ގޮތުގައި ޕާފޯމްކޮށް ހުރިހާ ކުޅުންތެރިންގެ ޓީމު ވޯކަށް ކަމަށާއި، ފަރިތަކުރުންތަކުގައިވެސް އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދެމުން އަންނަ ކަމަށް ފާއިހް ބުންޏެވެ.
ޤައުމީ ޓެނިސް ޓީމުގެ ކޯޗު، އީރާނުގެ ޢަލީ ރިޒާ ބުނީ ފަރިތަކުރުންތަކުގައި ބެލީ އެންމެ ރަނގަޅު ޓެކްޓިކްސް އާއި ކޮންޑިޝަނަށް މަސައްކަތް ކުރަން ކަމަށެވެ. އަދި ޑޭވިސް ކަޕަށް ދާ ޓީމު އެކުލަވާލާފައިވަނީ ވަރަށް ހަގު ކުޅުންތެރިންނާއި ތަޖުރިބާ ހުރި ސީނިއާ ކުޅުންތެރިން ހިމެނޭ ގޮތަށް ކަމަށް ކޯޗު ފާހަގަކުރިއެވެ. އެހެންކަމުން ފަރިތަކުރުންތަކުގައި ހަގު ކުޅުންތެރިންނަށް ސީނިއާ ކުޅުންތެރިންގެ ބޭނުން ވަރަށް ރަނގަޅަށް ހިފޭ ކަމަށްވެސް ކޯޗު ފާހަގަކުރިއެވެ. ޑޭވިސް ކަޕްގައި ވާދަކުރާ ޓީމުގައި ހިމެނޭ މުޙައްމަދު ކައިސާން އިއްޒަތު ރަޝީދު ބުނީ އެންމެ ބޮޑަށް މަސައްކަތް ކުރަނީ ޓީމު ވޯކް ރަނގަޅުކުރުމަށް ކަމަށާއި، ރާއްޖޭގައި ބޭއްވި އައިޓީއެފް މުބާރާތަށްފަހު ފަރިތަކުރަމުން އައީ ޑޭވިސްކަޕަށް ފޯކަސްކޮށްގެން ކަމަށެވެ. އެހެންކަމުން ދެން އޮތް ލެވެލަށް ކޮލިފައިވުމުގެ އުންމީދު ވަރަށް ބޮޑު ކަމަށެވެ.
ޑޭވިސް ކަޕްގެ ތައްޔާރީތަކާއި ގުޅޭ ގޮތުން ދާއޫދު ޝަހީބު ބުނީ މައިގަނޑު ގޮތެއްގައި ފޯކަސް ކުރަނީ ރަނގަޅުކުރަން ހުރި ކަންކަން ރަނގަޅު ކުރުމާއި މެންޓަލް ފިޓްނެސްއަށް ކަމަށެވެ. އަދި ޑެވިސް ކަޕަކީ ރާއްޖޭގެ ޓެނިހުގެ ކުރިއެރުމަށް ވަރަށް ރަނގަޅު ތަޖުރިބާއަކަށްވާނެ ކަމަށް އުންމީދުކުރާ ކަމަށް ދާއޫދު ބުންޏެވެ. ޑޭވިސް ކަޕްގައި ވާދަކުރާ ޓީމުގައި ހިމެނެނީ ޢަބުދުالله ފާއިހް ފަޒީލް، ދާއޫދު ޝަހީބު، މުޙައްމަދު ކައިސާން އިއްޒަތު ރަޝީދު، އަޙުމަދު ސާއި ވަހީދާއި، އާދަމް އާލް ނިޔާޒެވެ. ރާއްޖެއިން ވާދަކުރަނީ ޑޭވިސް ކަޕް އޭޝިއާ/އޯޝޭނިއާ ގުރޫޕް 5 ގައެވެ. މި އަހަރު މޮޅުވެއްޖެނަމަ ރާއްޖެއަށް ގޫރޫޕް 4ކަށް ކޮލިފައިވެވޭނެއެވެ. ރާއްޖޭގެ ޓެނިސް ޓީމު ޑޭވިސް ކަޕަށް ބަޙްރެއިނަށް ފުރުމަށް ހަމަޖެހިފައިވަނީ 14 ނޮވެންބަރުގައެވެ. މި މުބާރާތް އޮންނާނީ ނޮވެންބަރު 19-22 އަށެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
