
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ފަހުވަގުތު ބުރު ސްޕޯޓްސް ކްލަބް އަތުން ޓީސީ ސްޕޯޓްސް ކްލަބުން ޕޮއިންޓެއް ހޯދައިފިއެވެ. މިމެޗު ނިމުނީ 1-1 ލަނޑުން އެއްވަރުވެގެންނެވެ. މިމެޗަށްފަހު ލީގުގެ ކުޅުން މެދު ކަނޑައިލީ މިމަހު 18 ވަނަ ދުވަހު އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭގެ ޤައުމީ ޓީމުން ފިލިޕީންސްއާ ދެކޮޅަށް ކުޅޭ މެޗަށެވެ. އިންޓަނަޝޭނަލް ބްރޭކަށް ދިޔައިރު ޕްރިމިއާ ލީގުގެ އެއްވަނައިގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އޮތީ ހަތަރު ޕޮއިންޓުގެ ލީޑަކާއެކު ކުޅުނު ހަތް މެޗުން ވެސް މޮޅުވެ، 21 ޕޮއިންޓް ހޯދައިގެންނެވެ. ކޮންމެ ޓީމެއް ވެސް 7 މެޗު ކުޅެފައިވާއިރު، ދެ ވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ވަނީ 17 ޕޮއިންޓް ލިބިފައެވެ. 3 ވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބަށް 16 ޕޮއިންޓް ލިބިފައިވެއެވެ.
ލީގުގެ 4 ވަނައިގައި އޮތީ 9 ޕޮއިންޓާއެކު، ކްލަބް އީގަލްސްއެވެ. 5 ވަނައިގައި އޮތް ވިކްޓްރީ ސްޕޯޓްސް ކްލަބަށް ވެސް 9 ޕޮއިންޓް ލިބިފައިވާއިރު، 4 ވަނަ އަށް އަރަން ލިބުނު ފުރުސަތު ގެއްލި ބުރު އޮތީ 6 ވަނައިގައި 8 ޕޮއިންޓާއެކުއެވެ. 7 ވަނައިގައި އޮތް ވެލެންސިއާއަށް ވަނީ 7 ޕޮއިންޓް ލިބިފައެވެ. 8 ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީ އާއި 9 ވަނައިގައި އޮތް ޓީސީ އަދި ފުލުގައި އޮތް ކްލަބް ގްރީން ސްޓްރީޓްސް އަށް ވަނީ 4 ޕޮއިންޓް ލިބިފައެވެ. ގަލޮޅު ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ހާފުގައި ދެޓީމުން ވެސް ފުރުސަތުތައް ތަނަވަސް ކުރި ނަމަވެސް އެ ފުރުސަތުތައް އެދެވޭ ގޮތެއްގައި ދެޓީމަށް ވެސް ބޭނުން ކުރެވިފައެއް ނުވެއެވެ.
މެޗުގެ 10 ވަނަ މިނިޓުގައި އޭރިޔާ ބޭރުން މުހައްމަދު ނާއިމް ފޮނުވާލި ބޯޅަ ކީޕަރު ދިފާއު ކުރިއިރު ބުރުގެ މުހައްމަދު ސަމާހް މޫސާ ފަތުހީ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިންނެވެ. ފުރަތަމަ ހާފުގައި ޓީސީން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ މުހައްމަދު އިޒާން އަލީ އަށެވެ. އޭރިޔާ ތެރެއަށް ވަދެ އިޒާން ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ. ފުރަތަމަ ހާފުގެ ފަހުވަގުތުގައި ޓީސީގެ މުޙައްމަދު އަޖުފާން ފޮނުވާލި ބޯޅައެއް ވެސް ދިޔައީ ދަނޑިމަތިން ބޭރަށެވެ. ބުރުން ލީޑު ނެގީ މެޗުގެ 75 ވަނަ މިނިޓުގައި ކައުންޓަރ އެޓޭކެއްގައި އުފެއްދި ހަމަލާއެއް އޭރިޔާ ތެރެއިން ކީޕަރު ދިފާއު ކުރުމުން ދެން ލިބުނު ބޯޅައިގައި ބުރުގެ ބްރެޒިލް ފޯވާޑް ހުޑްސަން ޑިއާޒް ގޯލަށް ބޯޅަ ވައްދައިލައިގެންނެވެ.
ލަނޑަށްފަހު ޓީސީގެ ބިދޭސީ ފޯވާޑް ބޯއަޑޫ ޕްރިންސް އޭރިޔާ ތެރެއިން އޯވާހެޑް ކިކެއް ފޮނުވާލުމުން ކީޕަރު ދިފާއު ކުރިއިރު ދެން ފޮނުވާލި ހަމަލާ ވަނީ ގޯލާ ސީދާވާގޮތް ނުވެފައެވެ. ޓީސީ މެޗުގެ ނަތީޖާ ހަމަހަމަ ކުރީ އިތުރު ވަގުތު ތެރޭގައި އަބްދުލްވާހިދު އިބްރާހިމް ފޮނުވާލި ބޯޅައެއް ދަނޑީގައި ޖެހިފައި ނުކުތުމުން މުހައްމަދު ދާނިޝް އިބްރާހީމް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ދެން ލީގުގެ ކުޅުން ފަށާނީ މިމަހުގެ 22 ވަނަ ދުވަހުއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
