
(ފޮޓޯ ކްރެޑިޓްސް: ކުޅިވަރާއިބެހޭ ވުޒާރާ)
17 އަހަރުން ދަށުގެ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންއަށް ތައްޔާރުވަމުން އަންނަ ފަލަސްޠީނުގެ ޒުވާން ޤައުމީ ޓީމުން ރާއްޖޭގައި ކުރިއަށްގެންދާ ތަމްރީނު ކޭމްޕުގެ ތެރެއިން އެ ޓީމަށް އެހީވުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ޚާއްސަ ޓިކެޓުތަކެއް ތަޢާރަފުކޮށްފިއެވެ. ހަނގުރާމައިގެ ސަބަބުން ފުޓްބޯޅަ ކުޅޭނެ މާޙައުލެއް ނެތުމުން ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޤައުމީ ޓީމު ވަނީ ރާއްޖޭގައި ކޭމްޕުކުރުމަށް ނިންމާފައެވެ. އެގޮތުން ފަލަސްޠީން ޓީމު މާދަމާ ރާއްޖެ އައުމަށް ހަމަޖެހިފައިވާއިރު، މި މަހުގެ 19 ވަނަ ދުވަހާ ހަމައަށް ޓީމު ރާއްޖޭގައި މަޑުކުރާނެއެވެ. އަދި ތަމްރީނު ކޭމްޕުގެ ތެރެއިން ރާއްޖޭގެ 17 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅޭއިރު، އެ މެޗުތައް ކުޅޭނީ މި މަހުގެ 13 އާއި 15 ވަނަ ދުވަހު ޤައުމީ ފުޓްބޯޅަ ދަނޑުގައެވެ.
އެފްއޭއެމުން ނެރުނު ބަޔާނެއްގައި ބުނީ ފަލަސްތީނުގެ ފުޓްބޯޅައަށް އެހީތެރިވުމުގެ ގޮތުން ރާއްޖެ އާއި ފަލަސްތީން ބައްދަލުކުރާ ދެ މެޗުގައި ސްވެނިއަރ ޓިކެޓު ވިއްކުމަށް ނިންމާފައިވާ ކަމަށެވެ. އެ ގޮތުން ކޮންމެ މެޗެއްގައިވެސް ވިއްކާނީ ސްވެނިއަރ ޕްލެޓިނަމް 50 ޓިކެޓާއި، ސްވެނިއަރ ގޯލްޑް 200 ޓިކެޓު ކަމަށެވެ. އެފްއޭއެމުން ބުނީ މި ޓިކެޓުތައް ވިއްކައިގެން ލިބޭ ފައިސާ ފަލަސްތީން ޓީމަށް ހަދިޔާ ކުރުމަށް ނިންމައިފައިވާ ކަމަށެވެ.
- ސްވެނިއަރ ޕްލެޓިނަމް ޓިކެޓު: ޖުމްލަ 50 ޓީކެޓު – 1000 ރުފިޔާ – ވީވީއައިޕީ (ރޮސްޓްރަމް)
- ސްވެނިއަރ ގޯލްޑް ޓިކެޓް: ޖުމްލަ 200 ޓިކެޓު – 500 ރުފިޔާ – ވީއައިޕީ ގޮނޑި
ހަނގުރާމައިގެ ހާލަތުގައި އޮތް ފަލަސްތީނުގެ ގައުމީ ޓީމުގެ ތަމްރީނުތައް ކުރިއަށް ގެންދިޔުމުގައި އެހީތެރިކަމަށް އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އެދިފައިވާތީ، އެ ޓީމު ރާއްޖޭގައި ކޭމްޕުކުރުމަށް ހިނގާ އެންމެހައި ޚަރަދުތަކާއި އިންތިޒާމުތައް ހަމަޖެއްސުމުގައި ދިވެހި ސަރުކާރުގެ ފުރިހަމަ އެހީތެރިކަން ލިބިފައިވާ ކަމަށް އެފްއޭއެމްއިން ވަނީ ބުނެފައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
