
(ފޮޓޯ ކްރެޑިޓްސް: އެމްއޯސީ)
ސަޢުދީ ޢަރަބިއްޔާގެ ރިޔާޟްގައި ކުރިއަށްދާ ހަވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ޓޭބަލް ޓެނިސް ޓީމު އިވެންޓުގެ ކުއާޓަރ ފައިނަލްގައި އަޒަރުބައިޖާނުން ރާއްޖޭގެ މައްޗަށް ކުރި ހޯދައިފިއެވެ. ރާއްޖޭގެ މައްޗަށް އަޒަރުބައިޖާންގެ ޕެއަރއިން ކުރި ހޯދީ ސީދާ 4 ގޭމުންނެވެ. އަންހެން ޓޭބަލް ޓެނިސް ޓީމު އިވެންޓުގައި އަޒަރުބައިޖާނާ ދެކޮޅަށް ކުޅުނު ފުރަތަމަ ޑަބަލްސް މެޗުގައި ކުޅުނީ ދީމާ އާއި ރަފާގެ ޕެއާއިންނެވެ. މި ގޭމުގެ ފުރަތަމަ ސެޓު ދީމާ އާއި ރަފާ ގެންދިޔަ ނަމަވެސް، ޖެހިގެން އައި ދެ ސެޓު ކާމިޔާބުކޮށް އަޒަރުބައިޖާނުން ވަނީ ޓީމު އިވެންޓުގެ ފުރަތަމަ ޑަބަލްސް މެޗު ކާމިޔާބުކޮށްފައެވެ. ފުރަތަމަ ކުޅުނު ޑަބަލްސް މެޗު އަޒަރުބައިޖާނުން ކާމިޔާބުކުރީ 4-11، 11-4 އަދި 11-9 އިންނެވެ.
މި މެޗުގެ ދެވަނަ ގޭމު ކަމަށްވާ ސިންގަލްސް މެޗުގައި ނިކުތީ އައިޝަތު އަލްސާ ނާފިޒެވެ. މި ގޭމު އަޒަރުބައިޖާނުން ގެންދިޔައީ 11-2، 11-4 އަދި 7-11 އިންނެވެ. ކުއަޓަރ ފައިނަލްގެ ޓީމު އިވެންޓުގެ ތިންވަނަ ސިންގަލްސްގައި އަޒަރުބައިޖާންއާ ދެކޮޅަށް ރާއްޖެއިން ނިކުތީ ފާތިމަތު ދީމާ ޢަލީއެވެ. މި މެޗުގެ ސެޓުތައް އަޒަރުބައިޖާންގެ ޓީމުން ގެންދިޔައީ 11-2، 12-10 އިންނެވެ. ކުޅުން ރަގަނޅުކޮށް މި ގޭމުގެ ފަހު ސެޓު ދީމާ ކާމިޔާބުކުރީ 11-8 އިންނެވެ.
ޓީމު އިވެންޓުގެ ތިންވަނަ ސިންގަލްސްގައި އަޒަރުބައިޖާންއާ ދެކޮޅަށް ރާއްޖެއިން ނިކުތީ އައިޝަތު ރަފާ ނާޒިމެވެ. މި ގޭމު އަޒަރުބައިޖާނުން ގެންދިޔައީ 12-10، 11-9 އިންނެވެ. ރާއްޖޭގެ އަންހެން ޓީމަށް ޓީމު އިވެންޓުގައި 3 މެޗު ކުޅުނުއިރު، 1 މެޗު ކާމިޔާބުކޮށް، 2 މެޗުން ވަނީ ބަލިވެފައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
