
(ފޮޓޯ ކްރެޑިޓްސް: އެމްއޯސީ)
ސަޢުދީ ޢަރަބިއްޔާގެ ރިޔާޟްގައި ކުރިއަށްދާ ހަވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ފިރިހެން ޓޭބަލް ޓެނިސް ޓީމު އިވެންޓުގެ ދެވަނަ މެޗުގައި ގަތަރުން ރާއްޖޭގެ މައްޗަށް ކުރި ހޯދައިފިއެވެ. ފިރިހެން ޓޭބަލް ޓެނިސް ޓީމު އިވެންޓުގައި ރާއްޖޭގެ މައްޗަށް ގަތަރުން ކުރިހޯދީ 3 ގޭމު 1 ގޭމުންނެވެ. ފިރިހެން ޓޭބަލް ޓެނިސް ޓީމު އިވެންޓުގައި ގަތަރާއި ދެކޮޅަށް ފުރަތަމަ ކުޅުނު ޑަބަލްސް މެޗުގައި ކުޅުނީ މޫސާ މުންސިފް އަޙްމަދާއި، މުޙައްމަދު ޝައްފާން އިސްމާޢީލްގެ ޕެއާއެވެ. މި މެޗުގައި ރާއްޖޭގެ ޕެއާގެ ފަރާތުން މޮޅު ކުޅުމެއް ފެނުނެވެ. މުންސިފާއި، ޝައްފާންގެ ޕެއާއިން ވަނީ ތިން ސެޓު ކާމިޔާބުކޮށް މި ގޭމު ހޯދާފައެވެ. އެއީ 11-6، 11-5 އަދި 11-7 އިންނެވެ.
މި މެޗުގެ ދެވަނަ ގޭމުގެ ފުރަތަމަ ސިންގަލްސްގައި ރާއްޖެއިން ނިކުތީ އަޚްޔަރް އަޙްމަދު ޚާލިދެވެ. މި ގޭމަށް ގަތަރުން ނިކުތީ ވަރަށް ބޮޑަށް ކުޅުން ރަގަނޅުކޮށްގެންނެވެ. އެގޮތުން ގަތަރު ޓީމުގެ މޮޅު ކުޅުމާއެކު ފުރަތަމަ ސިންގަލްސްގެ ސެޓުތައް ގެންދިޔައީ 11-3، 11-2 އަދި 9-11 އިންނެވެ. ޓީމު އިވެންޓުގެ ތިންވަނަ ސިންގަލްސްގައި ގަތަރާ ދެކޮޅަށް ރާއްޖެއިން ނިކުތީ މޫސާ މުންސިފް އަޙްމަދެވެ. މި ގޭމުގައި މުންސިފްގެ ފަރާތުން އޭނާގެ އަސްލު ކުޅުން ފެނިގެން ގޮސްފައެއް ނުވެއެވެ. ގޭމުގެ ސެޓުތައް ގަތަރުން ގެންދިޔައީ 11-3، 11-7 އަދި 11-5 އިންނެވެ.
ޓީމު އިވެންޓުގެ ތިންވަނަ ސިންގަލްސްގައި ގަތަރާ ދެކޮޅަށް ރާއްޖެއިން ނިކުތީ މުޙައްމަދު ޝައްފާން އިސްމާޢީލެވެ. މި މެޗުގެ ސެޓްތަށް ގަތަރުން ގެންދިޔައީ 11-7، 11-7 އަދި 11-5 އިންނެވެ. ގަތަރުން މޮޅު ކުޅުމެއް ދެއްކިއިރު، ރާއްޖެއަށް މި މެޗުގައި މާ އެދެވޭ ކުޅުމެއް ދެއްކޭ ގޮތް ވަނީ ނުވެފައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
