
(ފޮޓޯ ކްރެޑިޓްސް: އެމްއޯސީ)
މިހާރު ކުރިއަށްދާ ހަވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ އަންހެން ޓޭބަލް ޓެނިސް ޓީމު އިވެންޓުގެ ދެވަނަ މެޗުގައި މުބާރާތް ބާއްވާ ގައުމު ސައުދީ އަރަބިއްޔާގެ މައްޗަށް ދިވެހިރާއްޖޭއިން ފަސޭހަ މޮޅެއް ހޯދައިފިއެވެ. އަންހެން ޓޭބަލް ޓެނިސް ޓީމު އިވެންޓުގައި ސައުދީގެ މައްޗަށް ރާއްޖެއިން ކުރިހޯދީ 3 ގޭމު 1 ގޭމުންނެވެ. ސަޢުދީ ޢަރަބިއްޔާގެ ރިޔާޟްގައި ކުރިއަށްދާ މުބާރާތުގައި އަންހެން ޓޭބަލް ޓެނިސް ޓީމު އިވެންޓު ފުރަތަމަ ޑަބަލްސް މެޗުގައި ކުޅުނީ ދިމާ އާއި ރަފާގެ ޕެއާއިންނެވެ. ދިމާ އާއި ރަފާގެ ޕެއަރއިންވަނީ ތިން ސެޓު ކާމިޔާބުކޮށް މި ގޭމު ހޯދާފައިއެވެ. އެއީ 11-7، 11-7 އަދި 11-2 އިންނެވެ. މި މެޗުގެ ދެވަނަ ގޭމުގައި ސިންގަލްސްގައި ނިކުތީ އައިޝަތު އަލްސާ ނާފިޒެވެ. މިގޭމުގައި ސައުދީ ޓީމުން ނިކުތީ ވަރަށް ބޮޑަށް ކުޅުން ރަގަނޅުކޮށްގެންނެވެ. ސައުދީއިން ސެޓުތައް ކާމިޔާބުކުރީ 11-4، 11-8 އަދި 11-8 އިންނެވެ.
ޓީމު އިވެންޓުގެ ތިންވަނަ ސިންގަލްސްގައި ސައުދީއާ ދެކޮޅަށް ރާއްޖެއިން ނިކުތީ ފާތިމަތު ދީމާ އަލީއެވެ. މި ގޭމުގައި ސައުދީ ޓީމުގެ ކުޅުންތެރިޔާ ރަނގަޅު ކުޅުމެއް ދެއްކިއިރު، ދީމާގެ މޮޅު ކުޅުމާއެކު މި ގޭމުގެ ސެޓުތައް ދީމާ ކާމިޔާބުކުރީ 11-2، 11-3 އަދި 11-4 އިންނެވެ. ޓީމު އިވެންޓުގެ ތިންވަނަ ސިންގަލްސްގައި ސައުދީއާ ދެކޮޅަށް ރާއްޖެއިން ނިކުތީ އައިޝަތު ރަފާ ނާޒިމެވެ. މި ގޭމުގައި ސައުދީ ޓީމުގެ ކުޅުންތެރިޔާ ރަނގަޅު ކުޅުމެއް ދެއްކިއިރު، ރަފާގެ މޮޅު ކުޅުމާއެކު މި ގޭމުގެ ސެޓުތައް ރަފާ ކާމިޔާބުކުރީ 11-8 އަދި 11-7 އިންނެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
