
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ކުރިޔަށް އޮތް ބައިނަލްއަގްވާމީ މެޗުގައި ގައުމީ ޓީމަށް ރަނގަޅު ކުޅުމެއް ދެއްކުމަށްފަހު ކުޅުންތެރިން ރަނގަޅު ކޮންޑިޝަނެއްގައި އެނބުރި އަންނާނެ ކަމަށް އުންމީދު ކުރާ ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗު ލުއިސްމާ ހެނާންޑޭޒް ބުންޏެވެ. ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ބައިނަލްއަގްވާމީ މެޗަށް މެދު ކަނޑާލުމުގެ ކުރިން މާޒިޔާއިން ކުޅުނު ފަހު މެޗަށްފަހު ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ހެނާންޑޭސް ބުނީ މިއީ ގައުމި ޓީމުގެ ކޯޗަށް ކުޅުންތެރިންގެ ފެންވަރު ވަޒަންކޮށްލަން ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް ދެކޭ ކަމަށެވެ. ގައުމީ ޓީމަށް ކުރިޔަށް އޮތީ ނޮވެމްބަރު 18 ގައި ފިލިޕީންސް އާއި ދެކޮޅަށް ގަލޮޅު ދަނޑުގައި ކުޅޭ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިން މެޗެވެ. މި މެޗަށް ޕްރިމިއާ ލީގުގެ ކުޅުން މެދު ކަނޑާލުމުގެ ކުރިން މާޒިޔާއިން ކުޅުނު ފަހު މެޗަކީ އޮޑި ސްޕޯޓްސް ކުލަބާއި ދެކޮޅަށް 7 ނޮވެމްބަރުގައި ކުޅުނު މެޗެވެ.
އެ މެޗާއި ގުޅޭ ގޮތުން ހެނާންޑޭޒް ބުނީ އެއީ އުނދަގޫ މެޗެއްކަމަށާއި، އެހެންނަމަވެސް ބަލި ނުވެ ފަހު ވަގުތު މެޗު ނިންމާލެވުމަކީ ހިތްހަމަޖެހުމެއް ކަމަށެވެ. އަދި އެ މެޗުގައި ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށެވެ. އެ މެޗުގައި އޮޑިން މާޒިޔާ ހިފަހައްޓައިގެން ކުޅެމުންދަނިކޮށް އިތުރު ވަގުތުގައި މާޒިޔާގެ ހަމްޒާ މުޙައްމަދު ކާމިޔާބު ކުރި ލަނޑާއެކު 1-0 ގެ ނަތީޖާއަކުން ވަނީ އެ މެޗު ކާމިޔާބުކޮށްފައެވެ. ހެނާންޑޭސް ބުނީ އެ މެޗުގެ ފުރަތަމަ ހާފާއި ދެވަނަ ހާފުގައިވެސް ފުރުސަތުތައް އުފައްދަން މާޒިޔާއިން މަސައްކަތް ކުރިކަމަށާއި، އެހެންނަމަވެސް މާގިނަ ފުރުސަތުތަކެއް ނުލިބުނު ކަމަށެވެ. އޮޑިން ކުޅުނީ ވަރަށް ރަނގަޅަށް ކަމަށާއި، އެހެންނަމަވެސް އެ ޓީމަށްވެސް މާގިނަ ފުރުސަތުތަކެއް އުފެއްދިފައި ނެތްކަމަށް ހެނާންޑޭޒް ފާހަގަކުރިއެވެ.
މާޒިޔާ އިން ދަމަހައްޓަމުން އައި ސައްތަ އިން ސައްތަ މޮޅުވުމުގެ ރެކޯޑާއެކު 7 މެޗުން މޮޅުވެ 21 ޕޮއިންޓް ހޯދައިގެން އެ ކުލަބު އޮތީ ތާވަލުގެ އެއްވަނައިގައެވެ. ހެނާންޑޭޒް ބުނީ ތާވަލުގެ އެއްވަނައިގައި އޮތުމަކީ ހިތްހަމަޖެހުމެއް ކަމަށާއި ކުރިޔަށް ހުރި މެޗުތައް ކާމިޔާބުކުރުމަށްވެސް މަސައްކަތް ކުރާނެ ކަމަށެވެ. މާޒިޔާއިން ދިވެހި ޕްރިމިއާ ލީގުގައި ދެން އެންމެ އަވަހަށް އޮންނާނީ ނޮވެމްބަރ 22 ގެ ހަވީރު ވިކްޓަރީ ސްޕޯޓްސް ކުލަބާއި ދެކޮޅަށް ކުޅޭ މެޗެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
