
(ފޮޓޯ ކްރެޑިޓްސް: ސީބީއެމް)
19 އަހަރުންދަށުގެ ގައުމީ ކުރިކެޓު ޓީމު ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި އިއްޔެ ލަންކާއަށް ފުރައިފިއެވެ. މިދަތުރަކީ މިމަހުގެ 19 އިން 30 އަށް ޔުނައިޓެޑް އެރެބް އެމިރޭޓްސްގަ ބޭއްވުމަށް ހަމަޖެހިފައިވާ 19 އަހަރުންދަށުގެ މެންސް އޭސީސީ ޕްރިމިއަރ ކަޕުގައި ރާއްޖޭގެ ޓީމުން ވާދަކުރުމުގެ ކުރުމުގެ ކުރިން ލަންކާއަށް ކުރި ތަޖުރިބާ ހޯދުމުގެ ދަތުރެކެވެ. މިދަތުރުގެ ތެރެއިން ރާއްޖޭގެ ޓީމާއި ލަންކާގެ ޓީމުތަކާ ދެމެދު ތިން މެޗެއް ކުޅުމަށްވަނީ ހަމަޖެހިފަވާއިރު، ހަތަރު ދުވަހުގެ ޓްރެއިނިން ޕްރޮގްރާމެއްވެސް މިދަތުރުގެ ތެރެއިން ކުރިއަށް ގެންދިއުމަށްވަނީ ރާވާފައެވެ.

(ފޮޓޯ ކްރެޑިޓްސް: ސީބީއެމް)
19 އަހަރުންދަށުގެ ގައުމީ ކުރިކެޓު ޓީމަށް ހޮވުނު ކުޅުންތެރިންނާ ޖާރޒީ ހަވާލުކޮށްފަވަނީ މިދިޔަ ހުކުރުދުވަހުގެ ރެއެވެ. ސޯލްޓް ރެސްޓޯރެންޓުގަ ކުރިއަށް ދިޔަ މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ 19 އަހަރުންދަށުގެ ގައުމީ ކުރިކެޓް ޓީމާ ޖާރޒީ ހަވާލުކޮށްދެއްވީ ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ ރިޒްވީ ހަސަންއެވެ. މިރަސްމިއްޔާތުގައި ގައުމީ ކުރިކެޓު ޓީމުގެ ކެޕްޓަން މަބްސަރު ޢަބްދުﷲ އަދި ވައިސް ކެޕްޓަން މުހަންމަދު މިއުވާންގެ ޖާރޒީ ހަވާލުކޮށްދެއްވާފަވަނީ ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ ރައީސް މުހަންމަދު ފައިސަލްއެވެ. މިރަސްމިއްޔާތުގައި ސީބީއެމްގެ އިސްވެރިންގެ އިތުރުން ޓީމުގެ ޖާރޒީ ސްޕޮންސަރކުރި އިސްލާމިކް ބޭންކުގެ ފަރާތުން އެކުންފުނީގެ މާރކެޓިންގެ އެންޑް ކޯޕަރޭޓް ކޮމިއުނިކޭޝަންސް ގެ ހެޑް ނީރައިން ޖަލީލްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ސީބީއެމް)
މިމުބާރާތަށްދާ ރާއްޖޭގެ ގައުމީ ޓީމުގައި ހިމެނެނީ 14 ކުޅުންތެރިންނާއި 3 އޮފިޝަލުންނެވެ. 19 އަހަރުންދަށުގެ މެންސް އޭސީސީ ޕްރިމިއަރ ކަޕު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 އިން 30 އަށް ޔުނައިޓެޑް އެރެބް އެމިރޭޓްސްގައެވެ. ގައުމީ ކުރިކެޓް ޓީމު ލަންކާ ދަތުރަށްފަހު މުބާރާތް ބާއްވާ ގައުމުކަމަށްވާ ޔޫއޭއީއަށް ފުރާނީ މިމަހުގެ 19 ވަނަ ދުވަހު ލަންކާއިންނެވެ. އަދި މުބާރާތަށްފަހު މިޓީމު ރާއްޖެ އައުމަށް ހަމަޖެހިފަވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
