
ޔޫރަޕުގެ ގައުމުތައް ވޯލްޑް ކަޕާއި ޔޫރޯ ކޮލިފައިންގައި ވާދަކުރާނެ ފޯމެޓް ބަދަލު ކުރަން ޔޫއޭފާއިން ތައްޔާރުވެއްޖެ އެވެ. ފުޓްބޯޅަ ބިޒްނަސް ފޯރަމުގައި ވާހަކަ ދައްކަމުން އެ ޖަމާއަތުގެ ރައީސް އެލެގްޒެންޑާ ސެފެރިން ވިދާޅުވީ ބަދަލު ގެނައުމަށް ފަހު ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި އައު ފޯމެޓް އިއުލާނު ކުރާނެ ކަމަށެވެ. ނަމަވެސް އޭނާ ޔަގީންކަން ދެއްވީ ޔޫރަޕިއަން ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖް ފޯމެޓް ކޮޕީ ނުކުރާނެ ކަމަށެވެ. ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖް ފޯމެޓަށް ހުސްވި ސީޒަނުގައި ގެނައި ބަދަލަކީ ގިނަ ބަޔަކަށް ކަމުދިޔަ އަދި ކާމިޔާބު ބަދަލެކެވެ. ނަމަވެސް ސެފެރިން ވިދާޅުވީ އެ ފޯމެޓަށް އެންމެން ކުޅެންވާނެ ކަމަށް ނުދެކޭ ކަމަށެވެ.
ޔޫރަޕުގެ ފުޓްބޯޅަ ފޯމެޓަށް ބަދަލު ގެންނަން މަސައްކަތް ފެށީ ކޮލިފައިންގައި ބައެއް ގައުމުތަކުގެ ކޮޅަށް ގިނަ އަދަދެއްގެ ގޯލު ވަނުމާއެކު މެޗުތަކުގެ ފޯރި ގެއްލެމުންދާތީ އެވެ. އަންނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ޔޫރަޕުގެ ޓީމުތައް ވާދަކުރުން ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ނިމުމަކަށް އަންނާނެ އެވެ. މި ކޮލިފައިން އަށް ބެލި ނަމަވެސް ފްރާންސުން ވަނީ ޖިބްރޯލްޓާ ކޮޅަށް 14 ގޯލު ޖަހައިފަ އެވެ. އަދި އޮސްޓްރިއާ ވަނީ ސޭން މަރިނޯ ކޮޅަށް 10 ގޯލު ޖަހައިފަ އެވެ. މިހެންވެ ސެފެރިން ވިދާޅުވީ ވަރުގަދަ ޓީމުތަކުން ކުދިކުދި އަދި މެދުފަންތީގެ ޓީމުތަކާ ވާދަކުރުމަކީ އެންމެ ހަމަޖެހޭ ގޮތް ނޫން ކަމަށެވެ. އަދި ކޮލިފައިންގައި އަބަދުވެސް އެންމެން ވެސް ބޭނުންވާނީ އެ ބަޔަކަށް ވާދަކުރެވޭ ވަރުގެ ޓީމުތަކާ ކުޅެން ކަމަށެވެ.
“އެކަމަކު މިވަގުތު އަހަރެންނަށް އެއްވެސް އެއްޗެއް ޔަގީން ކަމާއެކު ބުނާކަށް ނޭނގެ. އަހަރުމެން މިދަނީ ބަދަލު ގެންނަން މަސައްކަތް ކުރަމުން. ހަ މަސް ތެރޭގައި އަހަރުމެންނަށް އެކަންކަން އެނގޭނެ،” ސެފްރިން ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ބޭނުންވަނީ ވާދަވެރި މެޗުތަކެއް ފެންނަން ކަމަށާއި އެކަމަށް ފުރުސަތު ހޯދުމަކީ ކުރަން ޖެހޭ ކަމެއް ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
