
އިޓަލީގެ އެންމެ މަޝްހޫރު ދަނޑު ކަމަށްވާ ސެންސީރޯ ފުޓްބޯޅަ ސްޓޭޑިއަމް ތަޅާލަން ނިންމައިފި އެވެ. 100 އަހަރުވާން ކައިރިވެފައިވާ 99 އަހަރުގެ މި ދަނޑަކީ އިޓަލީގެ މަޝްހޫރު އޭސީ މިލާނާއި އިންޓަމިލާނުގެ ދަނޑެވެ. މިތަން ތަޅާލަން ނިންމީ މިތަނުގައި ސެންސީރޯގެ ނަމުގައި އައު ސްޓޭޑިއަމެއް ބިނާ ކުރުމަށެވެ. ސްޓޭޑިއަމާއި އެތަން ވަށައިގެންވާ ސަރަހައްދު މިހާރު ވަނީ މިލާނުގެ ދެ ކުލަބުން ގަނެފަ އެވެ. މި މުއާމަލާތް މާދަމާގެ ނިޔަލަށް ނިންމަން އަންގާފައިވާއިރު ތާރީހަށްވުރެ ކުރިން ވަނީ އެކަން ނިންމާފަ އެވެ. މިތަން އެ އެ ދެ ކުލަބަށް ވިއްކާލަން އިޓަލީގެ މިލާނުގެ ސިޓީ ކައުންސިލުން ނިންމީ 12 ގަޑިއިރުގެ ބަހުސަކަށް ފަހު ނެގި ވޯޓަކަށް ފަހު އެވެ. ސްޓޭޑިއަމް ވިއްކާލަން 24 މީހަކު ވޯޓުދިންއިރު ކައުންސިލްގެ 10 މީހަކު ވޯޓު ދިނީ މިކަން ކުރަން ނުފެންނަ ކަމަށެވެ.
ނަމަވެސް ސެންސީރޯ ތަޅާލަން ނިންމި މައިގަނޑު ސަބަބަކީ ސްޓޭޑިއަމް ބާ ވުމެވެ. އަދި އިޓަލީ ކޯ ހޯސްޓް ކުރާ 2032 ވަނަ އަހަރގެ ޔޫރޯ ފުޓްބޯޅަ މުބާރާތާ ދިމާކޮށް މި ދަނޑު އަލުން ހެދުމަށް ފަސޭހަވާނެތީ އެވެ. ޖުމުލަ 75000 މީހުންނަށް ވަދެވޭ މި ސްޓޭޑިއަމް ބިނާ ކުރީ 1925 ވަނަ އަހަރު އެވެ. މި ދަނޑުގައި އިޓަލީގެ މުހިންމު މެޗުތަކެއް ކުޅެފައިވާއިރު ސްޓޭޑިއަމް ވަނީ ފަސް ފަހަރެއްގެ މަތިން މަރާމާރުކޮށްފަ އެވެ. މި ގޮތުން ސްޓޭޑިއަމުގެ ދެ ވަނަ ހަރުފަތް ބިނާކޮށްފައިވާތާ މިހާރު 40 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެ އެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
