
(ފޮޓޯ ކްރެޑިޓްސް: އެމްއޯސީ)
ސަޢުދީ ޢަރަބިއްޔާގެ ރިޔާޛުގައި ކުރިއަށްދާ ހަވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި އަންހެން ޓޭބަލް ޓެނިސް ޓީމް އިވެންޓުގެ ފުރަތަމަ މެޗުގައި ތުރުކިޔޭއިން ދިވެހިރާއްޖޭގެ މައްޗަށް ކުރި ހޯދައިފިއެވެ. ތުރުކިޔޭ އާއި ވާދަކުރި ދިވެހި ޓީމުގައި ހިމެނުނީ ފާތިމަތު ދީމާ އަލީ، އައިޝަތު ރަފާ ނާޒިމް އަދި އައިޝަތު އަލްސާ ނާފިޒް. ޓީމު އިވެންޓުގައި ފުރަތަމަ ކުޅުނު ޑަބަލްސް މެޗުގައި ދިމާއާއި ރަފާގެ ޕެއާއިންވަނީ ހިއްވަތު ދޫކޮށްނުލާ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މިމެޗްގެ ގޭމްތަށް ތުރުކީން ކާމިޔާބުކޮށްފައިވަނީ 11-7، 11-5 އަދި 2-11 އިންނެވެ.
ޓީމު އިވެންޓުގައި ދެވަނައަށް ކުޅުނު ސިންގަލްސް މެޗުގައި އައިޝަތު އަލްސާ ނާފިޒް ވާދަކުރީ ތުރުކިޔޭގެ ސިބެލްއާއެވެ. މިމެޗު ސިބެލް ކާމިޔާބުކުރީ 3 – 0 އިންނެވެ. ތިން ވަނަ މެޗުގައި ފާތިމަތު ދީމާ އަލީ ބައްދަލުކުރީ ތުރުކިޔޭގެ އެޗޭ ހަރަޝްއާއެވެ. މިމެޗް ހަރަޝް ކާމިޔާބުކުރީ 3 – 0 އިންނެވެ. މިމުބާރާތުގައި މާދަމާ އަންހެން ޓީމް ނިކުންނާނީ މުބާރާތް ބައްވާ ގައުމްކަމަށްވާ ސައުދި އަރަބިއްޔާއާއި ދެކޮޅަށް އަދި ފިރިހެން ޓީމް ނިކުންނާނީ ގަތަރާއި ދެކޮޅަށެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
