
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބަލިކޮށް ކްލަބް އީގަލްސް އިން ހަތަރުވަނަ އަށް ޖެހިލައިފިއެވެ. އީގަލްސް މިމެޗު ކާމިޔާބު ކުރީ 3-1 ލަނޑުންނެވެ. އީގަލްސްގެ ކޯޗުގެ ޒިންމާއާ އަބްދުﷲ ހަނީފް ހަވާލުވިފަހުން އެޓީމު ބަލިވެފަ ނުވާއިރު އެންމެ ފަހުން ލީގުގައި ކުޅުނު ދެ މެޗު ވެސް އެޓީމު މިވަނީ ކާމިޔާބުކޮއްފައެވެ. ލީގުގެ ހަތަރު ވަނައިގައި އީގަލްސް އޮތީ ހަތް މެޗުން ނުވަ ޕޮއިންޓާ އެކު އެވެ. ކުރިން ހަތަރު ވަނައިގައި އޮތް ވިކްޓަރީ ސްޕޯޓްސް ކްލަބް ވަނީ ފަސް ވަނަ އަށް ވެއްޓިފަ އެވެ. ވިކްޓަރީ އަށް ވެސް ހަތް މެޗުން ނުވަ ޕޮއިންޓް ލިބިފައިވެ އެވެ. ގަލޮޅު ދަނޑުގައި ކުޅުނު މެޗު ފަށައިގެން އީގަލްސް އިން އެޓޭކުގައި ނުރައްކާ ކުރަމުން ދިޔައިރު ފުރަތަމަ ހާފުގައި ޔޫވީއަކަށް މާބޮޑު ވަރެއް ކުރެވިފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހަމަލާ ފެނިގެން ދިޔައީ އީގަލްސް އިންނެވެ.
މެޗުގެ ތިންވަނަ މިނިޓުގައި އިބްރާހިމް މަހުދީ ހުސެއިން ނަގައިދިން ކޯނަރެއް ޒައިން ޒަފަރު ފޮނުވާލުމުން ދިޔައީ ދަނޑަމަތިން ބޭރަށެވެ. އޭގެފަހުން އީގަލްސްގެ ކެޕްޓަން އިބްރާހިމް ރިޒުވާންގެ އެޓޭކެއް ހުއްޓުވީ އޭރިޔާ ތެރެއިން ތިން ޑިފެންޑަރުން ވެގެން ބޯޅަ ބްލޮކް ކޮއްގެންނެވެ. މެޗުގެ 25 ވަނަ މިނިޓުގައި އީގަލްސްގެ ބިދޭސީ ކުޅުންތެރިއާ އަބްދުލް މަލިކް އޭރިޔާ ތެރެއަށް ނަގައިދިން ބޯޅައެއް އިބްރާހިމް މުހުދީ ބޮލުން ޖައްސާލުމުން ގޯލަށް ވަނީ ކީޕަރު އަތުގަ ޖެހިފައެވެ. އީގަލްސްގެ ލީޑު ފުޅާކުރީ މެޗުގެ 37 ވަނަ މިނިޓުގައި އިބްރާހިމް މަހުދީ ދިން ބޯޅައެއް އިބްރާހިމް ލެބޭ އޭރިއާ ތެރެއަށް ވަދެ ގޯލަށް ފޮނުވާލައިގެންނެވެ. އީގަލްސް އިން މެޗުގައި ޖެހި ތިންވަނަ ލަނޑަކީ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ހުސްކޮށް ހުރެ އެޓީމުގެ ފަހަތަށް ކުޅެމުން އަންނަ ޔޫސުފް ސިދާމް އަލީ ގޯލަށް ވައްދާލި ބޯޅައެކެވެ.
މެޗުގެ ދެވަނަ ހާފުގައި އީގަލްސް އަށް ލަނޑު ޖަހަން އިތުރު ފުރުސަތު ލިބިގެން ދިޔައިރު ޔޫވީން ވެސް ވަނީ އެޓޭކުގައި އީގަލްސްގެ ގޯލަށް ނުރައްކާ ކުރުމަށް މަސައްކަތް ކޮއްފައެވެ. މެޗުގައި ޔޫވީން ޖެހި ހަމައެކަނި ލަނޑަކީ 67 ވަނަ މނިޓުގައި އެޓީމުގެ މިސްރު ފޯވާޑް މުސްތަފާ މަހުމޫދް އޭރިޔާ ބޭރުން ނަގައިދިން ބޯޅައެއް އޭރިޔާ ތެރޭގައި ހުރެފަ ބަދަލަކަށް ކުޅެން އެރި އިޝްއާފް މުހައްމަދު ފިރާގު ގޯލަށް ވައްދާލި ބޯޅައެކެވެ. މިމެޗުން ބަލިވި ޔޫވީ ލީގުގެ ހަތްވަނައިގަ އޮތީ ކުޅުނު ހަތް މެޗުން ހޯދި ހަތަރު ޕޮއިންޓާއެކުވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
