
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ކުލަބް ގްރީން ސްޓްރީޓްސް އިން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު މޮޅުވިޔަ ނުދީ ހިފަހައްޓައިފިއެވެ. މި ދެޓީމު ކުޅުނު މެޗު ނިމުނީ 2-2 ލަނޑުން އެއްވަރުވެގެންނެވެ. މިމެޗުން ލިބުނު ޕޮއިންޓާއެކު ނިއު އަށް 7 މެޗުން 17 ޕޮއިންޓް ލިބުނުއިރު ނއުއަށް ވުރެ އެއްޕޮއިންޓް މަދުން ހޯދައިގެން އޮޑި ސްޕޯޓްސް ކުލަބު އޮތީ ތިންވަނައިގައެވެ. ތާވަލު ކުރީގައި އޮތް މާޒިޔާ އާއި ދެމެދު އޮތީ ހަތަރު ޕޮއިންޓުގެ ފަރަގެކެވެ. މެޗުން ލިބުނު ޕޮއިންޓާއެކު ގްރީން ވަނީ 7 މެޗުން 4 ޕޮއިންޓު ހޯދައިގެން ތާވަލުގެ ފުލުން ކުރިއަށް ޖެހިލާފައެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ މިނިޓުގައި ނިއުގެ ކެޕްޓަން އަލީ ފާސިރު އޭރިޔާ ތެރެއިން ފޮނުވާލި ބޯޅައެއް ގްރީންގެ ކީޕަރު ވަނީ ދިފާއުކޮއްފައެވެ. އޭގެ ހަ މިނިޓުފަހުން ނިއުގެ ހަސަން ރާއިފް އަހުމަދު އޭރިޔާ ތެރެއިން ފޮނުވާލި ބޯޅައެއް ވަނީ ގޯލާ އަމާޒު ނުވެފައެވެ. ނިއު އިން މެޗުގެ ލީޑު ނެގީ 10 ވަނަ މިނިޓުގައި ރާއިފް ހިފައިގެން ދިޔަ ބޯޅައެއް އޭރިޔާ ތެރެއަށް ވަދެ ގޯލަށް ވައްދާލައިގެންނެވެ. ނިއުގެ ދެވަނަ ލަނޑަކީ މެޗުގެ 22 ވަނަ މިނިޓުގައި އޭރިޔާ ތެރެއިން ނިއުގެ ކުޅުންތެރިޔަކު ފޮނުވާލި ބޯޅައެއް ކީޕަރު އަތުގަ ޖެހިފަ ނުކުތުމުން ގޯލު އޭރިޔާ ތެރޭގަ ހުރި ބްރެޒިލްގެ އެޓޭކިން މިޑްފީލްޑަރ ޑެ ސިލްވަރ ގޯލަށް ވައްދާލި ބޯޅައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ގްރީންގެ މާ އެދެވޭ ހަމަލާތަކެއް ނުފެނުންނަމަވެސް ދެވަނަ ހާފުގައި އެޓީމުން ވަނީ ކުރިއަށް ޖެހި ނިއުގެ ފަހަތަށް ބާރުބޮޑު ކޮއްފައެވެ. އެގޮތުން ޔޫޝައުބިން އަލީ ނަޝީދު ހިފައިގެން ދިޔަ ބޯޅައެއް ނިއުގެ ޕެނެލްޓީ އޭރިޔާ ތެރެއިން އިބްރާހިމް މައިސާން ކުރި ފައުލަކަށް ރެފްރީ ވަނީ ޕެނެލްޓީއެއް ދީފައެވެ. މެޗުގެ 54 ވަނަ މިނިޓުގައި ގްރީންގެ އެލް ސައީދު އަލް މަހްމޫދު ފޮނުވާލި ޕެނެލްޓީ ގޯލަށް ވައްދާލައިގެން ގްރީން އިން އުންމީދުއާ ކުރިއިރު އެޓީމުން ނަތީޖާ ހަމަހަމަކުރީ މެޗުގެ 90 މިނެޓުގެ ކުޅުން ހަމަވާން 2 މިނެޓަށް ވެފައިވަނިކޮށް އޭރިޔާ ތެރެއިން މުހައްމަދު ޖައިލަމް ފޮނުވާލުމުން ނިއުގެ ޑިފެންޑަރުންނަށް ރަނގަޅަށް ބޯޅަ ސާފަކޮއްނުލެވި އުޅިނިކޮށް އެޓީމުގެ މިސްރު ޑިފެންޑަރ ޝުހުރައަލީ ޕުލަތޯވްއެވެ.
މި ލަނޑާއެކު ގްރީންގެ ކުޅުންތެރިންނާ އޮފިޝަލުން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮއްފައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
