
(ފޮޓޯ ކްރެޑިޓްސް: އެމްއޯސީ)
ސަޢުދީ ޢަރަބިއްޔާގެ ރިޔާޛުގައި ކުރިއަށްދާ ހަވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްއަކީ ދާދި ފަހުން ބަހްރެއިންގައި ނިމިގެންދިޔަ އޭޝިއަން ޔޫތު ގޭމްސް އަށްވުރެ ވާދަވެރި މުބާރާތެއް ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. އިއްޔެ ފެށި އިސްލާމިކް ސޮލިޑާރިޓީ ގޭމްސް ކުރިއަށްދާނީ މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތުގައި ރާއްޖެއިން ހަތަރު ކުޅިވަރެއްގައި ވާދަކުރާއިރު، އެ ކުޅިވަރުތަކަކީ ފެތުން، ޓޭބަލް ޓެނިސް، ހޭންޑްބޯޅައާއި އެތުލެޓިކްސްއެވެ.
ރިޔާދުގައި ހުންނަވައި ދެއްވި އިންޓަވިއުއެއްގައި ވަޒީރު ރާފިޢު ވިދާޅުވީ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ހަތަރު ކުޅިވަރެއްގައި ރާއްޖެއިން ތަމްސީލުކުރާއިރު، މިއީ ދާދި ފަހުން ބަހްރެއިންގައި ނިމުނު އޭޝިއަން ޔޫތު ގޭމްސް އަށްވުރެ ވާދަވެރި މުބާރާތެއް ކަމަށެވެ. އަދި މިއީ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ހިމެނޭ ހުރިހާ ޤައުމެއް އެއް ފަހަރާ ބައިވެރިވާ މުބާރާތެއް ކަމަށާއި، އެހެންކަމުން މިއީ ތާރީޚީ މުބާރާތެއް ކަމަށްވެސް ވިދާޅުވިއެވެ. މި މުބާރާތުގައި ވާދަކުރާ ދިވެހި އެތުލީޓުންނަށް ފުރިހަމަ ކާމިޔާބީއަކަށް އެދެމުން ވަޒީރު ވިދާޅުވީ ވަރުގަދަ އަޒުމަކާއެކު ރަނގަޅު ޕާފޯމަންސެއް ދައްކައި، 100 އިންސައްތަ ދީގެން ރަނގަޅު ކާމިޔާބީއެއް ހޯދޭނެ ކަމަށެވެ.
“އަޅުގަނޑުމެންގެ އެތުލީޓުންނަށް ދަންނަވާލަން އޮތީ ހިތްވަރާއެކު، ވަރުގަދަ އަޒުމަކާއެކު ރަނގަޅު ޕާފޯމަންސެއް ދައްކަން ހިނގާށޭ، 100 އިންސައްތަ ދީގެން މި މުބާރާތުގައި ރަނގަޅު ކާމިޔާބީއެއް ހޯދަން. އެކަން އިރާދަކުރެއްވިޔާ އަޅުގަނޑުމެންނަށް ކުރެވޭނެ. އެންމެން ގުޅިގެން މިތިބީ އެތުލީޓުންނާ އެކުގައި. އަދި ރާއްޖޭގެ ކުޅިވަރު އާއިލާވެސް އޮތީ އެތުލީޓުންގެ ފަހަތުގައި.” ވަޒީރު ރާފިޢު ވިދާޅުވިއެވެ. އިސްލާމީ ޤައުމުތަކަށް ޚާއްސަކޮށްގެން ބާއްވާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ކޮންޓިންޖެންޓްގެ ޗެފް ޑިމިޝަނަރަކީ މުޙައްމަދު ޖައުޝަން ޝަރީފް (ޖައު) އެވެ. އަދި ޑެޕިއުޓީ ޗެފް ޑިމިޝަނަރަކީ މަރްޔަމް ޝައުފާއެވެ.
.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
