
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ވިކްޓަރީ ސްޕޯޓްސް ކުލަބު އަތުން ކުލަބް ވެލެންސިޔާ އިން މުހިންމު މޮޅެއް ހޯދައިފިއެވެ. ދިވެހި ފުޓްބޯޅައިގެ ޒަމާންވީ ވާދަވެރި ދެ ކުލަބުގެ ކުރިމަތިލުން ވެލެންސިޔާ އިން ކާމިޔާބުކުރީ 1-0 ލަނޑުންނެވެ. މި މުހިންމު މޮޅާއެކު ވެލެންސިޔާ ވަނީ ލީގުގައި ކުޅުނު 7 މެޗުން 7 ޕޮއިންޓް ހޯދާ ތާވަލުގެ 6 ވަނައަށް ކުރިއަށް ޖެހިލާފައެވެ. މިމެޗުން ބަލިވި ވިކްޓަރީ އޮތީ ތާވަލުގެ 4 ވަނައިގަ 9 ޕޮއިންޓާ އެކުއެވެ. ވިކްޓަރީ މުޅި މެޗު ޑޮމިނޭޓްކޮއްގެން ކުޅުނު އިރު އެޓީމަށް ވަނީ ލަނޑުޖަހަން ގިނަ ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން މެޗުގެ 17 ވަނަ މިނިޓުގައި ކޯނަރެއްގައި ވިކްޓަރީގެ މުހައްމަދު އަސްފާން ފޮނުވާލުމުން ދިޔައީ ބޭރަށެވެ.
އޭގެފަހުން ވިކްޓަރީގެ ބްރެޒިލް ފޯވާޑް ލަޑްމީރް އެވަޓަން އޭރިއާ ތެރެއިން ލިބުނު ފުރުސަތުގައި ވިކްޓަރީގެ ކީޕަރު ވަނީ ނުކުމެ ބޯޅަ މަތަކޮއްފައެވެ. 24 ވަނަ މިނިޓުގައި ވެލެންސިޔާގެ އަހުމަދު މިކިއާލް މުއީން ހާފްގެ މެދުތެރެއިން ހޯދައިގެން ދިޔަ އޭރިއާ ތެރެއަށް ހުރަސްކުރުމުން ކީޕަރު ވަނީ ދިފާއުކޮއްފައެވެ.

މެޗުގެ 27 ވަނަ މިނިޓުގައި އަސްފާން ބޮލުން ފޮނުވާލި ގޯލާ އަމާޒުނުވެ ދިޔައީ ބޭރަށެވެ. މެޗުގެ 39 ވަނަ މިނިޓުގައި ވިކްޓަރީ އަނެއްކާވެސް ލަނޑެއް ޖެހުމާ ގާތަށް ދިޔައިރު އަލީ ނަސީހު ރަޝީދު ފުރަތަމަ ފޮނުވާލި ހަމަލާ ކީޕަރު އަތުގަ ޖެހިފަ ނުކުތުމުން އެވަޓަން ފޮނުވާލި ހަމަލާ އޭރިޔާ ތެރެއިން ވެލެންސިޔާ ކުޅުންތެރިން ވަނީ ސާފުކޮއްލާފައެވެ. މެޗުގެ ދެވަނަ ހާފުގައި ވެލެންސިޔާއިން ލިބޭ ފުރުސަތުތަކުގައި ވިކްޓަރީގެ ގޯލަށް ވަނީ ނުރައްކާ ކޮއްފައެވެ. މިހާފުގެ ފުރަތަމަ ހަމަލާ ވެލެންސިޔާ އިން އުފެއްދި އިރު އެޓީމުގެ ކެޕްޓަން އީތަން އިބްރާހިމް ޒަކީ ފޮނުވާލި ބޯޅައިގެ ހުރަހަކަށްވީ ވިކްޓަރީގެ ކީޕަރެވެ.
މެޗުގެ 55 ވަނަ މިނިޓުގައި ވިކްޓަރީގެ ހުސެއިން ނިޔާޒު ފޮނުވާލި ބޯޅަ ދަނޑިމަތިން ދިޔައިރު ވެލެންސިޔާގެ އީތަން އާއި ޔޫސުފް އަޔާން އާމިރު މި ދެކުޅުންތެރިން ވެގެން އުފެއްދި ހަމަލާއެއް ވެސް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ. މެޗުގެ 70 ވަނަ މިނޓުގައި ވިކްޓަރީގެ އަހުމަދު ފިރާޝް އޭރިއާ ބޭރުން ފޮނުވާލި ބޯޅައެއް ދިޔައީ ދަނޑިމަތިން ބޭރަށެވެ. އޭގެފަހުން ވެލެންސިޔާގެ އީތަން އޭރިޔާ ތެރެއަށް ވަދެ ގޯލުކުރިމައްޗަށް ހުރަސްކޮއްލި ބޯޅަ ވެލެންސިޔާ ސްޕެއިން ފޯވާޑް އަބޫބަކުރު ސިއްލާ ބޮލުން ފޮނުވާލުމުން ދިޔައީ ބޭރަށެވެ.
ވިކްޓަރީ އަށް ލިބުނު ގިނަ ފުރުސަތުތަކެއް ބޭކާރުވުމުގެ ފައިދާ ނަގާ ވެލެންސިޔާ ލބުނު ޖެހުމެއްގަ އީތަން ފޮނުވާލުމުން އަހުމަދު އަތުވާން އަލީ ވަނީ ބޮލުން ގޯލުގެ ތެރެއަށް ވައްދާލާ ވެލެންސިޔާ އަށް ލީޑު ނަގާދީފައެވެ. މެޗުގެ އިތުރު ވަގުތުގައި ނަސޫހު އޭރިއާ ތެރެއިން ހުސްކޮށް ހުރެފަ ފޮނުވާލި ބޯޅައެއް ދަނޑިމަތިން ދިޔައީ ބޭރަށެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
