
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
23 ވަނަ އޭޝިއާ މާސްޓާސް އެތުލެޓިކް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ މާސްޓާސް އެތުލެޓިކްސް ފަރާތުން ވާދަކުރުމަށް ތައްޔާރުވެއްޖެއެވެ. މިމުބާރާތުގައި މާސްޓާސް އެތުލެޓިކްސްގެ ފަރާތުން ރާއްޖެ ތަމްސީލުކުރުމަށް 19 ފިރިހެން އެތުލީޓުންނާއި 4 އަންހެން އެތުލީޓުން ހިމެނޭ ޓީމެއް އިންޑިއާއަށް މިހާރުވަނީ ގޮސްފައެވެ. މިއީ އޭޝިއާގައި ބޭއްވޭ މިފަދަ އެންމެ ބޮޑު މުބާރާތަށްވާއިރު މި މުބާރާތުގައި ރާއްޖެއިން ޓީމެއް ބައިވެރިވާ މިއީ ފުރަތަމަ ފަހަރެވެ. މާސްޓަރސް އެތުލެޓިކްސް ފެޑެރޭޝަން އޮފް އިންޑިއާ (އެމްއޭއެފްއައި) އިންތިޒާމުކުރާ މިމުބާރާތް ކުރިއަށް ދާނީ މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން މިމަހުގެ 9 ވަނަ ދުވަހާ ހަމައަށް އިންޑިއާގެ ޓެމިލް ނާޑޫގެ ޖަވާހަރްލާލް ނެހްރޫ ސްޓޭޑިއަމްގައެވެ. މިމުބާރާތުގައި ރާއްޖެ ހިމެނޭހެން 22 ގައުމަކުން 3312 އެތުލީޓުން ވާދަކުރާނެއެވެ.
މާސްޓާސް އެތުލެޓިކްސްއިން ވަނީ މިއަހަރުގެ މޭމަހުގެ ތެރޭގައި ސްރީ ލަންކާގައި ބޭއްވި 11 ވަނަ މާސްޓަރސް އެތުލެޓިކްސް ޗެމްޕިއަންޝިޕުގައިވެސް ވާދަކޮށް މުޅި މުބާރާތުގެ ފަޚުރުވެރި އެއްވަނަ ހޯދާފައެވެ. އެ މުބާރާތުގައި މާސްޓާސް އެތުލެޓިކްސްގެ ފަރާތުން ވާދަކުރި ހަ އެތުލީޓުންވަނީ ދެ ރަން މެޑައްޔާއި ރިހި މެޑައްޔެއްގެ އިތުރުން ލޯ މެޑައްޔެއް ޤައުމަށް ހޯދައިދީފައެވެ. އެމުބާރަތުގައި ފަސް ޤައުމަކުން 700އަށްވުރެ ގިނަ އެތުލީޓުން ވާދަކޮށްފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
