
(ފޮޓޯ ކްރެޑިޓްސް: ޖީލު އޮންލައިން)
އެންމެ ޒަމާނީ ވަސީލަތްތަކާއެކު ފުވައްމުލައް ސިޓީ މާދަޑުގައި ތަރައްގީކުރި ފުޓްސަލް ދަނޑު އިއްޔެ ހުޅުވައިފިއެވެ. މިދަނޑު ހުޅުއްވައިދެއްވައިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ފުވައްމުލައް ސިޓީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ ހަވީރެވެ. މިރަސްމިއްޔާތުގައި ކުޅިވަރު ވަޒީރާއި ވުޒާރާތަކުގެ އިސްވެރިންގެ އިތުރުން ފުވައްމުލައް ސިޓީ ކައުންސިލުގެ މެންބަރުވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. މިދަނޑުގެ މަސައްކަތަކީ ޓްރިޕްލް އެރިޓް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންގޮސްފައިވާ މަޝްރޫއެކެވެ. އެކުންފުންޏާ މިމަޝްރޫއު ހަވާލުކޮށްފަވަނީ މިދިޔަ އަހަރުގެ މޭމަހުގެ 23 ވަނަ ދުވަހުއެވެ. އަދި މިމަޝްރޫޢުގެ ޢަމަލީ މަސައްކަތް މިދިޔަ އަހަރުގެ ސެޕްޓެމްބަރުގެ މަހުގެ ތެރޭގަ ފެށިފަވާއިރު މިއީ ގާތްގަނޑަކަށް އެއް އަހަރުދުވަހުން ނިންމާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. މި ދަނޑަކީ ފުޓްސަލް ދަނޑެއްގައި ހުންނަންޖެހޭ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކޮށްފައިވާ ދަނޑެކެވެ.

(ފޮޓޯ ކްރެޑިޓްސް: ޖީލު އޮންލައިން)
މި ދަނޑާއެކު ފުވައްމުލައް ސިޓީގެ ކުޅިވަރު ތަރައްޤީއަށް ބޮޑު ކުރިއެރުމެއް އަންނާނެއެވެ. މިއީ މާދަޑުގެ ރައްޔިތުންގެ އިތުރުން މުޅި ފުވައްމުލައް ސިޓީގެ ޒުވާނުންގެ ދުވަސްވީ އުންމީދެކެވެ. މި ދަނޑާއެކު ރަށުގެ ކުދިބޮޑު އެންމެންގެ ހަށިހެޔޮކަމަށް މަންފާކުރާނެކަމަށާއި، މިއީ ކުޅިވަރުގެ ހުނަރުތައް ތަރައްގީކޮށް ފުވައްމުލައް ސިޓީން އައު އެތުލީޓުންތަކެއް ނުކުތުމަށް ހުޅުވޭ ދޮރެއްކަމަށް ރަށުގެ ރައްޔިތުން ދެކެއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
