
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އައްޑޫ ސިޓީ ކައުންސިލް އުފެދިފައިވާގޮތަށް ބަދަލުތައް ގެނެސް، އެ އަތޮޅުގެ ހުޅުދޫއާއި މީދޫ އައްޑޫ ސިޓީން ވަކިކޮށް، ވަކި ކައުންސިލްތައް އުފައްދަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. އެމަނިކުފާނު މިގޮތަށް ނިންނެވީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން އިޞްލާޙުކުރުމާ ގުޅޭގޮތުން ނެރުއްވި ޤަރާރަކުންނެވެ. ހުޅުދޫއާއި މީދޫގެ ގިނަބައެއްގެ ޝަކުވާތަކާ ގުޅިގެން މިދިޔަ މަހުގެ 25ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ޤަރާރެއްގެ ދަށުން އެ ދެ ރަށުގައި ވަކި ކައުންސިލްތައް އުފެއްދުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ވަނީ ނަގާފައެވެ. އެ ވޯޓުގައި ބައިވެރިވި ރައްޔިތުންގެ އަޣުލަބިއްޔަތުން ނިންމީ އައްޑޫސިޓީއާ އިދާރީގޮތުން ވަކިވެ، ދެ ރަށުގައި ރަށު ކައުންސިލްތައް ގާއިމްކުރުމަށް ފެންނަ ކަމަށެވެ.
ރައްޔިތުންގެ މި ނިންމުމާއެކު ރައީސުލްޖުމްހޫރިއްޔާ ހޯމަ ދުވަހު ނެރުއްވި ޤަރާރެއްގައި ވަނީ މީހުން ދިރިއުޅޭ ވަކި ރަށެއްގެ ގޮތުގައި ކަނޑައަޅާފައިވާ “އައްޑޫ” އަކީ “އައްޑޫ ސިޓީ” ކަމުގައި ކަނޑައަޅުއްވައި، އެ ސިޓީގައި ހިމެނޭނީ އައްޑުއަތޮޅު ހިތަދޫއާއި މަރަދޫއާއި މަރަދޫފޭދޫ އަދި ފޭދޫ ކަމަށް ވަނީ ކަނޑައަޅުއްވާފައެވެ. އަދި އެ އަތޮޅުގެ އިޙްތިސާސްގެ ބައެއްގެ ގޮތުގައި މިހާތަނަށް އޮތް ހުޅުދޫ އާއި މީދޫ އަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި އެމަނިކުފާނު ވަނީ ކަނޑައަޅުއްވާފައެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މި އިޞްލާޙަށް ޢަމަލުކުރަން ފަށާނީ، ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބެއްގައިކަމަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައިވެއެވެ. އެހެންކަމުން އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫ ހުޅުދޫ އާއި އައްޑޫ މީދޫއަށް ކައުންސިލަރުން އައްޔަން ކުރާނީ ރަށު ކައުންސިލްތަކުގެ ގޮތުގައެވެ. ރައީސްގެ މި ނިންވެމާއެކު ކައުންސިލް އިންތިޚާބާ ހަމައަށް ހުޅުދޫ އާއި މީދޫ އޮންނާނީ އައްޑޫ ސިޓީ ކައުންސިލްގެ ބައެއްގެ ގޮތުގައެވެ. މިހާރު އެ ކައުންސިލްގައި ހުޅުދޫ އަދި މީދޫ ތަމްސީލް ކުރައްވަނީ ދެ ކައުންސިލަރުންނެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަންނަ އަހަރުގެ މާރޗް މަހުގެ 28ވަނަ ދުވަހު ބޭއްވު އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ. އެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އަންނަ އަހަރުގެ ޖެނުއަރީ މަހު ހުޅުވާލާނެ ކަމަށްވެސް އެ ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
