
ނަސްރުގެ ދުވަހާ ގުޅިގެން ބޭއްވި އަސްކަރީ ހުށަހެޅުމެއްގައި ވާހަކަފުޅުދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ޙިލްމީ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ އަސްކަރިއްޔާގެ ޤާބިލްކަން އިތުރުކުރައްވައި، ސިފައިންގެ ޤުރުބާނީގެ އަގުވަޒަންކުރައްވާ ލީޑަރެއް ކަމަށެވެ. އަދި 1988 ވަނަ އަހަރު ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާއިން ޤައުމު ސަލާމަތްކުރުމަށް ސިފައިންވި މަތިވެރި ޤުރުބާނީގެ ހަނދާންތައް އައުކުރައްވައި، އެއީ ދުވަހަކުވެސް ފަނޑުނުވާނެ ދީނީ އަދި ޤައުމީ ޚިދުމަތެއް ކަމަށް ވިދާޅުވިއެވެ.
ޗީފް އޮފް ޑިފެންސް ފޯސް ފާހަގަކުރެއްވީ ރައީސް މުޢިއްޒު ވަނީ ނަސްރުގެ ދުވަސް މީގެކުރިން ފާހަގަކުރަމުން އައި އާދައިގެ ގޮތް ބަދަލުކުރައްވައި، ޤައުމުގައި އެންމެ ކުލަގަދަކޮށް ފާހަގަކުރެވޭ ދުވަހަކަށް ހައްދަވާފައިވާކަމެވެ. އެމަނިކުފާނަކީ ސިފައިންގެ މަތިވެރި ޚިދުމަތާއި، ނޮވެމްބަރު 3 ގައި ޤައުމުގެ މިނިވަންކަން ދިފާޢުކުރުމަށް ޝަހީދުވި ފަރާތްތަކުގެ އަގުވަޒަންކުރައްވާ ލީޑަރެއް ކަމުގައިވެސް ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ. މިނިވަންކަން ދިފާއުކުރެވޭނެ ޤާބިލްކަން އަސްކަރިއްޔާއަށް ހޯއްދަވައިދެއްވައި، ފާއިތުވި މާޒީގައި ސިފައިންވި ޤުރުބާނީގެ އަގުވަޒަންކުރައްވާތީ ސިފައިންނާއި އެންމެހާ ދިވެހިންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު ދެންނެވިއެވެ.
ނޮވެމްބަރު 3 ގެ ހާދިސާއިން ލިބޭ މުހިންމު ފިލާވަޅަކީ މިނިވަންކަން ދިފާޢުކުރުމަށް އަބަދުވެސް ތައްޔާރަށް އޮންނަ އަސްކަރީ ގޮތުން ޤާބިލް ފައުޖެއް އޮތުމުގެ މުހިންމުކަން ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ އަސްކަރިއްޔާއަށް މީގެކުރިން ގެނެސްފައިނުވާފަދަ ތަރައްޤީއާއި ކުރިއެރުން ގެނެސްދެއްވަމުން ކަމަށް ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ. އެމަނިކުފާނު މި މަސައްކަތް ކުރައްވަނީ ރާއްޖެއަކީ މިނިވަން އަދި އަމިއްލަ ބާރުވެރި ޤައުމެއްގެ ގޮތުގައި ބޭއްވުމުގެ މަތިވެރި މަޤްޞަދުގައި ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނަސްރުގެ ދުވަހުގެ އަސްކަރީ ހުށަހެޅުމުގައި ދިވެހި އަސްކަރިއްޔާއަށް އެންމެފަހުން ގެނެސްފައިވާ ޑްރޯން، މަނަވަރު އަދި އަރމަޑް ވެހިކަލްފަދަ ޒަމާނީ އަސްކަރީ އުޅަނދުތައް ވަޔާއި، ކަނޑާއި، އެއްގަމުގައި ދައްކާލާފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
