
(ފޮޓޯ ކްރެޑިޓްސް: ޕީޢެސްއެމް ނިއުސް)
ނޭޝަނަލް ޕޭ ކޮމިޝަނުން ހާމަކުރައްވާ ގޮތުގައި، ދައުލަތުގެ މުވައްޒަފުންގެ މުސާރަ އެއްހަމަ ކުރުމަށްޓަކައި އެކުލަވާލާފައިވާ ޕޭ ފްރޭމްވޯކުގެ ދަށުން 20،000 އަށްވުރެ ގިނަ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލު އަންނާނެއެވެ. ދައުލަތުގެ ހުރިހާ އިދާރާއެއްގެ މުސާރައާއި އިނާޔަތް އެއްހަމަ ކުރުމަށް އަމާޒުކޮށްފައިވާ މި ފްރޭމްވޯކުގެ 8 ވަނަ އިސްލާހުގެ ތެރެއިން 3 ދާއިރާއެއްގެ މުވައްޒަފުންގެ މުސާރަ އެއްހަމަ ކުރެވޭނެއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ ފެބްރުއަރީ 6 ގައި އިޢުލާންކުރެއްވި ގޮތުގައި ސިވިލް ސަރވިސްއާއި ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުވާނެއެވެ.
މި ބަދަލުގެ ތެރެއިން ސިވިލް ސަރވިސް އާއި ޖުޑިޝަރީ ދާއިރާއަށް އަސަރު ކުރާނެއެވެ. ނޭޝަނަލް ޕޭ ކޮމިޝަނުގެ މެންބަރު ރަންދާ ފުޢާދު ވިދާޅުވި ގޮތުގައި މިއީ ގިނަ ދިރާސާތަކަށް ފަހު ގެނެވުނު ބަދަލެއް ކަމަށާއި، މި ބަދަލާއެކު އެކި އިދާރާތަކުގައި ހުރި އެއް ފަންނެއްގެ އެއް ރޭންކެއްގެ މުސާރައިގެ ފަރަގުތައް ނައްތާލެވޭނެ ކަމަށެވެ. އަދި ނޮވެންބަރު 1 ން ފެށިގެން ޢަމަލުކުރަން ފެށި މި ބަދަލުން 300 އަށްވުރެ ގިނަ ޖޮބް މެޓްރިކްސް އެކުލަވާލެވިފައިވާ ކަމަށް ޕޭ ކޮމިޝަނުން ވިދާޅުވެއެވެ. މެންބަރު އަފާފް އިބްރާހީމް އަލިދީދީ ވިދާޅުވީ މިކަމުން ޤައުމަށް ބޭނުންވާ މަސައްކަތްތެރިން ފާހަގަކުރެވި، މުސްތަޤުބަލަށް ބޭނުންވާ ވޯކްފޯސް ރޭވުމަށް އެހީތެރިވާނެ ކަމަށެވެ. ޕޭ ކޮމިޝަނުން ވަނީ މި އޮނިގަނޑުގެ ދަށުން އެއްވެސް މުވައްޒަފެއްގެ މުސާރަ ދަށްނުވާނެ ކަމަށާއި، މިނިމަމް ވޭޖަށް ވުރެ ދަށްނުވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
