
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ތުއްތު ޖީލަށް ކާބަފައިންގެ ޤުރުބާނީތައް ކިޔައިދިނުމަށް އެދިވަޑައިގެންފައެވެ. ޤައުމު ދިފާޢުކުރުމަށްޓަކައި އަމިއްލަ ނަފްސު ޤުރުބާންކުރެއްވި ޝަހީދުންގެ ހަނދާން އައުކުރައްވާނެކަމަށާއި، ދިވެހިވަންތަކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް އަބްޠާލުން ކުރެއްވި ޖިހާދުން އިބުރަތް ލިބިގަނެ، އެކަން ދަސްކޮށްދޭން ޖެހޭކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ދިވެހި ޤައުމިއްޔަތު އިޔާދަކޮށް ދިރުވައި އާލާކުރަންޖެހެނީ، އަޅުގަނޑުމެންނަކީ ކޮންބައެއްކަމާއި، ޤައުމު މިހާ ހަމައަށް ގެނައުމުގައި ޤުރުބާންވި ފަރާތްތަކާއި އެ ޤުރުބާނީތަކަކީ ކޮބައިކަން ޒުވާނުންނަށް ދަސްކޮށްދިނުމަށްޓަކައި ކަމަށް ރައީސް ވިދާޅުވިއެވެ. ޒުވާނުންނަށް މިކަންކަން އަންގައިދިނުމުގެ ގޮތުން ފެށި މަސައްކަތުގެ ނަތީޖާ ފެންނަމުންދާކަމަށާއި، ރައްޔިތުންގެ އެއްބާރުލުމާއެކު މިހާރު ކުރިއަށްގެންދާ ގިނަ މަސައްކަތްތައް ކާމިޔާބީއާ ހަމައަށްދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޤައުމީ ޚިދުމަތުގައި ބައިވެރިވުމަށް ޒުވާނުންނަށް ފުރުޞަތު ހުޅުވާލުމުން ޖާގައޮތް މިންވަރުގެ 4 ގުނަ އިތުރަށް ބައިވެރިވުމަށް ކުރިމަތިލާފައިވާކަމަށާއި، މިހާރު ކުރިއަށްދާ ތަމްރީން ޕްރޮގްރާމްގެ އިތުރަށް ކޮންމެ އަހަރަކު މަދުވެގެން 1000 ކުދިން ތަމްރީންކުރަމުން ގެންދާނެކަމަށްވެސް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“ޢާއްމު ޞިއްޙަތުގެ ރައްކާތެރިކަމަށް ލޭ ހަދިޔާ ކުރުން މުހިއްމު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، އަމިއްލައަށް އިސްނަގައިގެން...
އަތޮޅުތަކުގެ ސިއްޙީ ޚިދުމަތް ހަރުދަނާކުރުމުގެ ނަތީޖާ: ތިނަދޫގައި ފުރަތަމަ ފަހަރަށް ރަހިމުގެ ބޮޑު އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ނިންމާލައިފި
(ފޮޓޯ ކްރެޑިޓްސް: ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް) ގދ. ތިނަދޫ ސިޓީގެ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކާމިޔާބު ލެޕަރޮސްކޯޕިކް...
ކަނޑުމަގުން މުދާ ފޮނުވަން ކްލިއަރެންސަށް 10 ދުވަސް
ކަނޑުމަގުން ރާއްޖެއިން ބޭރަށް މުދާ ފޮނުވުމުގެ ކްލިއަރެންސް މަރުހަލާތަކަށް އެވްރެޖްކޮށް 10 ދުވަހަށްވުރެ ގިނަ ވަގުތު ހޭދަވާކަން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ "ޓައިމް ރިލީޒް...
އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކްސް %21 އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ، މިދިޔަ...
ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަކަށް އީލޯން މަސްކް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ސްޕޭސްއެކްސް ކުންފުނީގެ ޙިއްޞާގެ އަގު ބޮޑުތަނުން އުފުލުމާ ގުޅިގެން، ދުނިޔޭގެ އެންމެ ފުރަތަމަ ޓްރިލިއަނަރުގެ މަޤާމު އެ ކުންފުނީގެ ބާނީ...
ކެނެޑާއިން އިތުރު 100 މިލިޔަން ޑޮލަރު ފަލަސްޠީނަށް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ޔަހޫދީންގެ އިސްތިޢުމާރުގެ ދަށުގައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް ކެނެޑާއިން އިތުރު 100 މިލިޔަން އެމެރިކާ ޑޮލަރު...
