
ދިވެހިންނަކީ ދިގު ތާރީޚެއްގެ ތެރޭގައި އެތައް ގޮންޖެހުންތަކަކާ ކުރިމަތިލާ، މިނިވަން ދައުލަތެއް ދަމަހައްޓަމުން އައި ބަޔެކެވެ. ނޮވެމްބަރު 3 އަކީ މި ޤައުމީ ފަޚުރު އާކުރާ ނަޞްރުގެ ދުވަހެކެވެ. 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވީ ފަތިހު 4:15 ހާއިރު މާލެއަށް ހަމަލާއެއް ދީ، ސުލްޙަވެރި މާޙައުލެއް ބަޑީގެ އަޑުން ހޭލައްވާލިއެވެ. މި ހަމަލާއަކީ ހާޖަރާގޭ ޢަބްދުﷲ ލުޠުފީ އާއި ސަގަރު ނާސިރު އިސްވެ، ސްރީލަންކާގެ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ޕްލޮޓްގެ 80 ވަރަކަށް ބާޣީންނާއެކު ދިން ޣަދަރުވެރި ހަމަލާއެކެވެ.
ބާޣީންގެ މައިގަނޑު އަމާޒަކީ ސިފައިންގެ މައި މަރުކަޒު ބަނޑޭރިގެއެވެ. ބަނޑޭރިގެއަށް ހަމަލާދިންއިރު ދިވެހި ސިފައިން ހިތްވަރާއެކު ދިފާޢުކޮށް، ޕްރައިވެޓް ޙުސައިން އާދަމް ހަނގުރާމައިގެ މައިދާނުގައި ޝަހީދުވިއެވެ. ލުޠުފީ އާއި ސަގަރު ނާސިރު ރަށުތެރޭގެ އެކި ސަރަޙައްދުތަކުގައި ތަމަޅަ ބާޣީންނާއެކު ހަރަކާތްތެރިވެ، އޭރުގެ ޑިފެންސް މިނިސްޓަރުގެ ނައިބު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ފަދަ އިސްވެރިން ރަހީނު ކުރުމަށް މަސައްކަތް ކުރިއެވެ. މި މަސައްކަތުގައި ކުޑަނެވި ތުއްތުމަނިކު ޝަހީދުކޮށްލިއެވެ. ނަމަވެސް ﷲގެ ރަޙްމަތްފުޅުން އެއްވެސް އިސް ވެރިއަކު ރަހީނުކުރެވިފައެއް ނުވެއެވެ. ސިފައިންގެ ހަމަލާތައް ވަރުގަދަވުމުން، ބާޣީން ދިވެހިން ރަހީނުކޮށް ހިއުމަން ޝީލްޑްގެ ގޮތުގައި ބޭނުންކުރަން ފެށިއެވެ. ބަނޑޭރިގެއަށް ފޫއަޅުވާނުލެވުމުގެ ސަބަބުންނާއި، އެމީހުންގެ ކޮމާންޑަރު މަރުވުމުގެ ސަބަބުން މި ހަނގުރާމަ ކާމިޔާބު ނުވާނެކަން މެންދުރުވީއިރު ބާޣީންނަށް ޔަޤީންވިއެވެ. އެހެންކަމުން މެންދުރު 11 ޖެހިއިރު، މާލޭ ބަނދަރުގައި އޮތް “ޕްރޮގްރެސް ލައިޓް” ނަމަކަށް ކިޔާ އާގުބޯޓެއް އަތުލައިގަނެ، އޮނަރަބަލް އަޙުމަދު މުޖުތަބާ އާއި އަލްފާޟިލް އިސްމާއިލް ނަސީރު ގެނައުމަށްފަހު، ރަހީނުކުރި އެންމެހައި ދިވެހިންނާއެކު އެރޭ ދަންވަރުގެ ވަގުތެއްގައި ރާއްޖެ ދޫކޮށް ލަންކާއާ ދިމާއަށް ފުރައިފިއެވެ.
ދިވެހި ސަރުކާރުގެ އެދުމަށް އިންޑިޔާ ސިފައިންގެ އެހީތެރިކަން ލިބި، އިންޑިޔާގެ ޢަސްކަރީ މަނަވަރަކުން “ޕްރޮގްރެސް ލައިޓް” ފަހަތުން ގޮސް ހަމަލާ ދިނެވެ. މަނަވަރު ގާތްވަމުން ދިޔަ ވަރަކަށް ބާޣީން ރަހީނުން މަރައި ކަނޑަށް ވައްޓަމުން ދިޔައެވެ. ނަމަވެސް ލަންކާގެ ސިޔާސީ ސަރަޙައްދާ ގާތްވުމުން މަނަވަރުން ހަމަލާ ވަރުގަދަކުރުމުން ބާޣީން އަމާން ދިނެވެ. މި ނުރައްކާތެރި ހާދިސާގައި 19 ދިވެއްސަކު ޝަހީދުވެ، އެތައް ބަޔަކު ޒަޚަމްވިއެވެ. މިއީ ނުބައި ދެ ޣަދަރުވެރި ދިވެއްސެއްގެ ރޭވުމެއްގެ ދަށުން ދިވެހި ތާރީޚުން ދުވަހަކުވެސް ނުފިލާނެ ފަދަ ހިތާމަވެރި ހަނދާނެކެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
