
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ކައުންސިލް އައު އިމާރާތްތައް ތަރައްޤީކުރުމަށް ފަށާފައިވާ މަޝްރޫޢުގެދަށުން މިހާތަނަށް 30 ކައުންސިލެއްގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފަށާފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ. ކައުންސިލް އިމާރާތްތަކުގެ ހާލަތު ބެލުމަށްފަހު، ރާއްޖޭގެ 100އަށްވުރެ ގިނަ ކައުންސިލްތަކަށް އެކަށީގެންވާ ޖާގަ ބޭނުންވާކަމަށް ސަރުކާރުންވަނީ ހާމަކުރައްވާފައެވެ. މީގެތެރެއިން އެންމެ ހާލަތު ދަށް 105 ކައުސިލެއް ކަނޑައަޅައި، އެކައުންސިލްތަކަށް އައު އިމާރާތް އެޅުމަށް ސަރުކާރުން މިހާތަނަށް ނިންމާފައިވެއެވެ. މީގެތެރޭގައި ހިމެނެނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ސަރުކާރުން ކުރިއަށްގެންދާ 55 ކައުންސިލްގެ މަސައްކަތާއި ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި އިމާރާތްކުރާ 50 ކައުންސިލްގެ މަސައްކަތެވެ.
ޕީއެސްއެމް ނިއުސްގެ ދުވެލި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މޫސާ ފަތުޙީ ވިދާޅުވީ، ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް ކައުންސިލް އައު އިމާރާތްތައް ތަރައްޤީކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށެވެ. އެގޮތުން މިހާތަނަށް 30 ކައުންސިލެއްގެ މަސައްކަތް ޢަމަލީގޮތުން ފަށާފައިވާކަމަށާއި ކުރިއަށް އޮތް ހަފްތާގެތެރޭގައި އިތުރު ރަށްރަށުގެ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު އެރަށްރަށަށް ކޮންޓްރެކްޓަރ ފޮނުވާނެކަމަށް ވިދާޅުވިއެވެ.
“55 ކައުންސިލްގެތެރެއިން 30 ކައުންސިލްގެ މަސައްކަތް ފެށި ބާރަށް ކުރިއަށްދޭ. އިތުރު 9 ރަށަށް ކުރިއަށް އޮތް ހަފްތާގާއި ސާމާނު ފޮނުވާނެ. 55 ކައުންސިލްގެތެރެއިން މިހާތަނަށް ނުފެށިވާ ރަށްރަށުގެ މަސައްކަތްވެސް މި ނޮވެންބަރު މަހު ފަށާނެ.” ސްޓޭޓް މިނިސްޓަރ މޫސާ ފަތުޙީ ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
55 ކައުންސިލްގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެންނެވެ. މިމަޝްރޫއަށް 631 މިލިޔަން ރުފިޔާ ޚަރަދުވެއެވެ. މޫސާ ފަތުޙީ ވިދާޅުވީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި އިމާރާތްކުރަން ނިންމާފައިވާ 50 ކައުންސިލްގެ އިމާރާތުގެ މަސައްކަތަށް، ކޮންޓްރެކްޓަރެއް ހޯދުމުގެ މަސައްކަތް ޗައިނާ ސަރުކާރާ ގުޅިގެން ކުރިއަށްގެންދާކަމަށެވެ. “ބަލަންޖެހޭ ކަންކަން ބަލާ، ކޮންޓްރެކްޓަރެއް ހަމަޖެއްސުމަށް ބޭނުންވާ މަޢުލޫމާތު މިހާރު ވަނީ ފޯރުކޮށްދީފައި. ކޮންޓްރެކްޓަރެއް ހަމަޖައްސާ ވަރަށް އަވަހަށް ޢަމަލީ މަސައްކަތް ފެށޭނެ.” ސްޓޭޓް މިނިސްޓަރ މޫސާ ފަތުޙީ ވިދާޅުވިއެވެ.
ކައުންސިލްތަކަކީ ލާމަރުކަޒީ ނިޒާމު ތަންފީޒުކުރުމުގެ އެންމެ މުހިންމު ދަޢުރު އަދާކުރާ ފަރާތްކަން ފާހަގަކުރައްވާ ސްޓޭޓް މިނިސްޓަރ ވިދާޅުވީ، ކައުންސިލްތަކަށް އެ މަސައްކަތް ކުރުމަށް ފަހި މާޙައުލެއް ޤާއިމުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހިފައިވާކަމެއްކަމަށެވެ. ނަމަވެސް މިހާތަނަށް އައިރުވެސް މި މައްސަލައަކީ އެކަމަށް އެކަށީގެންވާ ގޮތުގައި ރިޢާޔަތްކުރެވިފައި ނެތް މައްސަލައެއްކަމަށެވެ. މީގެ ކުރިން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އެހީގައި 19 ކައުންސިލެއް އިމާރާތްކުރަން ފަށާފައިވާ ކަމަށާއި އެ މަސައްކަތްތައްވެސް އަވަހަށް ނިންމާ ޚިދުމަތަށް ގެނައުމަށް މަސައްކަތްކުރަމުންދާކަމަށް ފަތުޙީ ވިދާޅުވިއެވެ.
އައު އިމާރާތްތަކަކީ ކައުސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި އިދާރީ މަސައްކަތަށްވެސް ބޭނުންވާ ޖާގައާއެކު ތަރައްޤީކުރާ ތަންތަނެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
