
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ނައިޖީރިޔާގައި ނަޞާރާ ދީނުގެ ގިނަ ބަޔަކު މަރާލުމާ ގުޅިގެން، ހުޅަނގު އެފްރިކާގައި އޮންނަ އެ ޤައުމަށް އެމެރިކާ ސިފައިން ފޮނުވައި، ވަރުގަދަ ޙަމަލާތަކެއް ދޭންޖެހިދާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި، ނައިޖީރިޔާގައި އުޅޭ ނަޞާރާއިންނަށް ޢަމާޒުކޮށް ޙަމަލާދީ، އެ ދީނުގެ ގިނަ އަދަދެއްގެ މީހުން ދަނީ މަރަމުންނެވެ. އަދި އެމެރިކާގެ ސިފައިން ނައިޖީރިޔާއަށް ފޮނުވައިގެން ވިޔަސް އެކަން ހުއްޓުވަން ކޮންމެހެން ވެސް ޖެހޭކަމަށް، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް މިގޮތަށް ވިދާޅުވެފައިވަނީ، ނަޞާރާއިން މެރުން ނައިޖީރިޔާގެ ސަރުކާރުން ނުހުއްޓުވައިފިނަމަ، ނައިޖީރިޔާއާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅަންޖެހިދާނެކަމުގެ އިންޒާރު އެމެރިކާގެ ސަރުކާރުން ދީފައިވަނިކޮށެވެ. ނަޞާރާއިންތަކެއް މަރައިލި މައްސަލާގައި، އެ ޤައުމުގައި ދީނީ މިނިވަންކަމެއް ނެތް ކަމަށް ބުނެ، އިތުރަށް ސަމާލުވާންޖެހޭ ޤައުމުތަކުގެ ލިސްޓުގައި އެމެރިކާ ސަރުކާރުން ވަނީ ނައިޖީރިޔާ ހިމަނައިފައެވެ. އެމެރިކާ ސަރުކާރުން އެކުލަވާލާފައިވާ އެ ލިސްޓުގައި މިހާރު ހިމަނާފައިވާ ޤައުމުތަކުގެ ތެރޭގައި ޗައިނާ، މިޔަންމާ، އުތުރު ކޮރެޔާ، ރަޝިޔާ އަދި ޕާކިސްތާނު ހިމެނެއެވެ.
ނަޞާރާއިން ސީދާ އަމާޒުކޮށް، ނައިޖީރިޔާގައި ޙަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތްތަކުން ޙަމަލާދޭ ކަމުގެ ހެއްކެއް ނެތް ކަމަށް އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤުވާމީ ބައެއް ޖަމްޢިއްޔާތަކުން ބުނެފައިވާއިރު، އެމެރިކާގެ އެ ތުހުމަތުތައް ނައިޖީރިޔާގެ ސަރުކާރުން ވެސް ވަނީ ދޮގުކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
