
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ނޭޕާލުން ބޭރުގެ އެކި ޤައުމުތަކަށް ކަނޑައަޅާފައި ތިއްބެވި ސަފީރުން އަނބުރާ ގެނައުން، އެ ޤައުމުގެ އެންމެ މަތީ ކޯޓުން ހުއްޓުވަން ނެރުނު ވަގުތީ އަމުރާ ގުޅިގެން، އިންތިޤާލީ ބޮޑުވަޒީރު އަދި ކުރީގެ އުއްތަމަ ފަނޑިޔާރު ސުޝިލާ ކާރްކީގެ އިންތިޤާލީ ސަރުކާރަށް އިތުރު އުނދަގޫތަކެއް ކުރިމަތިވެއްޖެއެވެ. ނޭޕާލުގެ އިންތިޤާލީ ބޮޑުވަޒީރުގެ މަޤާމަށް ސުޝިލާ ކާރްކީ ޢައްޔަނުކޮށްފައިވަނީ، ނޭޕާލްގެ އޭރުގެ ސަރުކާރާ ދެކޮޅަށް ތެދުވެ، ‘ޖެން ޒީ’ އުމުރުފުރައިގެ މީހުންނާއި ޒުވާނުން ކުރި މުޒާހަރާތަކަށްފަހު ކުރީގެ ބޮޑުވަޒީރު ކޭޕީ ޝަރްމާ އޮލީގެ ސަރުކާރު ވެއްޓުމާ ގުޅިގެންނެވެ. ސަރުކާރާ ޙަވާލުވެވަޑައިގެންނެވުމަށްފަހު، އިންތިޤާލީ ބޮޑުވަޒީރު ކާރްކީ ވަނީ، އޮލީގެ ސަރުކާރުން ޢައްޔަނުކޮށްފައިވާ ތަފާތު 11 ޤައުމެއްގައި ތިއްބެވި ސަފީރުން އަނބުރާ ގެންނަން ނިންމަވައިފައެވެ. ސަފީރުން އަނބުރާ އަންނަން ކާރްކީ އެންގެވީ، އެ ބޭފުޅުންގެ މަސައްކަތާމެދު ހިތްހަމަޖެހިވަޑައިނުގަންނަވާތީ ކަމަށް ވިދާޅުވެއެވެ.
ނަމަވެސް، އެކަމުގައި ޤަބޫލުކުރެވޭ ސަބަބެއް ސުޕްރީމް ކޯޓުގައި އިންތިޤާލީ ސަރުކާރަށް ދެއްކިފައިނުވާކަމަށް، އެ ނިންމުމަށް ދެކޮޅަށް ކޯޓަށް ވަޑައިގެންނެވި، މިނިވަން ވަކީލު އަނަންތާ ރާޖް ލުއިތެލް ވިދާޅުވިއެވެ. ސުޕްރީމް ކޯޓުގެ އެ ނިންމުމަށް އިންތިޤާލީ ސަރުކާރުން އިޙްތިރާމް ކުރާނެކަމަށް އިންތިޤާލީ ސަރުކާރުގެ މުއާސަލާތާބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ. އޮލީގެ ސަރުކާރާ ދެކޮޅަށް އަޑު އުފުލުމަށް ވެރިރަށް ކަތުމަންޑޫގެ މަގުތަކަށް ނިކުތް ޒުވާނުން ވަނީ ކޮރަޕްޝަނާއި ފަސާދައާ ދެކޮޅަށް ވެސް އަޑު އުފުލާފައެވެ. އެ މުޒާހަރާތަކާ އެކު ފެށިގެން ދިޔަ ހަމަނުޖެހުންގަނޑަކީ، ފަހުގެ ތާރީޚެއްގައި ނޭޕާލްގައި ހިންގާފައިވާ އެންމެ ލޭއޮހޮރުވުން ބޮޑު ހަމަނުޖެހުންތަކެވެ. އެ ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އަދަދު 74އަށް އުފުލިފައިވާއިރު، އިތުރު 2,100އަށްވުރެ ގިނަ މީހަކަށް ވަނީ އަނިޔާވެފައެވެ.
މުޒާހަރާގެ ބައިވެރިން ވަނީ ނޭޕާލަށް އުމްރާނީ ގޮތުން ވެސް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. މި ގޮތުން، ބޮޑުވަޒީރުގެ އޮފީހާއި، ސުޕްރީމް ކޯޓު އަދި ޤާނޫނު ހަދާ މަޖިލިސް ހުންނަ އިމާރާތަަށް ޙަމަލާ ދީ، އެ ތަނުގައި ހުޅުޖަހާފައިވެއެވެ. އަދި، ޢާންމުންގެ ގެދޮރާއި މުދަލުގެ އިތުރުން މަޝްހޫރު ހޮޓާތަކާއި ގިނަ އަދަދެއްގެ އެއްގަމު އުޅަނދުގައި ވެސް ހުޅުޖަހައި، ބޮޑެތި ގެއްލުންތަކެއް ދިނެވެ. އެ ހަމަނުޖެހުންތައް ތަޙުޤީޤުކުރުމަށް ކާރްކީ ވަނީ ޚާއްސަ ޕެނަލެއް އެކުލަވާލައްވައިފައެވެ. އަދި އަންނަ މާރޗް މަހުގެ ފަސް ވަނަ ދުވަހުގެ ކުރިން، ނޭޕާލުގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ އިންތިޚާބު ބާއްވަން ވެސް ކާރްކީ ވަނީ ނިންމަވައިފައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
