
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އަފްޣާނިސްތާނުގެ އުތުރުގައި އޮންނަ ސަހަރެއްކަމަށްވާ މަޒާރޭ ޝަރީފަށް އައި ބާރުގަދަ ބިންހެލުމެއްގައި މިހާތަނަށް 10 މީހުން މަރުވެ، 260އަށް ވުރެ ގިނަ ޒަޚަމްވެފައިވާކަމަށް އެ ޤައުމުގެ ކަމާގުޅޭ އިދާރާތަކުން ބުނެފިއެވެ. އެމެރިކާގެ ޖިއޮލޮޖިކަލް ސަރވޭއިން ބުނީ، 523،000 މީހުންގެ އާބާދީއެއް ދިރިއުޅޭ މަޒާރޭ ޝަރީފް ކައިރިއަށް އައިސްފައިވަނީ ރިކްޓަރ މިންގަނޑުގެ 6.3 މެގްނިޓިޔުޑްގެ ބާރުގަދަ ބިންހެލުމެއް ކަމަށެވެ. އަފްޣާނިސްތާނުގައި މި ވަގުތު ވެރިކަން ކުރަމުންދާ ޠާލިބާންގެ ދިފާޢީ ވުޒާރާއިން ބުނީ، އެ ބިންހެލުމުގެ ސަބަބުން އެ ސަރަޙައްދަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށެވެ.
ބިންހެލުންއައުމާ އެކު މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުންޏެވެ. އެ ސަރަޙައްދުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރެވެމުންދާއިރު، މަރުވި މީހުންގެ އަދަދު އިތުރުވުމުގެ ފުރުޞަތު ބޮޑުކަމަށް އަފްޣާނިސްތާނުގެ ސިއްޙީ ވުޒާރާގެ އޮފިޝަލަކު ރޮއިޓަރސް ނޫހަށް ވިދާޅުވިއެވެ. އަދި އެ ސަރަޙައްދުގެ ހުރިހާ ހަސްފަތާލުތަކެއް ކުއްލި ޙާލަތަށް ގެނެސްފައިވާ ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.
މިދިޔަ އޯގަސްޓު މަހު ވެސް އަފްޣާނިސްތާނަށް ވަނީ ބާރުގަދަ ބިންހެލުމެއް އައިސްފައެވެ. އެ ބިންހެލުމުގައި 2،200 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
