
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ލުބްނާންގެ ސަރުކާރާ އެކު އަމަލު ކުރަމުންދާ ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމާ ޚިލާފުވެ ޔަހޫދީ ފައުޖުން އެ ޤައުމަށް ދެމުންދާ ނިރުބަވެރި ޙަމަލާތައް އިތުރުކޮށް، ފުޅާކުރަން ފަށައިފިއެވެ. ލުބްނާގެ ސަރުކާރާ އެކު ޔަހޫދީން އެއްބަސްވުމެއް އެކުލަަވައިލާފައި ވަނީ 2024ވަނަ އަހަރުގެ ނޮވެންބަރު މަހުއެވެ. އެ އެއްބަސްވުމަށް އިޙްތިރާމުކޮށް، ލުބްނާންގައި ހަރަކާތްތެރިވާ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުاللهން ވަނީ ޔަހޫދީންނާ ދެކޮޅަށް ދެމުންދިޔަ ޙަމަލާތައް މެދުކަނޑައިލާފައެވެ. ނަމަވެސް، ޔަހޫދީން އަދިވެސް ދަނީ އެ އެއްބަސްވުމާ ޚިލާފުވެ، ލުބްނާންގެ ދެކުނުގެ ސަރަޙައްދުތަކަށް ނިރުބަވެރި ޙަމަލާތައް އަމާޒު ކުރަމުންނެވެ. އަދި، ބައެއް ފަހަރު ޔަހޫދީ ސިފައިން ލުބްނާންގެ ދެކުނުގެ ރަށްތަކަށް އަރައި ވެސް ލާއިންސާނީ ޖަރީމާތައް ހިންގާފައިވެއެވެ.
ޔަހޫދީންގެ އެންމެ ފަހުގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އަލް-ނަބަޠިއްޔާ ޑިސްޓްރިކްޓުގެ ރަށެއް ކަމުގައިވާ ކަފްރަޞިރަށެވެ. އެ ރަށަށް ދީފައިވާ ވައިގެ ޙަމަލާތަކުގައި ހަތަރު މީހުން ޝަހީދު ކޮށްލިއެވެ. އަދި، އިތުރު ތިން މީހުން ޒަޚަމު ކޮށްލާފައިވާ ކަމުގައި ލުބްނާންގެ ޢާންމު ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. ލުބްނާންގެ ދައުލަތުގެ މީޑިޔާ، ލުބަނަން ނިއުސް އޭޖެންސީން ބުނީ، ޔަހޫދީންގެ ޙަމަލާތައް ދިނުމުގައި ބޭނުން ކޮށްފައި ވަނީ ނުރައްކާތެރި މިސައިލެއް ކަމުގައެވެ. ޔަހޫދީންގެ އެންމެ ފަހުގެ ޙަމަލާ ދީފައި މި ވަނީ، ޔަހޫދީންގެ ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށް ލުބްނާންގެ ރައީސް ޔޫސުފް ޢަވްން ހޫނު ބަސްތަކެއް ރައްދު ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ. ޢަވްން ވިދާޅުވީ، އެއްބަސްވުމާ ޚިޅާފަށް ލުބްނާނަށް ދެމުންދާ ޙަމަލާތައް އިތުރުކޮށް، ހަމަޖެހުން ނަގައިލުމަށް ޔަހޫދީން މަސައްކަތް ކުރަމުންދާ ކަމުގައެވެ. އަދި، ޔަހޫދީ ސިފައިންގެ ޙަމަލާތައް ހުއްޓުވުމަށް މަސައްކަތްކޮށް، ރައްދު ދިނުމަށް އޭނާ ވަނީ ލުބްނާންގެ އަސްކަރިއްޔާއަށް އަންގަވާފައެވެ.
ލުބްނާންގެ ސަރުކާރާއި ޔަހޫދީންނާ ދެމެދު އަމަލު ކުރަމުންދާ އެއްބަސްވުމުގެ ދަށުން، ލުބްނާނަށް އަރައިގަނެފައިވާ ޔަހޫދީ ސިފައިން އެ ޤައުމުން ބާލަން ޖެހޭނެއެވެ. ނަމަވެސް، ލުބްނާންގެ ދެކުނުގެ ފަސް ސަރަޙައްދެއްގައި ޔަހޫދީ ސިފައިން އަދިވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި، އެއްބަސްވުމާ ޚިލާފުވެ، ކޮންމެ ދުވަހަކު ވެސް އެ މީހުން ދަނީ ލުބްނާންގެ ޢާންމު ރައްޔިތުންނަށް އަމާޒުކޮށް ޙަމަލާދީ، ޖަރީމާތައް ހިންގަމުންނެވެ. އެެއްބަސްވުމަށް އަމަލު ކުރަން ފެށި ފަހުން ޔަހޫދީން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 111އަށް އުފުލިފައިވާ ކަމުގައި އެކުވެރި ދައުލަތްތައް (އދ)ން ބުންޏެވެ.
ޔަހޫދީ ސިފައިން އަރައި، ފޭރިގަނެފައިވާ ލުބްނާންގެ ދެކުނުގެ ބިންތައް މިނިވަން ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ހުށަހަޅުއްވާފައިވާނެ ކަމުގައި ޢަވްން ވިދާޅުވިއެވެ. ނަމަވެސް، ޔަހޫދީންނާއި އެ މީހުންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާއިން ޢަވްންގެ ހުށަހެޅުން ބަލައިގަނެފައިވާ ކަން ސާފެއް ނޫނެވެ. އެއްބަސްވުމާ އެއްގޮތަށް ލުބްނާންގެ ސަރުކާރާއި އަސްކަރިއްޔާއިން މިހާރު ދަނީ، އެ ޤައުމުގެ ދެކުނުގެ ސަރަޙައްދުތަކުގައި ހުރި ހަތިޔާރު ހޯދައި، ނައްތައިލުމުގެ މަސައްކަތް ކުރަމުންނެވެ. އެއްބަސްވުމުގައިވާ ގޮތުން، ލުބްނާނާއި ޒަޔަނިސްޓު އިސްރާއީލްގެ ސަރަޙައްދީ ރޮނގު ކައިރީގައި ހަތިޔާރު ގެންގުޅުން ޙިޒްބުاللهއަށް ވަނީ މަނާ ކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
