
ޗެމްޕިއަންސް ލީގުގައި މިރޭ ކުޅޭ އެންމެ ފޯރިގަދަ މެޗަކަށްވާނީ ސްޕޭނުގެ ރެއާލް މެޑްރިޑާއި އިނގިރޭސިވިލާތުގެ ލިވަޕޫލް ބައްދަލުކުރާ މެޗެވެ. މިއީ މުބާރާތުގެ އެންމެ ކާމިޔާބު ތިން ޓީމުގެ ތެރެއިން ދެ ޓީމެވެ. ރެއާލް 15 ފަހަރު ތަށި ހޯދާފައިވައިރު ލިވަޕޫލް ވަނީ ހަ ފަހަރު ތަށި ހޯދައިފަ އެވެ. ނަމަވެސް މިހާރު އެންމެ ބޮޑަށް ވާހަކަ ދެކެވެނީ ލިވަޕޫލްގެ އެންފީލްޑްގައި މިރޭ ކުޅޭ މެޗުގެ ކުރިން ލިވަޕޫލް އެ ދަނޑުގައި ފަރިތަނުކުރާ މައްސަލަ އެވެ. އާއްމުކޮށް އަވޭ ޓީމުން މެޗުގެ ކުރީ ދުވަހު ހޯމް ޓީމުގެ ދަނޑުގައި ފަރިތަކުރާނެ އެވެ. ނަމަވެސް ރެއާލްގެ ކޯޗު ޒަނީ އަލޮންސޯ ގަސްތުކުރީ އެންމެ ފަހުގެ ފަރިތަކުރުންތައް ސްޕޭނުގައި ކުރިއަށް ގެންދިއުމަށެވެ. ކީއްވެ ހެއްޔެވެ؟
“އަހަރުމެން ނިންމީ ލިވަޕޫލްގެ ދަނޑުގައި ފަރިތަ ނުކުރަން. ސަބަބަކީ އަހަރުމެން ބޭނުމެއް ނުވޭ 200 ކެމެރާގެ ކުރިމަތީގައި ޕްރެކްޓިސް ކުރަން،” އަލޮންސޯ ބުންޏެވެ. ރެއާލްގެ އިތުރުން ޖަރުމަނުގެ ބަޔާން މިއުނިކަށް ވެސް ކުޅުނު އަލޮންސޯ އަކީ 2005 ވަނަ އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ލިވަޕޫލްގެ މުހިންމު ކުޅުންތެރިއެކެވެ. ނަމަވެސް އޭނާ އަކީ ލިވަޕޫލްގެ ދަނޑުގައި ފަރިތަކުރަން ބޭނުންނުވި ފުރަތަމަ ކޯޗެއް ނޫނެވެ. ރެއާލްގެ ކޯޗުކަމުގައި މަޝްހޫރު ހޯސޭ މޮރީނިއޯ ވެސް ވަނީ މެޗުގެ ކުރިން ލިވަޕޫލްގެ ދަނޑުގައި ފަރިތަކުރަން ދެކޮޅު ހަދައިފަ އެވެ. އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މިކަމުގެ އެންމެ މުހިންމު ސަބަބަކީ ލިވަޕޫލްގެ ދަނޑުގައި ހުރި ޓެކްނޮލޮޖީގެ ބޭނުން ހިފައި އެ ޓީމުގެ ރޭވުން ލިވަޕޫލަށް ލިބުނަ ނުދިނުމެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
