
20 އަހަރަށް ފަހު ލިވަޕޫލް ދޫކޮށް ރެއާލް މެޑްރިޑަށް ބަދަލުވި ޓްރެންޓް އެލެގެޒެންޑާ އާނޮލްޑް އެ ކުލަބާ ދެކޮޅަށް ކުޅެން ލިވަޕޫލްގެ ދަނޑަށް ފުރަތަމަ ފަހަރަށް އައުމުން ހޫނު މަރުހަބާއެއް ކިޔާނެ ކަމަށް ކޯޗު އާނޭ ސްލޮޓް ބުނެފި އެވެ. ޗެމްޕިއަންސް ލީގުގައި މިރޭ ލިވަޕޫލްގެ ދަނޑުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗު އެންމެ ހާއްސަވާނެ ކުޅުންތެރިއަކީ ވެސް އާނޮލްޑެވެ. މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ކޯޗު އާނޭ ސްލޮޓް ބުނީ އޭނާގެ ކުރީގެ ވައިސް ކެޕްޓަނާ މެދު އޮތީ ހާލިސް ހިތެއް ކަމަށެވެ.
“އަހަރެން އޭނާއާ ބެހޭ ގޮތުން ދައްކަން އޮތީ މުޅިން ވެސް ރަނގަޅު ވާހަކަ. އޭނާއާ އެކު އަހަރެންގެ ވަރަށް ގިނަ ހަނދާންތަކެއްވޭ. އޭނާ އަކީ މި ކުލަބަށް ވަރަށް އަގުހުރި ހިދުމަތްތެރިއެއް. އޭނާ އައުމުން ހޫނު މަރުހަބާއެއް ކިޔާނެ. އެއީ ޔަގީން ކަމެއް،” އާނޭ ސްލޮޓް ބުންޏެވެ.

ލިވަޕޫލްގެ ޔޫތު އެކަޑަމީން ފެށިގެން އެ ކުލަބުގެ ވައިސް ކެޕްޓަންކަމާ ހަމައަށް ދަތުރު ކުރި އާނޮލްޑް ވަނީ ދެ ފަހަރު ޕްރެމިއާ ލީގު ކާމިޔާބުކޮށްދީފަ އެވެ. އަދި އެއް ޗެމްޕިއަންސް ލީގާއި ކުލަބު ވޯލްޑް ކަޕެއްގެ އިތުރުން ވެސް ގިނަ ކާމިޔާބީތައް ލިވަޕޫލަށް އޭނާ ހޯދައިދިނެވެ. ނަމަވެސް ރެއާލް މެޑްރިޑަށް ކުޅެން އޭނާ ނިންމުމުން އެކަން ސަޕޯޓަރުންނަށް ފުރަތަމަ ބަލައި ނުގަނެވުނެވެ. މި ގޮތުން އޭނާ ރެއާލް އަށް ދާ ވާހަކަ އަޑުއިވުމާއެކު ކުޅުންތެރިޔާ އަށް ހުސްވި ސީޒަނުގައި މަލާމާތްކޮށް ވެސް ހެދި އެވެ. އެކަން ހުއްޓުނީ ކޯޗާއި ކުޅުންތެރިން އެކަމަށް އެދިގެންނެވެ.
މިހެންވެ އާނޮލްޑް ވެސް ހުރީ އޭނާއާ މެދު ލިވަޕޫލް ސަޕޯޓަރުން މި މެޗުގައި ކަންތައްތައް ކުރާނެ ގޮތަކާމެދު ސުވާލު އުފެދިފަ އެވެ. މެޗުގެ ކުރިން އޭނާ ބުނީ އެހެން ޓީމެއްގެ ކުޅުންތެރިއެއްގެ ގޮތުގައި ލިވަޕޫލްގެ ދަނޑަށް ދާ ފުރަތަމަ ފަހަރު ސަޕޯޓަރުން ކޮންމެ ގޮތަކަށް އަމަލު ކުރިޔަސް އޭނާގެ ހިތުގައި ލިވަޕޫލަށް އޮތް ލޯބި ބަދަލު ނުވާނެ ކަމަށެވެ.

“ކޮންމެ ގޮތަކަށް ކަންތައްތައް ވިޔަސް އަހަރެންގެ ހިތުގައި ލިވަޕޫލަށް އޮތް ލޯބި ބަދަލެއް ނުވާނެ. އަހަރެން އަބަދުވެސް ހުންނާނީ ލިވަޕޫލްގެ ސަޕޯޓަރެއްގެ ގޮތުގައި. އަހަރެން ކުލަބު ދޫކޮށްލީ ކުލަބަށް ކާމިޔާބު ހޯދާދީފައި އަހަރެންގެ ހަޔާތުގެ އައު ސޮފުހާއަކަށްޓަކައި،” އާނޮލްޑް ބުންޏެވެ. އޭނާ ބުނީ ޗެމްޕިއަންސް ލީގުގައި ރެއާލްއާ ވާދަކުރަން ޖެހުމުން ބައެއް ކުޅުންތެރިންގެ ސަމާސާގެ މެސެޖްތައް އޭނާ އަށް ލިބުނު ކަމަށެވެ. “އަހަރެން ގާތަށް ހިނި އަންނަނީ އެ މެސެޖްތަކުން. އަހަރެންނާ ވަރަށް ގާތްކޮށް އުޅޭ ކުޅުންތެރިން އަބަދުވެސް މެސެޖް ކުރޭ މި މެޗުގެ ވާހަކަ ވެސް ދައްކާ. ސަލާހް އާއި އިބްރާހީމާ ކޮނާޓޭ އަދި އެންޑީ ރޮބަޓްސަން އަށް މިކަން އެނގޭނެ،” އާނޮލްޑް ބުންޏެވެ.
މި މެޗަށް ލިވަޕޫލަށް ދިޔަ ނަމަވެސް އޭނާ ކުޅޭނެ ކަމާމެދު ޝައްކެވެ. ސަބަބަކީ ފަޔަށް ލިބުނު އަނިޔާގެ ސަބަބުން ނުކުޅެ މިދިޔަ މަހެއްހާހާ ދުވަހު ހުންނަން ޖެހުމެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
