
(ފޮޓޯ ކްރެޑިޓްސް: އެމްއޯސީ)
ރާއްޖޭގެ ކުޅުންތެރިންގެ ކުރިއެރުމަށް ކަންކަން މަގުފަހިކޮށްދިނުމަށްޓަކައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރެވިގެންދާ ކަމަށާއި، އެހެންކަމުން ކުރިއަށް އޮތީ ކުޅިވަރު އެތުލީޓުންނަށް އުޖާލާ މުސްތަގުބަލެއް ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. ވަޒީރު ވަނީ ބަހްރެއިންގެ މަނާމާގައި ކުރިއަށްދިޔަ ތިންވަނަ އޭޝިއަން ޔޫތު ގޭމްސް 2025 ގައި ވާދަކުރި ދިވެހި އެތުލީޓުންގެ ފެންވަރު ބައްލަވާލައްވާފައެވެ. ބަހްރެއިންގައި ހުންނަވާ ދެއްވި އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ އެ ގޭމްސްއިން ފެނިގެންދިޔައީ ވަރަށް އުޖާލާ މަންޒަރެއް ކަމަށެވެ. އަދި ކުޅިވަރު ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ދަށުން ގިނަ ގައުމުތަކާއެކު ހެދިގެންދާ ފަހުމުނާމާތަކުގައި ހުނަރު ބަދަލުކުރުމުގެ ޕްރޮގުރާމުތައް އެބަހުރި ކަމަށާއި، އެގޮތުން ސައުދީ އަރަބިއްޔާއިންވެސް އެކަން މަގުފަހިވެފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ޗައިނާގެ ފުޖިއާން ޕްރޮވިންސާއެކު މިދިޔަ އަހަރު ފަހުމުނާމާއެއްގައި ސޮއިކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
“ފުޖިއާން ޕްރޮވިންސުންވެސް ނޮވެމްބަރު މަސް ތެރޭގައި ކޯޗުންނާއި ކުޅުންތެރިން ތަމްރީނުކުރުމުގެ ފުރުސަތު އެބަ ލިބޭ. އަދި ރާއްޖެއަށް އެ ބޭފުޅުންގެ ޓެކްނިކަލް ބޭފުޅުން ފޮނުވައިގެން ފަންސާހަކަށް އެތުލީޓުންނާއި ކޯޗުން ތަމްރީނުކުރުމުގެ ޕްރޮގުރާމެއްވެސް އޮތީ ހަމަޖެހިފައި. އަދި އެތުލީޓުންނަށް އެހީވާންތިބޭ ފަސްޓް އެއިޑަރުންނަށް އެކްސްޕޯޝަރ ޕްރޮގުރާމެއް ދާދި ފަހުން ޗައިނާއަށް ގެންގޮސްގެން ދެވިއްޖެ.” މީގެ އިތުރުން ވަޒީރު ވިދާޅުވީ އެތުލީޓުންނަށް ބޭނުންވާ ފުރުސަތުތައް އެކި ގޮތްގޮތުން ފަހިކޮށްދެމުން އަންނަ ކަމަށެވެ. އަދި އެތުލީޓުންނަށް ރާއްޖެއިންވެސް ބޮޑެތި ފުރުސަތުތައް ލިބޭ ގޮތަށް ކުޅިވަރުގެ ސިސްޓަމް ފަރުމާކުރެވިގެންދާނެ ކަމަށާއި، އެގޮތުން މިދިޔަ މެއި މަހުން ފެށިގެން ގައުމީ އެތުލީޓުންގެ މުސާރަ ބޮޑުކުރެއްވިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާންކުރައްވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އަދި އަރުތަ ޕްރޮގުރާމް ވަރަށް އަވަހަށް އައު ފޯމިއުލާއެއްގައި ފެށިގެންދާނެ ކަމަށާއި، އޭގެ ތެރޭގައި ތައުލީމީ ކަންކަމާއެކު ސްކޮލަރޝިޕް ލިބިގެންދާނެ ގޮތަށް މަގުފަހިވުމަކީ ޒުވާން އެތުލީޓުންނަށް ވަރަށް ބޮޑަށް ކުރިއެރުން ލިބިގެންދާނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ. “އެއާއެކު އޯލެވެލް ނުވަތަ އޭލެވެލް ހަދާ އަހަރު ކުޅުންތެރިން އަނބުރާ ރާއްޖެ އަންނާކަށް ނުޖެހޭނެ. އެ ކުޅުންތެރިންނަށް ކިޔެވުމާއެކު ކުޅުމުގެ ފުރުސަތު ލިބިގެން އެދަނީ.”
މީގެ އިތުރުން ވަޒީރު ވިދާޅުވީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ކުޅުންތެރިންނަށް އިންޝުއަރެންސް ހަމަޖެހިގެންދާނެ ގޮތަށް ކަންކަން ރޭވިފައިވާ ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ކުޅުންތެރިންގެ ކުރިއެރުމަށް ކަންކަން މަގުފަހިކޮށްދިނުމަށްޓަކައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރެވިގެންދާ ކަމަށާއި، ކުރިއަށް އޮތީ ކުޅިވަރު އެތުލީޓުންނަށް އުޖާލާ މުސްތަގުބަލެއް ކަމަށްވެސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
