
މެންޗެސްޓާ ސިޓީގެ ފޯވަޑް އާލިން ހާލަންޑް މިހާރު އެ ހުރީ ދުނިޔޭގެ އެންމެ މޮޅު ދެ ކުޅުންތެރިންގެ ފެންވަރުގައި ކަމަށް އޭނާގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ. ދުނިޔޭގެ އެންމެ މޮޅު ދެ ކުޅުންތެރިންނަކީ އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ އާއި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މެސީ ބާސެލޯނާގައި އަދި ރޮނާލްޑޯ މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑުގައި ދެއްކި މޮޅު ކުޅުމަކީ ދުނިޔޭގެ އަޖައިބެއް ކަމަށް ގިނަ ބަޔަލު ދެކެ އެވެ. ގާޑިއޯލާ ބުނީ ޕްރެމިއާ ލީގުގައި މިހާތަނަށް ކުޅުނު މެޗުތަކުން 11 ގޯލާއެކު ހާލަންޑް ގޯލު ލިސްޓުގެ ކުރީގައިވަނީ މެސީ އާއި ރޮނާލްޑޯ އެ ދެ ކުޅުންތެރިންގެ އެންމެ ޕާކް ދުވަސްވަރު ގޯލު ފަދައިން ކަމަށެވެ.
“107 މެޗުން އޭނާ މިވަނީ 98 ގޯލު ޖަހާފައި. އޭނާގެ ނަންބަރުތަކަށް ބަލާއިރު ހުރިހާ ގޮތަކުން ވެސް ތަފާތު. ގަބޫލު ކުރަން ވެސް ދަތި އޭނާގެ ތަފާސް ހިސާބު މިހާ ކުރީގައި އުޅުމުން،” ގާޑިއޯލާ ބުންޏެވެ. ބާސެލޯނާގައި މެސީ އަށް ކޯޗުކޮށްދިން ގާޑިއޯލާ ބުނީ މެސީ އާއި ރޮނާލްޑޯގެ ތަފާތަކީ ކޮންމެ މެޗެއްގައި ވެސް އެކެއް ނޫނީ ދެ ގޯލު ޖެހުން ކަމަށާއި މިހާރު ހާލަންޑް ވެސް އެކަން ކުރަން ފަށައިފި އެވެ. “އެ ދެ ކުޅުންތެރިން ތަފާތަކީ އެ ދެ މީހުން 15 ވަރަކަށް އަހަރު އެއް ފެންވަރެއްގައި އެގޮތުގައި ހިފެހެއްޓުން. މެސީ އަށް މިހާރު ބަލާ. އޭނާ އެދަނީ އެމެރިކާ ލީގުގައި ކޮންމެ ދުވަހަކު ގޯލު ޖަހަމުން. ރޮނާލްޑޯ ވެސް ސައޫދީގައި އެދަނީ އެކަން ކުރަމުން. އަހަރެން ބުނާނީ ހާލަންޑް ވެސް މިހާރު މިތަނުގައި އެކަން ކުރަން ފަށައިފި ކަމަށް. އަހަރެން ކުރިން ވެސް ބުނިން އޭނާ އަށް ކޯޗުކޮށްދިނުމަކީ ލިބޭ އުފަލެކޭ،” ގާޑިއޯލާ ބުންޏެވެ.
މެންޗެސްޓާ ސިޓީ އަށް 100 ގޯލު ހަމަކުރަން ހާލަންޑް ބޭނުންވަނީ މިހާރު އެންމެ ދެ ގޯލެވެ. މި ސީޒަނުގައި ޕްރެމިއާ ލީގުގައި އޭނާ 11 ގޯލު ޖަހާފައިވާއިރު އެންމެ ގާތުން ވާދަ ކުރާ ކުޅުންތެރިން ޖަހާފައިވަނީ 6 ގޯލެވެ. އަދި އޭނާ ކުރިއަށް އޮތް މެޗުގައި 100 ގޯލު ހަމަކޮށްފިނަމަ ހާލަންޑް ވެގެންދާނީ އެންމެ އަވަހަށް ޕްރެމިއާ ލީގުގައި 100 ގޯލު ޖެހި ކުޅުންތެރިޔާ އަށެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
