
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އީރާންގެ ނިޔުކްލިއަރ ހަކަތަ އުފައްދާ މަރުކަޒުތައް ކުރިއަށްވުރެ ވަރުގަދައަށް ބިނާކުރާނެ ކަމަށާއި، ނަމަވެސް ނިޔުކްލިއަރ ހަތިޔާރެއް އުފެއްދުމުގެ ވިސްނުމެއް ނެތް ކަމަށް، އެ ޤައުމުގެ ރައީސް ރައީސް މަސްޢޫދު ޕީޒިޝްކިޔާން ވިދާޅުވެއްޖެއެވެ. މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ޔަހޫދީންނާއި އެމެރިކާއިން ވަނީ އީރާނުގެ ނިިއުލްލިޔަރ މަރުކަޒުތަކަށް އަމާޒުކޮށް ބޮމުގެ ޙަމަލާތަކެއް ދީފައެވެ. އެމެރިކާއިން އީރާނަށް ދިން ޙަމަލާގައި އީރާނުން ޔުރޭނިއަމް މުއްސަނދިކުރާ ދެ މަރުކަޒަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ. އެ މަރުކަޒުތައް އަލުން ބިނާކުރުމުގެ މަސައްކަތް އީރާނުން ފަށައިފިނަމަ، އެ މަރުކަޒުތަކަށް އަނެއްކާވެސް ޙަމަލާދޭނެ ކަމުގެ އިންޒާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ތަކުރާރުކޮށް ދެއްވައިފައެވެ.
ނަމަވެސް، ޓްރަމްޕްގެ އެ އިންޒާރަށް ގޮންޖައްސަވައި، އެ މަރުކަޒުތައް ކުރިއަށްވުރެ ވަރުގަދައަށް ބިނާކުރާނެކަމުގެ ޔަޤީންކަން ޕީޒިޝްކިޔާން ދެއްވާފައިވަނީ، އީރާންގެ ނިޔުކްލިއަރ ހަކަތަ އުފައްދާ އިދާރާއަށް ވަޑައިގެން، އެތަނުގެ ވެރިންނާއެކު ބޭއްވެވި ބައްދަލުވުމެއްގައެވެ. “ކާރުޚާނާތަކާއި އިމާރާތްތަކަށް ދޭ ޙަމަލާއަކުން އަޅުގަނޑުމެންނަށް ކުރިމަތިކުރުވޭނެ ހުރަހެއް ނޯންނާނެ. އެ ތަންތަން އަޅުގަނޑުމެން ބިނާކުރާނީ ކުރިއަށްވުރެ ވަރުގަދައަށް،” ޕީޒިޝްކިޔާން ވިދާޅުވިއެވެ. އީރާނުން ހިންގަމުންދާ ނިޔުކްލިއަރ ޕްރޮގުރާމުގެ މައިގަނޑު މަޤުޞަދަކީ ނިޔުކްލިއަރ ހަތިޔާރު އުފެއްދުންކަމަށް ހުޅަނގުގެ ބާރުތަކުން ތުހުމަތު ކުރެއެވެ.
ނަމަވެސް، ނިޔުކްލިއަރ ހަކަތަ އުފައްދަން އީރާނުން މަސައްކަތް ކުރަމުންދަނީ، އީރާނުގެ ރައްޔިތުންގެ މުސްތަޤުބަލާއި ފާގަތިކަމަށް، މަދަނީ ބޭނުމެއްގައި ކަމަށް ޕީޒިޝްކިޔާން ވަނީ ތަކުރާރުކުރައްވައިފައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
