
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށް ކްލަބް އީގަލްސް މި ސީޒަންގެ ފުރަތަމަ މޮޅު ހޯދާފިއެވެ. އީގަލްސް މިމެޗު ކާމިޔާބުކުރީ 2-0 ލަނޑުންނެވެ. މި ސީޒަންގަ މިހާތަނަށް ޗެރިޓީ ޝީލްޑް މެޗާއެކު އީގަލްސް ކުޅުނު 7 މެޗުގެ ތެރެއިން އެޓީމުން ފުރަތަމަ މޮޅެއް ހޯދި އިރު ތިން މެޗަކުން ވަނީ އެއްވަރުވެފައެވެ. މިއީ އީގަލްސްގެ ކޯޗުގެ ޒިންމާއާ ހަވާލުވެ ހުރި އެޓީމުގެ އެސިސްޓެންޓް ކޯޗު އަބްދުﷲ ހަނީފްގެ ކޯޗުކަމުގަ ހޯދި ފުރަތަމަ މޮޅެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ކުޅުނު މެޗު ފަށައިގެން ޓީސީން އެޓޭކްގައި ކުރިއަށް ޖެހި ވަނީ އީގަލްސްގެ ގޯލަށް ނުރައްކާ ކޮއްފައެވެ. އެގޮތުން އީގަލްސްގެ ޑިފެންޑަރަކު ފަހަތަށް ޖައްސާލި ބޯޅައެއްގަ ޒަޔާން ނަސީރު ކުރިއަށް އަރާ ފޮނުވާލުމުގެ ކުރިން ކީޕަރު ވަނީ އޭރިއާ ތެރެއިން ބޯޅަ ދިފާއުކޮށް ބޭރުކޮއްލާފައެވެ.
މެޗުގައި ދެންވެސް ފެނިގެންދިޔައީ ޓީސީގެ ހަމާލާއެކެވެ. ހުސެއިން ޝަރީފް މުހައްމަދު އޭރިޔާ ބޭރުން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ދަނޑިމަތިންނެވެ. އޭގެފަހުން އީގަލްސް އިން ވަނީ އެޓޭކްތައް އުފައްދަން މަސައްކަތް ކޮށް ގޯލަށް ނުރައްކާ ކޮއްފައެވެ. އޭގެތެރޭގައި ޖަޕާންގެ މިޑްފީލްޑަރ ކަޓުސިޔޯޝީ ކިމިޝީމާ އާއި އިބްރާހިމް ރިޒްވާން އަށް ލިބުނު ފުރުސަތު ފާހަގަކޮއްލެވެއެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތު ތެރޭގައި ދެ ޓީމަށް ވެސް ވަނީ ލަނޑުޖަހާނެ ފުރުސަތު ލިބި ބޭނުން ހިފޭގޮތް ނުވެފައެވެ. މެޗުގެ ދެވަނަ ހާފު ފަށައިގެން ފުރަތަމަ މިނިޓުގެ ތެރޭގައި އީގަލްސްގެ އިބްރާހިމް މަހުދީ ފޮނުވާލި ބޯޅައެއް ވަނީ ގޯލާ އަމާޒު ނުވެފައެވެ. މެޗުގެ 54 ވަނަ މިނިޓުގައި އީގަލްސް އަށް ލިބުނު ޕެނަލްޓީ ރިޒުވާން ފޮނުވާލުމުން ޓީސީގެ ގޯލު ބަލަހައްޓަމުން ދިޔަ މިސްރު ކީޕަރު އަބްދުލް ހަމީދު ވަނީ ދިފާއުކޮއްފައެވެ. މީއީ އޭރިއާ ތެރެއިން ޓީސީގެ ފަހަތަށް ކުޅެމުން ދިޔަ ކުޅުންތެރިއެއްގެ އަތުގަ ބޯޅައިން ޖެހުމުން ލިބުނު ޕެނެލްޓީއެކެވެ.
އީގަލްސް އިން މެޗުގެ ފުރަތަމަ ލަނޑުޖަހާ ލީޑް ނެގީ 64 ވަނަ މިނިޓުގައި ރިޒްވާން ދިންބޯޅައަކުން އޭރިޔާތެރޭގައި ހުރި އިސްމާއިލް އީސަ ގޯލަށް ވައްދާލި ބޯޅައަކުންނެވެ. އޭގެ ފަހުން ގާތްގާތުގައި ފައުލު ކުރުމުން ބަދަލަކަށް ކުޅެން އެރި ޓީސީގެ ހަސަން އީނާޒަށް ރެފްރީ ވަނީ ދެ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކާފައެވެ. އީގަލްސް އިން ލީޑު އިތުރަށް ފުޅާކުރީ 76 ވަނަ މިނިޓުގައި ޓީސީގެ ކުޅުންތެރިއެއްގެ ގައިގަ ޖެހިފަ ގޯލަށް ވަތް ބޯޅައަކުންނެވެ. މި މޮޅާއެކު އީގަލްސް ވަނީ 6 މެޗުން ހޯދި 6 ޕޮއިންޓާ އެކު ލީގުގެ 6 ވަނައަށް ޖެހިލާފައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
