
(ފޮޓޯ ކްރެޑިޓްސް: މިހާރު)
ސްކޫލްތަކުން ވޭޕް ސްޓިކް މިހާރު ނުފެނެއޭ ބުނެވޭ ވަރަށް އެ އެއްޗެހި ފެންނަ ވަރު ވަރަށް ބޮޑަށް މަދުވެއްޖެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ. ސަރުކާރުން އިއްޔެ އިން ފެށިގެން ތަންފީޒުކުރަން ފަށާފައިވާ 2007 އިން އުފަންވެފައިވާ އަދި އޭގެ ފަހުން އުފަންވާނެ ހުރިހާ ދިވެހިންނަށް ދުންފަތް މަނާވާ “ޖެނެރޭޝަނަލް ބޭން”ގެ ހާއްސަ ޓީވީ ކަވަރޭޖަށް ދިން އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ، މީގެ ކުރިން މާލެ ސަރަހައްދުގެ ސްކޫލްތަކުން އެކަނިވެސް ދުވާލަކު 50-60 ވޭޕް ސްޓިކް ފެންނަ ކަމަށެވެ. “އެހެން ނަމަވެސް، މިހާރު ހަފުތާއެއްގެ މައްޗަށް 1-2 ވެސް ނުފެނެއޭ ބުނާ ވަރަށް މަދުވެއްޖެ،” އޭނާ ވިދާޅުވި އެވެ.
ރާއްޖެއަށް ވޭޕް އެތެރެކުރުމާއި ބޭނުންކުރުން ވެސް މިދިޔަ އަހަރުން ފެށިގެން މަނާކޮށްފައިވާއިރު، މިނިސްޓަރު ވިދާޅުވީ މިއީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. ވޭޕް މަނާކުރުމަކީ ދަރިވަރުންގެ ހެވާއި ލާބަޔަށްޓަކާއި ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ސަރުކާރުން ނިންމި ވަރަށް މުހިންމު ނިންމުމެއް ކަމަށާއި “ޖެނެރޭޝަނަލް ބޭން”އަކީ ވެސް އެއާ ގުޅިގެން އައި ނިންމުމެއް ކަމަށް އޭނާ ވިދާޅުވި އެވެ. ސަރުކާރުގެ މި މުހިންމު ނިންމުންތަކާ ގުޅިގެން ރާއްޖެއަކީ މިހާރު މުޅި ދުނިޔެއަށް ނަމޫނާ ގައުމަކަށް ވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ މިއީ ދަރިވަރުންނާއި ޓީޗަރުންނާއި ބެލެނިވެރިން ވެސް ފަހުރުވެރިވާން ޖެހޭ ކަމެއް ކަމަށެވެ.
“އަޅުގަނޑުމެން މި އުޅެނީ ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް. އެންމެން ގުޅިގެން މެނުވީ އަޅުގަނޑުމެންނަށް މިކަމެއް ކާމިޔާބެއް ނުކުރެވޭނެ،” އޭނާ ވިދާޅުވި އެވެ. އިސްމާއިލް ޝަފީއު ވިދާޅުވީ ދުންފަތާ ގުޅުންހުރި އެކި ބަލިތަކުގައި ކޮންމެ އަހަރަކު 150 އެއްހާ ދިވެހިން ކޮންމެ އަހަރަކު މަރުވާކަން ތަފާސްހިސާބުތަކުން އެނގެން އެބަހުރި ކަމަށާއި، އަދި ދުންފަތް ރާއްޖެއަށް އިމްޕޯޓްކުރުމަށް އަހަރަކު 1.8 ބިލިއަން ރުފިޔާ ހޭދަކުރާ ކަމަށެވެ. “މީގެ ސިއްހީ އިމްޕެކްޓަށް ބެލިކަމުގައި ވިޔަސް، އެކޮނޮމިކް އިމްޕެކްޓަށް ބެލި ކަމުގައި ވިޔަސް، އަދި އެކަމާ ގުޅިގެން ނުކުންނަ އެކިއެކި އިޖުތިމާއީ މައްސަލަތަކަށް ބެލިކަމުގައި ވިޔަސް މެ، އަޅުގަނޑު ގަބޫލުކުރަނީ، އަޅުގަނޑުމެން އެންމެ އެކީ އަތާއި އަތް ގުޅާލައިގެން، އެއް ރޫހެއްގައި މިކަން ކާމިޔާބުކުރަން މަސައްކަތްކޮށް، ހަގީގީ ކާމިޔާބު ހޯދައިފި ނަމަ، ﷲ އިރާދަކުރެއްވިޔާ ރާއްޖެއަށް ވަރަށް އުފާވެރިކަމެއް ލިބޭނެ،” އޭނާ ވިދާޅުވި އެވެ.
ޑަބްލިއުއެޗްއޯ އިން 2019 ވަނަ އަހަރު ނެރުނު ގުލޯބަލް ޔޫތު ޓޮބޭކޯ ސާވޭ (ޖީވައިޓީއެސް)ގައި ބުނި ގޮތުގައި، ރާއްޖޭގައި ކިޔަވާ ކުދިންގެ ތެރެއިން 45 ޕަސެންޓް ކުދިން، ކޮންމެވެސް ބާވަތެއްގެ ދުންފަތުގެ އިސްތިއުމާލު ކުރެ އެވެ. އޭގެ ތެރެއިން 17 ޕަސެންޓް ކުދިންނަކީ ވޭޕް ކުރާ ކުދިން ކަމަށް އެ ރިޕޯޓްގައިވެ އެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމާ ދެކޮޅަށް ރާއްޖެއިން މިހާތަނަށް އަޅާ އެންމެ ބޮޑު ފިޔަވަޅު ކަމަށްވާ “ޖެނެރޭޝަނަލް ބޭން”އަށް އިއްޔެ އިން ފެށިގެން އަމަލުކުރަން ފަށާފައިވާއިރު ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް މިދިޔަ މެއި މަހު ގެނައި ބަދަލާ އެކު 2007 ވަނަ އަހަރުން ފެށިގެން އުފަން ވެފައިވާ ކުދިންނަށް އަދި އުފަން ވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން ވެސް މަނާވާނެ އެވެ. އެ ގާނޫނަށް މިދިޔަ އަހަރުގެ ފަހުކޮޅު ގެނައި ބަދަލުގެ ދަށުން، ދުންފަތުގެ ބާވަތްތައް ވިއްކޭނެ އެންމެ ހަގު އުމުރު ވެސް 18 އަހަރުން 21 އަހަރަށް ވަނީ މަތިކޮށްފަ އެވެ. އަދި އެ އުމުރާ މެދު ޝައްކުވާ ނަމަ ދުންފަތުގެ ބާވަތްތައް ވިއްކޭނީ އުމުރު ކަށަވަރު ކުރުމަށް ފަހުގައި ކަމަށް ވެސް ވަނީ އިސްލާހުގައި ބުނެފައިވެ އެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
