
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް)
މިއަހަރުގެ ނަޞްރުގެ ދުވަހާ ގުޅުވައިގެން ބާއްވާ ސިފައިންގެ އަސްކަރީ ހުށަހެޅުންތައް މާދަމާ ޖުމްހޫރީ މައިދާނުގައި އޮންނާނެއެވެ. މި ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 16:15 ގައެވެ. ނަމަވެސް 15:30 އިން ފެށިގެން ޢާންމުންނަށް ޖުމްހޫރީ މައިދާން ހުޅުވާލެވޭނެއެވެ. ޤައުމީ ދިފާޢީ ބާރުން ވިދާޅުވީ ޖުމްހޫރީ މައިދާނުގައި މިއަހަރު އޮންނަ ހުށައެޅުމުގެ މަޤުޞަދަކީ ސިފައިން އަސްކަރީ ގޮތުން ތައްޔާރުވެފައި ތިބި މިންވަރު ޢާންމުންނަށް ދައްކާލުން ކަމަށެވެ. އެގޮތުން މިއަހަރު ހުށައަޅައިދޭނީ ރާއްޖެއަށް ކުރިމަތިވެދާނެ ނިރުބަވެރި ހަމަލާއެއް ނާކާމިޔާބުކޮށްލުމަށް ދިވެހި އަސްކަރިއްޔާއިން ހިންގާ އޮޕަރޭޝަނެއްގެ ޑެމޮންސްޓްރޭޝަން ކަމަށެވެ. މި ހަރަކާތުގައި ސިފައިންގެ ހުނަރާއި ޤާބިލުކަން ފެންނާނެކަމަށް ޤައުމީ ދިފާޢީ ބާރުން ވިދާޅުވިއެވެ.
މިދިޔަ އަހަރާ ޚިލާފަށް ސިފައިން ބޭނުންކުރާ އުޅަނދާއި ތަފާތު އާލާތްތައް އޮޕަރޭޝަނެއްގައި ބޭނުންކުރެވޭ ގޮތް ރައްޔިތުންނަށް ދައްކާލެވޭނެ ކަމަށާއި މި ހަރަކާތް ވާނީ ޢާންމުން ވަރަށް ޝައުޤުވެރިވާނެ ހަރަކާތަކަށް ކަމަށް ޤައުމީ ދިފާޢީ ބާރުން ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް)
ޤައުމީ ދިފާޢީ ބާރުން ވިދާޅުވީ ޖުމްހޫރީ މައިދާނުގައި އޮންނަ ހަރަކާތުގެ އިތުރުންވެސް ގިނަ ހަރަކާތްތަކެއް ރާވާފައިވާ ކަމަށެވެ. އެގޮތުން ޖަމާޢަތުގައި ސިފައިން ފަތިސް ނަމާދުކުރުމާއި 3 ނޮވެންބަރުގެ ޝަހީދުންގެ ހަނދާނީ ބިނާގައި ދިދަ މައުންޓްކުރުން އޮންނާނެއެވެ. އަދި ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި އެ ދުވަހު ޝަހީދުވި، ޝަހީދު ކޯޕަރަލް ޢަބްދުލް ޒުހައިރު ނިޔާވި ހާދިސާ ދައްކުވައިދޭ މިއުޒިކަލް ޑިސްޕްލޭއެއް ދައްކުވައިދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. ދުޝްމަނުންގެ ޙަމަލާތަކާ ގުޅިގެން ސިފައިންގެ ތެރެއިން އެންމެ ފުރަތަމަ ޝަހީދުވި ބޭކަލަކީ ޝަހީދު ކޯޕަރަލް ޢަބްދުލް ޒުހައިރެވެ.
މިއަހަރުގެ ނަޞްރުގެ ދުވަހާ ގުޅުވައިގެން ޤައުމީ ދިފާޢީ ބާރުން ވަނީ ގިނަ ހަރަކާތްތަކެއް ރާވާފައެވެ. އެގޮތުން މިއަހަރުގެ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ ޒުވާނުންގެ މަރުކަޒުގައި ހެނދުނު 9:00 ޖަހާއިރު، ނަޞްރުގެ ދުވަހުއެވެ. އަދި ގދ. ތިނަދޫ ސިޓީގައި ސިފައިންގެ މައުރަޒެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. ތިނަދުއަކީ ޝަހީދު ކޯޕަރަލް ޢަބްދުލް ޒުހައިރު ނިސްބަތްވެވަޑައިގަންނަވާ ރަށެވެ. މި މައުރަޒު މިމަހުގެ 7 އަދި 8 ވަނަ ދުވަހު އޮންނާނެއެވެ. އަދި ނޮވެންބަރު މަހުގެ 8 ވަނަ ދުވަހު ތިނަދޫ ސްޓޭޑިއަމްގައި ސިފައިންގެ ހަރަކާތްތަކެއް ދައްކާލުންވެސް އޮންނާނެއެވެ.
ނަޞްރުގެ ދުވަހަކީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު، ބޭރުގެ ނިރުބަވެރި ބަޔަކު ދިން ޢުދުވާނީ ޙަމަލާގައި ރާއްޖެއަށް ނަޞްރު ލިބުނު ދުވަހެވެ. ދިވެހި 6 ޚާއިނުން، ނިރުބަވެރި ޖަމާޢަތަކާ ގުޅިގެން ދިން އެ ޙަމަލާގައި 19 ދިވެއްސަކު ޝަހީދުވިއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
