
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
ވެހިކަލް ތޮއްޖެހުމުގެ މައްސަލައަށް ޙައްލު ގެނައުން ހިމެނޭހެން ދަތުރުފަތުރާ ބެހޭ ޤާނޫނަށް އިސްލާހުތަކެއް ގެނައުމަށް ހުށައެޅުމަށް ތައްޔާރުވަމުންދާކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. މަޖިލީހުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ ވެހިކަލްގެ މައްސަލަތަކަށް ޙައްލު ގެނައުމަށް ޤާނޫނީ ބައެއް ބަދަލުތައް ގެނައުމަށް އެޓަރނީ ޖެނެރަލްއާއެކު މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. ޚާއްސަކޮށް މާލެއަށް ވެހިކަލް ތޮއްޖެހޭ މައްސަލައާއި ވެހިކަލް ލިމިޓްކުރުމާ ގުޅޭގޮތުން ޤާނޫނުގެ ތެރެއިން ގޮތްތަކެއް ނިންމޭނެ ގޮތް ހަމަޖެއްސުމަށް އޭޖީއާއެކު މަޖިލީހަށް އެކަން ހުށައެޅުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.
މިހާރު ޤާނުނު އޮންނަގޮތުން ވެހިކަލް ލިމިޓް ކުރުން ނުވަތަ އެތަނެއްގައި އެންމެ ގިނައިން ދުއްވޭނެ އުޅަނދުގެ ކެޕޭސިޓީ ކަނޑައެޅުމުގެ ޒިންމާއަކީ ކައުންސިލްތަކުގެ ޒިންމާއެވެ. ވަޒީރު ވިދާޅުވީ މާލޭ ސިޓީ ކައުންސިލާއެކު އެ މަސައްކަތް ކުރިއަށްގެންދިއުމަށް މަސައްކަތް ކުރަމުންދިޔަނަމަވެސް އެކަމަށް އަދިވެސް ގޮތެއް ކަނޑަނޭޅޭކަމަށެވެ. “ކެރީން ކެޕޭސީޓީ ކަނޑައަޅާން އޮންނަނީ ކައުންސިލަށް. އެ މަސައްކަތް މިނިސްޓްރީއިން ކުރެވޭނެގޮތެއް ފަހިވާނެހެން ޤާނޫނީ އިމުގެތެރެއިން ބަދަލުތަކެއް ގެނައުމަށް ދަތުރުފަތުރާ ބެހޭ ޤާނޫނަށް އިސްލާހުތަކެއް ހުށައަޅާނަން. ސައިކަލު، ކުންފުނިތަކުގެ ދަށުށް ރެޖިސްޓްރީކުރާގޮތަށް އޮތް އޮތުންވެސް ބަދަލުކުރާނަން. ކުރިއަށް އޮތް 2-3 ހަފްތާތެރޭ އެޖީ، މަޖިލީހަށް ހުށައަޅާނެ.” ދަތުރުފަތުރާ ބެހޭ ވަޒީރު އަމީން ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މާލެ ސަރަޙައްދުގައި ޕާކިން ބިލްޑިންތައް އިމާރާތްކުރުމަށް ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި ހަވާލުކުރާނެކަމަށްވެސް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވަނީ ވިދާޅުވެފައެވެ. ޕާކިން މައްސަލައަށް ޙައްލުގެ ނައުމަށް، މާލެއާއި ހުޅުމާލެ ހިމެނޭހެން ޕާކިން ބިލްޑިންތަކެއް އެޅުމަށް އިޢުލާނުކޮށްފަވާއިރު، އެ މަސައްކަތްތައް ނުފެށި ލަސްވުމުގެ ކަންބޮޑުވުން ވަޒީރު އަމީން މަޖިލީހަށް ހާޒިރުކުރެއްވި ދުވަހު މެންބަރުން ވަނީ ފާޅުކުރައްވާފައެވެ. މިކަމާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، ވެހިކަލް އިތުރުވަމުންދާ މައްސަލައަކީ އެކަމަށް ބޮޑު ޙައްލެއް ބޭނުންވާ ކަމެއްކަމަށާއި އެކަމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން ކުރައްވަމުންދާކަމަށް ވިދާޅުވެފައެވެ. މާލެ ސަރަޙައްދުގައި ޕާކިން ބިލްޑިންތަކެއް އެޅުމާ ގުޅޭ މަސައްކަތްތަކެއް ކުރުމަށް އެޗްޑީސީއާއެކު އެއްބަސްވުމެއް ޤާއިމުކޮށް މަސައްކަތްތަކެއް ފެށީ 2024ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. މި މަސައްކަތުގެދަށުން ހުޅުމާލޭގައި 4000 ޕާކިން ސްލޮޓް ހިމެނޭގޮތަށް 15 ޕާކިން ޢިމާރާތް އެޅުމާގުޅޭ އެއްބަސްވުމުގައި ވަނީ ސޮއިކުރައްވާފައެވެ.
އެ އިމާރާތްތަކުގައި ހިމެނޭނީ 3920 ކާރު ޕާކިން، 3426 ސައިކަލު ޕާކިން ޖާގައެވެ. ޢިމާރާތުގައި ހަދާ ޕާކިން ސްލޮޓްތަކުން %90 އަކީ ބީލަމުގައި ވިއްކުމަށް ކަނޑައަޅާ ސްލޮޓްތައްކަމަށް ފަޟުލް ވިދާޅުވިއެވެ. އަދި %10 ކަނޑައަޅާނީ ވިޒިޓަރ ޕާކިން ނުވަތަ ވަކި ވަގުތަކަށް ޕާކުކުރުމަށް ދޫކުރާ އޭރިއާއެއްގެ ގޮތުގައެވެ. “ޕާކިން ބިލްޑިން އަޅަން ކުންފުނިތަކާ ހަވާލުކުރާނީ ޑިޒައިން، ބިލްޑް އަދި އޮޕަރޭޓް އުސޫލުން. ކުރިއަށް އޮތް މަހުގެ ތެރޭގައި މި މަސައްކަތް ކުރުމަށް ކުންފުނިތަކަކާ ހަވާލުކޮށް، މަސައްކަތް ނިންމުމަށް ވަކި މުއްދަތެއް ދޭނަން.” ދަތުރުފަތުރާ ބެހޭ ވަޒީރު އަމީން ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، މި ވޭތުވެދިޔަ މުއްދަތުގައިވެސް ކުރެވުނު މަސައްކަތްތަކުން ވެހިކަލް މައްސަލައަށް ބޮޑު ޙައްލުތަކެއް ގެނެވިފަވާކަމަށެވެ. އެގޮތުން ޤާނޫނާ ޚިލާފައި ވެހިކަލް ރެޖިސްޓްރީކުރުމުގެ ޖާގަ ނޯންނާނެކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ. އަދި 2023އާ އަޅާކިޔާއރު މާލެ ސަރަޙައްދަށް ވެހިކަލް ރެޖިސްޓަރކުރި މިންވަރު %74 ކުޑަކުރެވުނުކަމަށް ވަޒީރު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
