
(ފޮޓޯ ކްރެޑިޓްސް: މަސްވެރިކަމާއިބެހޭ ވުޒާރާ)
ރާއްޖޭގެ އެކި ސަރަޙައްދުތަކުން 23 އައިސްޕްލާންޓަކުން މިހާރު މަސްވެރިނަށް ޚިދުމަތް ލިބޭނެކަމަށް މިފްކޯގެ ސީއީއޯ ބްރިގޭޑިއާ ޖެނެރަލް (ރިޓަޔަޑް) ފަރުހަތު ޝަހީރު ވިދާޅުވެއްޖެއެވެ. ފަރުހަތު މިހެން ވިދާޅުވީ ދ. އަތޮޅު މީދޫގައި މިފްކޯއިން ޤާއިމްކުރި 30 ޓަނުގެ އައިސްޕްލާންޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުންނެއެވެ. މި އައިސްޕްލާންޓަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ، “މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުން” މި ވަޢުދުފުޅު ފުއްދެވުމުގެގޮތުން ކުރިއަށްގެންދިޔަ މަސައްކަތެކެވެ.
މިފްކޯގެ ސީއީއޯ ފަރުހަތު ޝަހީރު ވިދާޅުވީ މިފްކޯގެ އަމާޒަކީ މަސްވެރިންނަށް ދޭންޖެހޭ ޚިދުމަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުންކަމަށެވެ. އެގޮތުން އައިސްޕްލާންޓުގެ ޚިދުމަތަކީ މަސްވެރިންނަށާއި މިފްކޯއަށް ވެސް އަދި ރާއްޖޭގެ އެހެން މަސް ގަންނަ ފަރާތްތަކަށް ވަރަށް މުހިންމު ޚިދުމަތެއްކަމަށް އޭނާ ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: މަސްވެރިކަމާއިބެހޭ ވުޒާރާ)
ފަރުހަތު ވިދާޅުވީ ކަނޑުމަސްވެރިކަމާއި ފަރުމަސް އަދި ބޮޑު ކަންނެލި މަސްވެރިކަންކަމުގައިވިއަސް އެ މަސް ގަންނަ ފަރާތްތަކުން ބޭނުންވަނީ ތާޒާކަމާއެކު މަސް ގަތުމަށްކަމަށެވެ. އެހެންކަމުން މި އައިސްޕްލާންޓުތައް ބޭނުންކޮށްގެން މަހުގެ ތާޒާކަން ހިފަހައްޓަކައި އެ ބޭނުންކުރާ މީހުންނާ ހަމައަށް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެކަން އޭނާ ފަހަގަކުރެއްވިއެވެ. ފަރުހަތު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭނުންނުކޮށްހުރި އެތައް އައިސްޕްލާންޓުތަކެއް ހުރިކަމަށެވެ. ފާއިތުވި ތިން މަސްދުވަހަށް ބަލާއިރު މިފްކޯގެ ހަވާލުގައި ރާއްޖޭގެ އުތުރުން ދެކުނަށް މަސްވެރިންނަށް ޚިދުމަތް ލިބޭ ހުރީ އެންމެ 13 އައިސްޕްލާންޓު ހުރިކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންނަމަވެސް ސަރުކާރުން ކުރެއްވި މަސައްކަތްތަކުން އޮޕްރޭޝަނަށް ނުގެނެވި ހުރި އައިސްޕްލާންޓުތަކާއި އަދި އަލަށް ޤާއިމްކޮށް ޚިދުމަތް ދޭން ފެށުނު އައިސްޕްލާންޓުތަކާއެކު މިހާރު ޖުމްލަ 23 އައިސްޕްލާންޓަކުން މަސްވެރިންނަށް ޚިދުމަތް ލިބޭނެކަމަށް ފަރުހަތު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: މަސްވެރިކަމާއިބެހޭ ވުޒާރާ)
“މިއަދު އުފަލާ އެއްކޮށް އަޅުގަނޑުމެން ދަންނަވަން ޖެހޭނީ ސަރުކާރުން ކުރެއްވި މަސައްކަތުން އަޅުގަނޑުމެން މިއަދު މިހުޅުވޭ ޕްލާންޓާއެކު މުޅި ރާއްޖޭގެ އުތުރުން ދެކުނަށް 23 އައިސްޕްލާންޓްގެ ޚިދުމަތް އަޅުގަނޑުމެން މަސްވެރިންގެ ކޮމިއުނިޓީއަށް ލިބެމުންދާނެކަން.” ފަރުހަތު ވިދާޅުވިއެވެ. މިފްކޯގެ ސީއީއޯ ފަރުހަތު ޝަހީރު ވިދާޅުވީ މިފްކޯގެ މަސައްކަތަކީ ހަމައެކަނި އައިސްޕްލާންޓުތައް ޤައިމްކޮށް ދޫކޮށްލުން ނޫންކަމަށެވެ. އެތަންތަނުގެ އޮޕަރޭޝަނަލް ހާލަތު ބަލަހައްޓައި އޭގެ ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި މަސްވެރިންނާ ހަމަ ފޯރުކޮށްދިނުމަކީ މިފްކޯގެ ޒިންމާއެއްކަމަށް ފަރުހަތު ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އައިސްޕްލާންޓްތައް ގާއިމްކޮށް މަސްވެރިންނަށް ފަސޭހަކަމާއިއެކު އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ. އަދި އައިސް ހޯދުމަށް ކުރަންޖެހޭ ދަތުރުތައް ކުރުކޮށްދިނުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
