
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ޒައިތޫނި ދަނޑުވެރިންނަށް ހައްދުފަހަނަ އެޅި ޔަހޫދީން ދެމުންދާ ނިރުބަވެރި ޙަމަލާތަކާ އެކު، ފަލަސްޠީނުގެ ރައްޔިތުންގެ ސަގާފަތާއި އަމިއްލަވަންތަ ކަމަށް އަސަރު ކުރަމުންދާ ކަމުގައި، ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އެކުވެރި ދައުލަތްތައް (އދ)ގެ އިދާރާ (އުންރްވާ)ން ހާމަކޮށްފިއެވެ. ހުޅަނގު އައްސޭރީގައި ޒައިތޫނީގެ ދަނޑުވެރިކަން ކުރާ މީހުންނަށް ހައްދުފަހަނަ އެޅި ޔަހޫދީން ދެމުންދާ ޙަމަލާތައް މި އަހަރު ވަނީ އެތަކެއް ގުނައަކަށް އިތުރު ކޮށްފައެވެ. އުންރްވާން ބުނީ، 2013ވަނަ އަހަރު ރެކޯޑުތައް ބަލަހައްޓަން ފެށި ފަހުން މި ހިނގާ 2025ވަނަ އަަހަރަކީ ޒައިތޫނީގެ ދަނޑުވެރިންނަށް ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި އަދި ލޭއޮހޮރުވުން ބޮޑު އަހަރު ކަމުގައެވެ. ފަލަސްޠީނުގެ ދައުލަތުގެ މީޑިޔާ، ވަފާ ނޫހުން ބުނީ، ނޮވެންބަރު 1ވަނަ ދުވަހު ވެސް ހައްދުފަހަނަ އެޅި ޔަހޫދީން ހުޅަނގު އައްސޭރީގައި ޒައިތޫނީގެ ދަނޑުވެރިކަން ކުރާ މީހުންނަށް އަމާޒުކޮށް ނުރައްކާތެރި ޙަމަލާތަކެއް ދީފައިވާ ކަމުގައެވެ. އެ ޖަރީމާތަކުގައި ޔަހޫދީން ވަނީ ބަޑި ފަދަ ހަތިޔާރު ބޭނުން ކޮށްފައެވެ. އޭގެ ތެރެއިން އަލް-މިންޔަތުގައި ދިން ޙަމަލާގައި އެކަކަށް އަނިޔާވި ކަމުގައި އެ ނޫހުން ރިޕޯޓު ކުރިއެވެ.
“ޒައިތޫނި ދަނޑުވެރިކަމަކީ ކޮންމެ އަހަރަކު ވެސް ފަލަސްޠީނުގެ އެތަކެއް ހާސް ބަޔަކަށް އާމްދަނީ ލިބޭ މައިގަނޑު މަސައްކަތް،” ހުޅަނގު އައްސޭރީގައި ހުންނަވާ އުންރްވާގެ ޑިރެކްޓަރު ރޮލެންޑް ފްރީދްރީކް ވިދާޅުވިއެވެ. “ޒައިތޫންޏަކީ ފަލަސްޠީނުގެ ސަގާފަތާއި އަމިއްލަވަންތަ ކަން ރަމްޒު ކޮށްދޭ އެއްޗެއް. ޒައިތޫނި ދަނޑުތަކަށް ދެމުންދާ ޙަމަލާތަކާ އެކު ފަލަސްޠީިންގެ ރައްޔިތުންގެ ދިރިއުޅުމަށް އަސަރު ކުރޭ، އަދި ހުޅަނގު އައްސޭރީގައި އޮތް ނުތަނަވަސް ކަން އިތުރުވޭ.” ޒައިތޫނި ދަނޑުތަކުން ރައްކާތެރިކަމާ އެކު ނަފާ ހޯދުމުގެ ފުރުޞަތު ހުޅަނގު އައްސޭރީގެ ރައްޔިތުންނަށް އެއްވެސް ހުރަހަކާ ނުލައި ދޭން ޖެހޭ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. މި އަހަރުގެ ތެރޭގައި ހުޅަނގު އައްސޭރީގައި ޒައިތޫނީގެ ދަނޑުވެރިކަން ކުރާ މީހުންނަށް އަމާޒުކޮށް ހައްދުފަހަނަ އެޅި ޔަހޫދީން 126 ތަފާތު ޙަމަލާއެއް ދީފައިވާ ކަން އދގެ ތަފާސްހިސާބުތަކުން ހާމަވެއެވެ. މި ގޮތުން، ހުޅަނގު އައްސޭރީގެ 70އަށްވުރެ ގިނަ އަވަށުގައި ހުރި ޒައިތޫނި ދަނޑުތަކަށް ޔަހޫދީން ޙަމަލާ ދީފައިވާ ކަމުގައި އދން ބުންޏެވެ.
އިންސާނީ އެހީއާ ބެހޭ އދގެ އިދާރާ (އޯސީއެޗްއޭ)ން ބުނީ، ޔަހޫދީންގެ ޙަމަލާތަކުގައި 4,000އަށްވުރެ ގިނަ ޒައިތޫނި ގަހަށް ގެއްލުން ދީފައިވާ ކަމުގައެވެ. އަދި، އޭގެ ތެރެއިން ބޮޑު އިންސައްތައެއް ކަނޑައިލާފައިވާ ކަމުގައެވެ. މީގެ އިތުރުން، ހުޅަނގު އައްސޭރީގެ އިތުރު ބިންތައް ފޭރިގަނެ، އެ ބިންތަކުގައި ޔަހޫދީން އާބާދު ކުރުމަށް ޒަޔަނިސްޓު ދައުލަތުން ހިންގަމުންދާ ޣައިރުޤާނޫނީ ޖަރީމާގެ ސަބަބުން ހުޅަނގު އައްސޭރީގެ ރައްޔިތުންނަށް، ޚާއްޞަކޮށް ޒައިތޫނި ދަނޑުވެރިންނަށް، ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވާ ކަމުގައި ވެސް އެ އިދާރާއިން ބުންޏެވެ.
ހުޅަނގު އައްސޭރި ފޭރިގަނެ، އެއީ ޒަޔަނިސްޓު ދައުލަތުގެ ބަޔެއްގެ ގޮތުގައި ކަނޑައެޅުމަށް ގޮވައިލައި، ހައްދުފަހަނަ އެޅި ޔަހޫދީން ތަމްސީލު ކުރާ ޕާޓީތަކުން ދަނީ ބާރު އަޅަމުންނެވެ. އދއާއި އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ ޖަމުޢިއްޔާތަކުން ދަނީ އެ ކަމާ ދެކޮޅަށް އަޑު އުފުލަމުންނެވެ. ޖުލައި މަހު އދގެ އިންސާނީ ޙައްޤުތަކާ ބެހޭ އިދާރާއިން ބުނީ، ހުޅަނގު އައްސޭރީގެ ބިންތަކަށް ޔަހޫދީން އަތްގަދަ ކުރަމުން ދަނީ ޔަހޫދީ ފައުޖުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމާ އެކުގައި ކަމުގައެވެ. އަދި، ހުޅަނގު އައްސޭރީގެ ރައްޔިތުން އަމިއްލަ ވަޒަނުން ބޭރު ކުރުމަށް ހައްދުފަހަނަ އެޅި ޔަހޫދީން ހިންގަމުންދާ ޖަރީމާތަކުގައި ބައެއް ފަހަރު ޔަހޫދީ ސިފައިން ބައިވެރިވަމުންދާ ކަމުގައި ވެސް އެ އިދާރާއިން ހާމަކުރިއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
