
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެއް ޙަޟާރަތަކަށް ޚާއްޞަކޮށްފައިވާ އެންމެ ބޮޑު ދާރުލްއާސާރު މިޞްރުގައި ހުޅުވައިފިއެވެ. 1.2 ބިލިޔަން ޑޮލަރު ޚަރަދުކޮށްގެން ތަރައްޤީކޮށްފައިވާ މި ދާރުލްއާސާރު ހުޅުވުމުގެ ރަސްމިއްޔާތު މިޞްރުގައި ބާއްވާފައި ވަނީ ވަރަށް ކުލަގަދަކޮށެވެ. އެ ރަސްމިއްޔާތުގައި ދުނިޔޭގެ އެކި ޤައުމުތަކުގެ ބޮޑުވަޒީރުންނާއި ރައީސުންނާއި ރަސްރަސްކަލުން ބައިވެރިވެވަޑައިގެންފައިވެއެވެ. އެ ގޮތުން ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޮލްޓަރ ސްޓީންމަޔަރ އާއި ނެދަލެންޑްސްގެ ބޮޑުވަޒީރު ޑިކް ޝޫފްެއާއި ހަންގަރީގެ ރައީސް ވިކްޓޯ އޯބަންއާއި ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސްއާއި ކޮންގޯގެ ރައީސް ފީލިކްސް ޝިސެކެޑީގެ އިތުރުން އޮމާންއާއި ބަހްރައިންގެ ވަލީއަޚުދުން އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.
ދަ ގްރޭންޑް އިޖިޕްޝަން މިއުޒިއަމް (ޖީއީއެމް) ތަރައްޤީކުރުމަށް އެންމެ ފުރަތަމަ ހުށަހަޅާފައި ވަނީ 1992ވަނަ އަހަރުގެ ތެރޭގައެވެ. އެ މަޝްރޫޢުގެ މަސައްކަތް ފަށައިގެންފައި ވަނީ 2005ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް އެ މަޝްރޫޢު ކުރިއަށް ގެންދިޔުމުގައި މާލީ ގޮތުން ބޮޑެތި ހުރަސްތަކާ އެ ޤައުމަށް ކުރިމަތިލާން ޖެހުނެވެ. އަދި ސިޔާސީ ގޮތުން ކުރިމަތިވި ހަލަބޮލިކަމާއި ކޯވިޑް-19ގެ ސަބަބުން ވެސް މަޝްރޫޢު ކުރިއަށް ގެންދިޔުމުގައި ބޮޑެތި ދަތިތައް ކުރިމަތިވިއެވެ. މި ދާރުލްއާސާރަކީ އާކިއޮލޮޖީ ދާއިރާއަށް ޚާއްޞަކޮށް، އަދި އެއް ޙަޟާރާތަށް ޚާއްޞަކޮށް މިހާތަނަށް ހުޅުވާފައިވާ އެންމެ ބޮޑު ދާރުލްއާސާރެވެ. 500،000 އަކަމީޓަރުގެ ސަރަޙައްދެެއްގައި ތަރައްޤީކޮށްފައިވާ މި ދާރުލްއާސާރުގައި މިޞްރުގެ ތާރީޚު ދައްކުވައިދޭ 100،000އަށްވުރެ ގިނަ އާޓިފެކްޓް ހިމަނާފައިވެއެވެ. 7،000 އަހަރު ދުވަހުގެ ތާރީޚު ދައްކުވައިދޭ މި ދާރުލްއާސާރުގައި ފިރުއައުނު ޒަމާނާއި މިޞްރުގައި ރޯމަނުން ވެރިކަންކުރި ޒަމާނާއި ގުރީކުންގެ ވެރިކަން ހިނގި ޒަމާނުގެ ސާމާނު ވެސް ބަހައްޓާފައިވެއެވެ.
ޖަޕާނުގެ ލޯނު އެހީތެރިކަމާއެކު ތަރައްޤީކޮށްފައިވާ މި ދާރުލްއާސާރު ފަރުމާކޮށްފައި ވަނީ އަޔަލެންޑުގެ ކުންފުންޏެއް ކަމަށްވާ ހެނެގަން ޕެންގ އާކިޓެކްޓުންނެވެ. ޤާހިރާގެ ރަމްސީސް ސްކުއެއަރގައި ކުރިން ބަހައްޓާފައި ހުރި ރަމްސީސް II ފިރުއައުނުގެ 11 މީޓަރުގެ ބުދު ވެސް ވަނީ އަލަށް ހުޅުވި ދާރުލްއާސާރަށް ބަދަލުކޮށްފައެވެ. ދާރުލްއާސާރުގައި ބަހައްޓާފައިވާ ތަކެތީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ތަކެތީގެ ތެރޭގައި މިޞްރުގައި ވެރިކަންކުރެއްވި ޚޫފޫ ރަސްގެފާނުގެ ބައެއް ސާމާނު ހިމެނެއެވެ. މި ތަކެއްޗަކީ މީގެ 4،500 އަހަރު ކުރިން ބޭނުންކޮށްފައިވާ ސާމާނެވެ. އައު ދާރުލްއާސާރުގައި މިޞްރުގެ ކުރީގެ ޒުވާން ރަސްގެފާނެއް ކަމަށްވާ ޓުޓަންޚަމުންގެ ހަޒާނާތައް ވެސް ބަހައްޓާފައިވެއެވެ. ޓުޓަންޚަމުންއަށް ޚާއްޞަކޮށްފައިވާ ސަރަޙައްދުގައި 5،000އަށްވުރެ ގިނަ އާޓިފެކްޓް ހިމެނޭއިރު އޭގެ ތެރޭގައި ރަނުން ޖަރީކޮށްފައިވާ މާސްކުތަކާއި ތަހުތާއި ގަހަނާއާއި ހަތިޔާރު ހިމެނެއެވެ. މިއީ 1922ވަނަ އަހަރު ޓުޓަންޚަމުންގެ ހަޒާނާތައް އިނގިރޭސިވިލާތުގެ އާކިއޮލޮޖިސްޓެއްް ކަމަށްވާ ހޮވާޑް ކާޓާރ ހޯދި ފަހުން މި ތަކެތި އެއް ތަނެއްގައި އަތުރާ ދައްކައިލާ ފުރަތަމަ ފަހަރެވެ.
މި ދާރުލްއާސާރަކީ ފަހުގެ ތާރީޚެއްގައި މިޞްރުން ކޮށްފައިވާ އެންމެ ބޮޑު ތަރިކައާ ގުޅުންހުރި އިންވެސްޓްމެންޓެވެ. މި ދާރުލްއާސާރާއެކު މިޞްރުގެ ފަަތުރުވެރިކަން ކުރިއަރައި އަހަރަކު 8 މިލިޔަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް އެ ޤައުމުން އުންމީދުކުރެއެވެ. މިޞްރުގެ ރައީސް ޢަބްދުލްފައްތާޙް އަލްސީސީ ދާރުލްއާސާރުގެ ހުޅުވުން ސިފަކުރައްވާފައި ވަނީ މިޞްރުގެ ތާރީޚުގެ އައު ބާބެއްގެ ގޮތުގައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
