
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗަކީ އުނދަގޫ މެޗެއް ކަމަށާއި، ބުރުން ދިނީ “ޓަފް ޗެލެންޖެއް” ކަމަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ކޯޗު އަލީ ސުޒެއިން ބުނެފިއެވެ. ހޮނިހިރު ދުވަހުގެރޭ ބުރު ސްޕޯޓްސް ކުލަބު އަތުން 2-1 ން ހޯދި އުނދަގޫ މޮޅަށް ފަހު ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ސުޒެއިން ބުނީ މިއީ އެ ކުލަބުން ކުރިން ކުޅުނު މެޗަށްފަހު ވަރަށް ރަނގަޅު މޮޅެއް ކަމަށެވެ. އެ މޮޅު އެންމެ އުނދޫވި އެއް ސަބަބަކީ ނިއުރޭޑިއަންޓް ވަރަށް އުނދަގޫ ހާލަތަކަށް ވެއްޓިފައިއޮވެ އޭގެތެރެއިން މަޑުމަޑުން އަރައިގަތުމަށް މަސައްކަތް ކުރަމުންދާތީ ކަމަށް ސިޒެއިން ބުންޏެވެ. ސުޒެއިން ބުނީ ފުރަތަމަ ހަރުފަތް އުނދަގުލުން ނަމަވެސް ގިރާކުރެވިއްޖެ ކަމަށާއި ދެން އޮތީ ބްރޭކްގެ ކުރިން ގްރީސް ސްޓްރީޓްސްއާއި ދެކޮޅަށް ކުޅެން ޖެހޭ މެޗުކަމަށެވެ.
“ދެން އޮތީ ބްރޭކްގެ ކުރިން ގްރީން މެޗު. އެއަށް ހުރިހާ ފޯކަހެއް ހުރީ. މިއަދުގެ މެޗަށް (ބުރާއި ދެކޮޅަށް ކުޅުނު މެޗު) ބަލާއިރު ވަރަށް ޓަފް ޗެލެންޖެއްދީފި ގައިމުވެސް ބުރުން. ގްރީން ޓޭބަލްގައި އޮތް ހިސާބާއި ގްރީންއަށް ބައެއް މެޗުތަކުގައި ދިމާވި ހާލަތާއި އެއީ އެހެން އެއްޗެއް. ކުޅުންތެރިންނަކީ އެވަރު ކުޅުންތެރިންނެއް ނޫން. އެހެންވީމަ އެއަށް ވިސްނައިގެން ކުޅޭނީ” ސުޒެއިން ބުންޏެވެ. ލީގުގައި ވާދަކުރާ ކޮންމެ ޓީމަކީވެސް ރަނގަޅު ދުވަހެއްގައި ޗެލެންޖްކޮށްލެވޭ ވަރުގެ ޓީމުތަކެއް ކަމަށާއި، މާޒީޔާ ފިޔަވާ ދެން ގަދަ 5 ޓީމަކީ ވަރަށް ވާދަވެރި ޓީމުތަކެއް ކަމަށްވެސް ސުޒެއިން ފާހަގަކުރިއެވެ. “މާޒިޔާ ތަންކޮޅެއް ތަފާތު. މާޒިޔާ ނޫނީ ދެން މިއުޅޭ ޓޮޕް 5 ޓީމަކީ ދާދި އެއްވަރު ނޫނީ އެބައެއްގެ ދުވަހުގަ ޓޮޕަށް ދާނެވަރުގެ ޓީމުތަކެއް. އެހެންނަމަވެސް ދެން ހުރި ޓީމުތަކަކީ ދެން ކުޑަ އެފަޓެއްލައިފިނަމަ ޗެލެންޖްކޮށްލާނެ ވަރުގެ ޓީމުތައް” ސުޒެއިން ބުންޏެވެ.
ނިއުރޭޑިއަޓުން ލީގު ފެށިއިރު ގައުމީ ޓީމުގެ 3 ކުޅުންތެރިން ތިބުމާއި ބިދޭސީ ކުޅުންތެރިން ތިބުމުން އެންމެން ހިސާބު ޖެހީ އެއީ ވަރަށް މޮޅު ޓީމެއްގެ ގޮތުގައި ކަމަށްވެސް ސުޒެއިން ފާހަގަކުރިއެވެ. ސުޒެއިން ބުނީ އެހެންނަމަވެސް ނިއުރޭޑިއަންޓަކީ އަދި ބިނާކުރަމުންދާ ޓީމެއް ކަމަށާއި، އަލަށް ފަށައިގެން މަޑުމަޑުން ރަނގަޅުކުރަމުން އަންނަ ޓީމެއް ކަމަށެވެ. “އަޅުގަނޑުމެން މީ ޓީމެއް ބިނާކުރަނީ އަދި. ހަމަ އަލަށް ފަށައިގެން މަޑުމަޑުން ރަނގަޅު ކުރަނީ. އިރާދުކުރެއްވިއްޔާ އެ މަސައްކަތް ދާލެއް އެހާ ގޯހެއް ނޫން. ދެން ކުޅުންތެރިންގެ މަސައްކަތުން އެކަން އަދި ވަރަށް ޕޮޒިޓިވްކޮށްދަނީ” ސުޒެއިން ބުންޏެވެ. ނިއުރޭޑިއަންޓް މިވަގުތު އޮތީ 16 ޕޮއިންޓާއެކު ތާވަލުގެ 3 ވަނައިގައެވެ. ދެވަނައިގައި އޮތީ ފައިދާ ގޯލުގެ ތަފާތުން 16 ޕޮއިންޓާއެކު އޮޑި ސްޕޯޓްސް ކުލަބެވެ. އެއްވަނައިގައި އޮތީ 18 ޕޮއިންޓާއެކު އެންމެފަހުގެ ޗެމްޕިއަން މާޒިޔާއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
