
ތުރުކީން އެ ގައުމުގެ 149 ރެފްރީ އަކު އެއް އަހަރު ދުވަހަށް ސަސްޕެންޑްކޮށްފި އެވެ. މިފަދަ ބޮޑު އަދަބެއް ދިނީ ރެފްރީން ބެޓް ކުރާ ކަމަށް ކުރެވިފައިވާ ތުހުމަތުތަކާހެދި އެވެ. އަދި ބެޓް ކުރުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމުގެ ތުހުމަތުގައި ތިން ރެފްރީއެއްގެ މައްސަލަ ވަނީ ބަލަން ފަށައިފަ އެވެ. އަދި އިތުރު ތިން ރެފްރީއެއްގެ މައްސަލަ ބަލަން ފަށަން މިހާރު ވަނީ ތައްޔާރުވެފަ އެވެ. ރެފްރީންގެ މައްސަލަ ބޮޑު ތުރުކީ ލީގުގައި ރެފްރީކަން ކުރާ ރެފްރީން މެޗުތަކުގެ ނަތީޖާ ވަކި ގޮތަކަށް ބަދަލު ކުރުމަށް މަސައްކަތް ކުރާ ބެޓިން ގްރޫޕްތަކާ ބައިވެރިގެން ފައިސާގެ ބޮޑެތި މުއާމަލާތްތައް ކުރާކަމުގެ ތުހުމަތު އަބަދުވެސް އޮވެ އެވެ. މި ގޮތުން ރެފްރީންގެ ނިންމުންތަކާމެދު ހިތްހަމަ ނުޖެހިގެން ކުޅުންތެރިން މެޗު ހުއްޓާލުމާއި ސަޕޯޓަރުން ދަނޑަށް އެރުމާއި ކުލަބުތަކުގެ ވެރިން ދަނޑަށް އަރައި ރެފްރީންނާ ކުރިމަތިލުމަކީ ވަރަށް ގިނައިން ހިނގާ ކަމެކެވެ.
ތުރުކީ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް އިބްރާހީމް ހާޝިއޯސްމަނޮގްލޫ ވިދާޅުވީ މިއީ ތުރުކީގެ ފުޓްބޯޅައިގެ މޫނުމަތި ހަޑިވިޔަ ނުދިނުމަށް އެޅި ފިޔަވަޅެއް ކަމަށެވެ. “އިންސާފާއި ކަރާމާތަކީ ވަރަށް މުހިންމު އެއްޗެއް. ގޯސްކޮށް ކަންކަމުގެ ސަބަބުން ފިޔަވަޅު އަޅަންޖެހޭ. ގަވާއިދުތައް މުގުރާލާނަމަ ނުވަތަ އެއަށް އަމަލު ނުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅަންޖެހޭނެ. މިއީ އިތުބާރު ދަމަހައްޓަން އަޅަންޖެހޭ ފިޔަވަޅެއް. މިހާތަނަށް ކުރެވިފައިވ ތަހުގީގުތަކުން އެނގެނީ ބައެއް ރެފްރީން ސީދާ ގޮތުން ވެސް ބެޓް ކުރުމުގައި ބައިވެރިވެފައިވާކަން. މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއްނޫން. މިއީ އިންސާފު ގެއްލުވާލުމަށް ނާޖާއީރު ފައިދާ ނެގުމުގެ އަމަލެއް،” ރައީސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތުރުކީ ސަރުކާރުން މިހާތަނަށް ކޮށްފައިވާ ތަހުގީގުތަކުން އެނގޭ ގޮތުގައި އެ ގައުމުގެ 571 ރެފްރީންގެ ތެރެއިން 371 ރެފްރީން ބެޓިން ގްރޫޕްތަކާއެކު މުއާމަލާތް ކުރުމަށް މަދުވެގެން އެއް އެކައުންޓް ގެންގުޅޭ ކަމަށެވެ. މީގެ ތެރެއިން 152 ރެފްރީއަކު ބެޓްކޮށްފައިވަނީ ފުޓްބޯޅަ މެޗުތަކަށް ކަމަށެވެ. މީގެ ތެރޭގައި އެންމެ މަތީ ފެންވަރުގައި ރެފްރީކަން ކުރާ ހަތް ރެފްރީ އަކާއި 13 އެސިސްޓެންޓް ރެފްރީން ހިމެނޭ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ 10 ރެފްރީއަކު ފަސް އަހަރު ވެންދެން ގަވާއިދުން 10000 މެޗަކަށް ބެޓްކޮށްފައިވާ ކަމަށެވެ. އަދި އެއް ރެފްރީއަކު 18227 މެޗަކަށް ބެޓްކޮށްފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ. ރެފްރީންގެ އިތުރުން ބެޓް ކުރުމުގައި ބައިވެރިވެފައިވާތީވެ 3700 ކުޅުންތެރިއެއްގެ މައްސަލަ ވެސް ދަނީ ބަލަމުންނެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
