
އަންނަ އަހަރު އެމެރިކާގައި ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ އެފްރިކާ ބައްރުގެ ކޮލިފައިންގެ ފަހު މެޗުތައް މޮރޮކޯގައި ކުޅެން ނިންމައިފި އެވެ. ހަތަރު ގައުމެއް ކުޑަ މުބާރާތެއްގެ ގޮތަށް ކުޅޭ ފަހު މެޗުތައް މޮރޮކޯގައި ކުޅެން ނިންމީ އެއީ އެފްރިކާގެ ގައުމަކަށްވެފައި ހުރިހާ ޓީމުތަކަށް ވެސް ނިއުޓްރަލް ތަނަކަށްވާނެތީ އެވެ. އެފްރިކާއިން ވޯލްޑް ކަޕުގެ ފަހު ޖާގަ ލިބޭނެ ގައުމެއް ކަނޑައަޅުމަށްޓަކައި އިންޓަ ކޮންޓިނެޓްޓަލްގެ ފަހު ބުރުގައި ވާދަކުރާނެ ގައުމެއް ހޮވަން ކުޅޭ ޕްލޭއޯފް މެޗުތަކުގައި ވާދަކުރާނީ ހަތަރު ގައުމެކެވެ. އެއީ ނައިޖީރި އާއި ކެމަރޫން އަދި ކޮންގޯ އާއި ގެބޯން އެވެ. މީގެ ތެރެއިން ނައިޖީރިއާ އާއި ކެމަރޫނަކީ މީގެ ކުރިން ވެސް ވޯލްޑް ކަޕުގައި ވާދަކޮށްފައިވާ އެފްރިކާގެ ފުޓްބޯޅައިގެ އެންމެ ވަރުގަދަ ގައުމުތަކުގެ ތެރެއިން ދެ ގައުމެވެ. ޕްލޭއޯފްގައި ނައިޖީރިއާ ވާދަކުރާނީ ގެބޯންއާ އެވެ. ކެމަރޫން ވާދަކުރާނީ ކޮންގޯއާ އެވެ. މި ދެ މެޗު ވެސް ކުޅޭނީ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު އެވެ. މި ދެ މެޗުން މޮޅުވާ ދެ ޓީމު ޕްލޭއޯފްގެ ފައިނަލް މެޗުގައި ވާދަކުރާނީ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު އެވެ. ފައިނަލް މެޗުން މޮޅުވާ ޓީމަކަށް ވޯލްޑް ކަޕުން ޖާގަ ލިބޭނީ އިންޓަކޮންޓިނެންޓަލް ޕްލެއޯފްގައި ވާދަކުރަން ޖެހޭ މެޗުން މޮޅުވެގެންނެވެ.
އެފްރިކާގެ ޕްލެއޯފް މެޗުތައް ކުޅޭނެ ގައުމެއް މީގެ ކުރިން އޮތީ ނުނިމި އެވެ. މި މެޗުތައް ކުޅެން މޮރޮކޯ ހަމަޖެއްސީ މިވަގުތު އެންމެ ރަނގަޅު ވަސީލަތްތަކަކާއި ސެކިއުރިޓީ އެއް ދެވެން އޮތީ އެ ގައުމަށް ކަމަށްވާތީ އެވެ. ޕްލޭއޯފްގައި ވާދަކުރާ ހަތަރު ގައުމަކީ އެފްރިކާގެ ކޮލިފައިންގެ ގްރޫޕްތަކުން ދެ ވަނަ އަށް ދިޔަ ގައުމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރުނު ހަތަރު ގައުމެވެ. އަންނަ އަހަރު އެމެތރިކާގެ އިތުރުން ކެނެޑާ އާއި މެކްސިކޯ ވެސް ހިއްސާވެގެން ބާއްވާ ވޯލްޑް ކަޕުގައި 48 ގައުމު ވާދަކުރާނެ އެވެ. މީގެ ތެރެއިން އެފްރިކާ އަށް ލިބިފައިވާ 10 ޖާގަ އަށް މިހާތަނަށް ވަނީ ނުވަ ގައުމެއް ކޮލިފައިވެފަ އެވެ. އެއީ އަލްޖީރިއާ އާއި ކޭޕްވާޑޭ، މިސުރު، ގާނާ، އައިވަރީ ކޯސްޓް، މޮރޮކޯ، ސެނެގާލް، ސައުތު އެފްރިކާ އަދި ޓިއުނީޝިއާ އެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
