
ލިވަޕޫލް ވިދިވިގެން ހަ މެޗުން ބަލިވުމަށްފަހު ރޭ އެސްޓަލްވިލާ އަތުން މޮޅުވި މެޗުގައި ސަޕޯޓަރުން ދިން ތަރުހީބަށް ކޯޗު އާނޭ ސްލޮޓާއި ކެޕްޓަން ވާޖިލް ވެންޑައިކް ޝުކުރު އަދާކޮށްފި އެވެ. މެޗަށް ފަހު ލިވަޕޫލްގެ ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް ސްލޮޓަށް ތަރުހީބު ދީފަ އެވެ. އޭނާގެ ނަމުން މުހާތަބްކޮށް، އަތްޖަހައި ހެދި އެވެ. މިދިޔަ ސީޒަނުގައި ޕްރެމިއާ ލީގު ހޯދި މިހެންވެ މެޗަށް ފަހު ބުނީ އޭނާ އަށް ވެސް ކުރިމަތިވާ ދަތި ވަގުތުތަކުގައި މުޅި ޓީމާއި ސަޕޯޓަރުން އެކުގައި ތިބޭތަން ފެނުމުން އުފާވާ ކަމަށެވެ. “މި ފެނިގެންދިޔައީ ޓީމުގެ އެކުވެރިކަން. އަހަރެންނަށް ވެސް ވަރަށް ދަތި ވަގުތެއް މިދިޔައީ. އެހާ ގިނަ މެޗުން ބަލިވީމަ. އެކަމކަު މިރޭ އަހަރުމެންގެ ސަޕޯޓަރުން ދައްކައިދީފި އެ މީހުން ތިބީ ޓީމުގެ ފަހަތުގައިކަން. މިއީ ވަރަށް އުފާވާ ކަމެއް،” ސްލޮޓް ބުންޏެވެ.
އެސްޓަންވިލާ އަތުން 2-1އިން މޮޅުވި މެޗަށް ފަހު ކެޕްޓަން ވާޖިލް ވެންޑައިކް ބުނީ ހަ މެޗުން ބަލިވުމުން ޓީމާ ބެހޭ ގޮތުން މިދިޔަ ހަފުތާތަކުގައި ތަތާތު ވާހަކަތައް އަޑުއިވިގެންދިޔަ ކަމަށެވެ. “އެއީ އަހަރުމެންނަށް ކޮންޓްރޯލް ކުރެވޭނެ ކަމެއްނޫން. އެކަމަކު އަހަރުމެން މިވަނީ އަނެއްކާ ވެސް ނަތީޖާ އަހަރުމެން ކޮޅަށް އަނބުރާލާފައި. ފުޓްބޯޅައިގައި ތަފާތު ދުވަސްތަކާއި ތަފާތު ނަތީޖާތައް އަބަދުވެސް ކުރިމަތިވާނެ،” ވެންޑައިކް ބުންޏެވެ. މި މެޗުގައި ލިވަޕޫލަށް ފުރަތަމަ ގޯލު ޖަހައިދިނީ ފޯވަޑް މުހައްމަދު ސަލާހެވެ. އެންމެ ފަހުން ކުޅުނު ގިނަ މެޗުތަކުގައި ވަރަށް ބޮޑަށް ފޯމު ކަޓާފައި ހުރި ފޯވަޑް މި މެޗުގައި ޖެހި ގޯލަކީ ލިވަޕޫލަށް އޭނާ ޖަހައިދިން 250 ވަނަ ގޯލެވެ. އޭނާ އަކީ ކުލަބަށް ތިން ވަނަ އަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
