
ފޮޓޯ ކްރެޑިޓްސް: ސަން
ރާއްޖޭގެ އެކިކަންކޮޅުތަކުގައި ބިން ކުއްޔަށް ދީގެންނާއި އެ ބިންތައް ބޭނުންކޮށްގެން ރާއްޖެއަށް އިންވެސްޓްމަންޓާއި ބޭރު ފައިސާ ހޯދިދާނެ ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ. އަންނަ އަހަރަށް ސަރުކާރުން ހުށަހެޅި 64.2 ބިލިއަން ރުފިޔާގެ ބަޖެޓަކީ ގައުމަށް ފައިދާކުރާނެ ރަނގަޅު ބަޖެޓެއް ކަމަށް ވިދާޅުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝުކުރުއަދާކުރެއްވިއެވެ. ޖާބިރު ވިދާޅުވީ، މިހާރު ރާއްޖޭގެ އާމްދަނީ މައިގަނޑު ގޮތެއްގައި ބަރޯސާވެފައިވަނީ ފަތުރުވެރިކަމަށް ކަމަށާއި، އާމްދަނީގެ މަގުތައް ފުޅާކުރުމަށް ސަރުކާރުން ވިސްނުންތަކެއް ގެންގުޅެން ޖެހޭ ކަމަށެވެ. އެގޮތުން، ހިއްކާފައިވާ ބިންތަކާއި ހުއްޓިފައިވާ ރިސޯޓްތައް ތަރައްގީކޮށް ބޭނުންކޮށްގެން ބޭރުގެ އިންވެސްޓްމަންޓްތައް ގެނެވިދާނެ ކަމަށާއި، ބޭރު ފަރާތްތަކަށް ދިގު މުއްދަތަކަށް ބިން ކުއްޔަށް ދިނުމުން އެ ބިންތަކަށް އިންވެސްޓްކޮށް ބޭރު ފައިސާ ރާއްޖެއަށް ވަންނާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ފައިނޭންސް ނުލިބުމުގެ ސަބަބުން ގިނަ ރަށްތަކެއް ހުއްޓިފައިވާތީ، މިފަދަ ރަށްތައް ސަރުކާރުން ނުވަތަ ބައިނަލްއަގްވާމީ ކުންފުނިތަކާ ހަވާލުކޮށް މެނޭޖްކުރުމަކީ އާމްދަނީ އިތުރުކުރެވޭނެ ގޮތެއް ކަމަށް ޖާބިރު ގޮވާލެއްވިއެވެ. މީގެ އިތުރުން ހިއްކާފައިވާ ބިންތަކުގެ ބޭނުން ނުކުރާ ބައި ނުވަތަ އިތުރު ވެފައިވާ ބައި ކޮމާޝަލީ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ފައިދާ ނަގަން ޖެހޭ ކަމަށް ވެސް އޭނާ ހުށަހެޅުއްވިއެވެ.
ރާއްޖޭގައި އުފައްދާ އެއްޗެއް ނެތުމުން، ގައުމަށް ލިބެން އޮންނަ ފައިދާ ދައުލަތުން ނަގަން ޖެހޭ ކަމަށާއި، ބޭރުގެ ފަރާތްތަކަށް ވެސް ބިން ގަނެގެން ނުވަތަ ކުއްޔަށް ނަގައިގެން ބިންތައް ތަރައްގީކުރުމުގެ ފުރުސަތު ދޭންވީ ކަމަށް ޖާބިރު ވިދާޅުވިއެވެ. ބޭރުގެ ބޭންކުތަކުން ރަށްރަށުގެ މިލްކުވެރިކަން ސަރުކާރަށް އޮންނާތީ މޯގޭޖް ގަބޫލުނުކުރާ މައްސަލައަށް ހައްލެއް ހޯދައި، ސަރުކާރުގެ ބޭންކުތަކުން ނުވަތަ ފިނޭންސް މިނިސްޓްރީއިން އުސޫލުތަކެއްގެ ދަށުން ލޯނު ދެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިފަދަ ކަންކަން ކޮށްގެން ފޮރިން އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނެސް، ގައުމަށް ޑޮލަރު ވަންނަން ފަށާނެ ކަމަށް ޖާބިރު ހާމަކުރެއްވިއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
