
ރާއްޖޭގައި މަޝްހޫރު މީސް މީޑިއާ ޕްލެޓްފޯމް، ޓިކްޓޮކްގައި އިސްލާމް ދީނަށް ހަޖޫ ޖަހައި، ފުރައްސާކުރާ ދިވެއްސަކަށް ބޮޑެތި ފާޑު ކިއުން އަމާޒުވެއްޖެއެވެ. ދުނިޔޭގައި ވެސް ބޮޑު މަގުބޫލު ކަމެއް ހޯދާފައި އޮތް ޓިކްޓޮކަކީ މިހާރު އެންމެ ގިނަ ބަޔަކު ބޭނުން ކުރަމުން އަންނަ ޕްލެޓްފޯމެވެ. އެކަމަކު، އެ ޕްލެޓްފޯމް ވެސް ނަހަމަ ގޮތުގައި ބޭނުން ކުރަމުން އަންނަ ދިވެހިންގެ އަދަދު މަދެއް ނޫނެވެ. އޭގެ ސަބަބުން، ގިނަ ބައެއްގެ ފާޑު ކިއުން އަބަދުވެސް އެ ޕްލެޓްފޯމަށް ލިބެއެވެ. ބައެއް ދިވެހިން، ޓިކްޓޮކް ލައިވްތަކުގައި އާއި އެ ނޫން ވެސް ގޮތް ގޮތަށް އަވަގުރާނަ ގޮވުމާއި މީހުންނާ ދިމާލަށް އެއްޗެހި ކިޔައި ޒުވާބު ކުރުން ފަދަ އިސްލާމް ދީނުގައި ހުއްދަ ނޫން ކަންކަން ވަނީ ވަރަށް ބޮޑަށް އާންމުވެފައެވެ. މިކަމުގެ ސަބަބުން ދިވެހި މުޖުތަމައުތަކަށް އެކަމުގެ ނޭދެވޭ އަސަރު ވެސް ވަނީ ކުރަން ފަށައިފައެވެ.
އެއް ޖިންސުން ގުޅުން ހިންގަން ހިތްވަރު ދިނުމާއި އިސްލާމް ދީނަށް ފުރައްސާރަ ކުރުން ފަދަ ކަންކަން ވެސް މަދުމަދުން ޓިކްޓޮކް ތެރޭގައި ދަނީ ހިނގަމުންނެވެ. މި ފަހުން ޓިކްޓޮކް ގަވައިދުން ބަލަމުން އަންނަ މީހުންގެ ސަމާލުކަމަށް އައީ ދިވެއްސަކު، އިސްލާމް ދީނަށް ފުރައްސާރަކޮށް، ހަޖޫ ޖެހި މައްސަލައެކެވެ. އެނގިފައިވާ ގޮތުގައި، މެދުއުމުރަކަށްދާ އެ ފިރިހެން މީހާ ދިރިއުޅެމުން އަންނަނީ ރާއްޖެ އިން ބޭރުގައެވެ. އެފަދަ ކަންކަމަށް ހިތްވަރު ދޭން ބޭނުން ނުވާތީ، އޭނާ ދެއްކި ވާހަކަ އާއި އޭނާއަކީ ކާކު ކަން މި ހަބަރުގައި ގެނެސް ނުދޭން ވަނީ ނިންމައިފައެވެ.
ނަމަވެސް އިސްލާމް ދީނަށް ފުރައްސާރަ ކުރުމަށް ފަހު، އެމީހާ ފަހުން ބުނެފައިވަނީ އެއީ “ޝައިތާނާ” ކުރި ކަމެއް ކަމަށެވެ. އަދި އެކަމުގައި އޭނާގެ ބައިވެރިވުމެއް ވެސް ނެތް ކަމަށް ވެސް އެމީހާ ބުނެފައިވެއެވެ. މި ފަހުން ޑްރަގް ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ ޓިކްޓޮކްގައި އަންހެން ހެދުން އަޅައި ބަރަހަނާ ފޮޓޯ އާންމު ކުރަމުންދިޔަ ދިވެހި ފިރިހެނެއް ކަމަށްވާ މުހައްމަދު ނަބީލް (ޔާޔާ ނަބީލް) އުމުރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އާންމު އިޖުތިމާއީ މިންގަނޑުތަކާއި ހިލާފަށް ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން މީސްމީޑިއާގައި ވީޑިއޯ ޝާއިއު ކުރަމުން އުމުރުން 39 އަހަރުގެ ޔާޔާ އެތައް ފަހަރެއްގެ މަތިން ހައްޔަރުކުރިއެވެ. މީގެކުރިން ޔާޔާ ކްރިމިނަލް ކޯޓުގައި ބުނީ މީސް މީޑިއާގައި އަންހެން ހެދުން އަޅައި ބަރަހަނާ ފޮޓޯ އާންމު ކުރަމުން ގެންދަނީ ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމުގެ ދަށުން ކަަމަށެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
